Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ހުސައިން މުހައްމަދު ދީދީ (ޖޯޖް)

ފާހަގަ ނުކޮށް ދޫކޮށްލި އައްޑޫގެ ކޯޗު ޖޯޖް

އޭނާ އަކީ އިތުބާރު ރެފްރީއެއް، ކާމިޔާބު ކޯޗެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2023 | ހޮނިހިރު 07:44
ހުސައިން މުހައްމަދު ދީދީ (ޖޯޖް)

ހުސައިން މުހައްމަދު ދީދީ (ޖޯޖް)

އައްޑޫގެ ފުޓްބޯޅައިގެ ވާހަކަ ދެއްކުމާއެކު ގިނަ ބައެއްގެ ދުލުކުރިއަށް އަންނާނެ ނަމަކީ ހުސައިން މުހައްމަދު ދީދީ ނުވަތަ ޖޯޖްގެ ނަމެވެ. އޭނާ އަކީ އައްޑޫގެ ފުޓްބޯޅަ ފަށައިދީ، އެރޫހު ދިރުވުމުގައި ދެމިހުރި އެންމެ އިސް އެއް ބޭފުޅާ އެވެ. ޖޯޖް މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެންނާ ވަކިވެދިޔަ ކަމުގައިވީ ނަމަވެސް އޭނާގެ މަސައްކަތުގައި އަދިވެސް ދިރުން އެބަހުއްޓެވެ.

އައްޑުއަތޮޅުގައި އިނގިރޭސިން ތިބި ޒަމާނުގައި ޖޯޖަކީ އެމީހުން ގާތުގައި ވަޒީފާ އަދާކުރި ބޭފުޅެކެވެ. އިނގިރޭސިން އައްޑޫގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރުމަށް އެމީހުން ތައްޔާރުކުރި ކުޅަދާނަ ރެފްރީއެކެވެ. އެކަމަށްޓަކައި އިނގިރޭސިން ހިންގި ކޯހުން އެންމެ މަތިން ފާސްވި ފަރާތަކީ ވެސް އޭނާ އެވެ. ޖޯޖްގެ މާމަތީގައި ޖަހާފައި ހުރި ރެފްރީ ބެޖަކީ އިނގިރޭސިން ހިންގި ރެފްރީޒް ޓްރޭނިން ކޭމްޕުން ފާސްވުމުން އެ މީހުންދިން ބެޖެކެވެ. ރެފްރީކަން ކުރި މެޗުތަކަށް އިނގިރޭސިން އޭނަ އަށް އުޖޫރަ ދެއްވި އެވެ. މިހެންވެ ޖޯޖަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭރު ބަޔަކަށް ޕްރޮފެޝަނަލްކޮށް ރެފްރީކަން ކޮށްދެއްވި ފަރާތެވެ. އަދި ފަހުން ގައުމީ ފެންވަރުގެ މެޗުތަކުގައި ރާއްޖޭގެ އެންމެ އިތުބާރު އެއް ރެފްރީއަކަށް ވެސް ވީސް އޭނާ އެވެ.

އިނގިރޭސިންގެ ފުށުން ފުޓްބޯޅައިގެ ކަންކަން ދަސްވާން ފެށުމުން އޭނާ ދެންބަދަލުވީ ކޯޗަކަށެވެ. އިނގިރޭސިންގެ ލަފާގެ މަތިން އައްޑޫ މީހުން އުފެއްދި ޑިލިޖެންސް ނެއިބާސް ކުލަބު ނުވަތަ ޑީއެންސީގެ ކޯޗަކީ އޭނާ އެވެ. އެކަން ރަސްމީކޮށް ޖޯޖަށް ހަވާލުކުރީ 17 މާރޗް 1970ގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޗުކޮށްދީގެން ޓީމެއް ކުޅުނީ އޭނާގެ ބެލުމުގެ ދަށުންނެވެ.

ޑީއެންސީގެ ޔައުމިއްޔާގައި ލިޔެފައިވަނީ އެކަން ކުރީ "ފުޓްބޯޅަ ދަސްކޮށްދޭނެ މީހަކު ހުރުން ރަނގަޅުވާނެ" ކަމަށާއި "އެކަމަށް އެންމެ ރަނގަޅުމީހަކީ ހުސައިން މުހައްމަދު ދީދީ ކަމަށް (ކުޅުންތެރިން) ބުނުއްވި،" ކަމަށެވެ.

ޖޯޖް ކޯޗުކޮށްދިނީ ހަމައެކަނި އިނގިރޭސިންގެ ފަރާތުން ދަސްވި ދަސްވުމަކަށްނޫނެވެ. އިނގިރޭސި ކޯޗިން މެނުއަލްތައް ހޯދައިގެން އެފޮތްތައް ދަސްކޮށްގެން ބޯޅަ ތިރިކޮށްގެން ޕާސިން ގޭމެއް ކުޅެން އޭނާ ޕްލޭންތައް ރާވާލި އެވެ. މާލޭގެ ވަރުގަދަ ޓީމުތަކަށް އެދުވަސްވަރު ޑީއެންސީ ބަލިނުކުރެވުނީ ވެސް އެމީހުންގެ ރޭވުންތެރިކަން މޮޅުކަމުންނެވެ. ޖޯޖްގެ ކޯޗުކަމުގައި ޑީއެންސީ ވަނީ ދެ ފަހަރެއްގެ މަތީން 70ގެ ތެރޭގައި ގައުމީ ތަށި ހާސިލް ޖޮއިންޓް ޗެމްޕިއަނެއްގެ ގޮތުގައި ހާސިލްކޮށްފަ އެވެ.

1970 އަހަރުތަކަކީ މުޅި ދުނިޔޭގައި ވެސް ފުޓްބޯޅައިގައި މާ ހަރުދަނާ ގަވާއިދުތަކެއް ހެދިފައި އޮތް ދުވަސްތަކެއްނޫނެވެ. އެންމެހެން ބަރޯސްވަމުންދިޔައީ ފީފާއިން ނެރެފައި އޮތް ލޯޒް އޮފް ދަ ގޭމް ފޮތަށެވެ. ރާއްޖޭގައި ބޯޅަކުޅޭއިރު ގަވާއިދުތަކެއް ނެތުމުން ޖޯޖް އިނގިރޭސިވިލާތުން އެމީހުންގެ ލީގުގެ ގަވާއިދުތައް ހޯދި އެވެ. އަދި އިނގިރޭސި ބަހަށް ފަރިތަވުމާއެކު މުހައްމަދު ޒާހިރު ނަސީރާއެކު އެ ގަވާއިދުގެ ދިވެހި ތަރުޖަމާއެއް ހެއްދެވުމުގައި އިސްކޮށް އުޅުއްވި އެވެ.

ޖޯޖް ވަކިވެދިޔަސް އޭނާގެ ހިންގުންތެރިކަމާއެކު ރޭވުންތެރިކަމުގެ ހަނދާންތައް އާކޮށްދެނީ އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ކޯޗު މުހައްމަދު ނިޒާމާއި އަހުމަދު މަރުޒޫގް (މަރޭ) އެވެ. ނިޒާމާއި މަރޭ ވަނީ ފުރަތަމަ ޑިވިޝަނުގައި ބޮޑެތި ކުލަބުތަކަށް ކުޅެދީފަ އެވެ. ނިޒާމާއި މަރޭ ގަލޮޅު ދަނޑުގައި ބޯޅަ ކުޅުނު ދުވަސްވަރު އެ މީހުންގެ މެޗުތައް ބަލައި އެނަލައިޒްކޮށް ދެ ކުދިންނަށް ބުނެދިނުމަކީ ވެސް ޖޯޖްގެ އާދައެކެވެ. ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި ނިޒާމް ވަނީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދައި ތަށިތަކެއް ވެސް ހާސިލްކޮށްފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މަރޭ ހޭދަކުރި 8 އަހަރަކީ ކާމިޔާބު ދުވަސްތަކެކެވެ.

އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވިޔަސް ޖޯޖްގެ ހިދުމަތް ދިވެހި ފުޓްބޯޅައިގެ ރަންޔޫބީލްގައި ފާހަގަ ނުކޮށްވަނީ ދޫކޮށްލާފަ އެވެ. އެކަމަކު އެއީ އަލިމަސްޔޫބީލްގައި ކޮންމެހެން ވެސް ފާހަގަކުރަންޖެހޭ ނަމެކެވެ. އެ ހަނދާނާއި ތާރީހް މަރެއްނުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

21 މާރިޗު 2024
ކުޅެމުން، ކޯޗުކޮށްދެމުން މެދު އުޑަށް އެރި ތަރި!

ކުޅެމުން، ކޯޗުކޮށްދެމުން މެދު އުޑަށް އެރި ތަރި!

17 ޑިސެމްބަރު 2023
ކުނޑިބެ: ވޮލީ ނުކުޅެ، ގަދަ ވޮލީ ރެފްރީއަކަށްވި، ފުޓްބޯޅަ ކޯޗު

ކުނޑިބެ: ވޮލީ ނުކުޅެ، ގަދަ ވޮލީ ރެފްރީއަކަށްވި، ފުޓްބޯޅަ ކޯޗު

28 ޖުލައި 2023
އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

07 މެއި 2023
ޚާއިނެއްގެ އަތުން ބަޑި އަތުލައިގަތުމަކީ އާދައިގެ ކަމެއްނޫން. އޭނާއަކީ އައްޑޫގެ ހީރޯއެއް.

ޚާއިނެއްގެ އަތުން ބަޑި އަތުލައިގަތުމަކީ އާދައިގެ ކަމެއްނޫން. އޭނާއަކީ އައްޑޫގެ ހީރޯއެއް.

03 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު