Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މި ސަރަހައްދުގެ އެންމެ ރަނގަޅު ކަލިނަރީ ޓްރެއިނިންގ އިސްޓިޓިއުޓަކަށް އަނެއްކާވެސް އެމްއެންޔޫ

މި އެވޯޑު ލިބިފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2023 | ހުކުރު 07:11
ވޯލްޑް ކަލިނަރީ އެވޯޑު ހަފްލާގެ ތެރެއިން

ވޯލްޑް ކަލިނަރީ އެވޯޑު ހަފްލާގެ ތެރެއިން

ކަލިނަރީ ނުވަތަ ކެއްކުމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑް ކަލިނަރީ އެވޯޑް" ގައި މި ސަރަހައްދުގެ އެންމެ ރަނގަޅޫ ކަލިނަރީ އިންސްޓިއުޓްގެ އެވޯޑު އަނެއްކާ ވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް ލިބިއްޖެއެވެ.

މި އެވޯޑު ލިބިފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމަށެވެ. މިއީ އެ ފެކަލްޓީން މި އެވޯޑު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑު ލިބުނީ 2021 ވަނަ އަހަރުއެވެ.

Advertisement - newsAdvertisement

މިއަހަރުގެ އެވޯޑުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކިޔަވައިދޭ މޮރިޝަސްގެ ދެ އިންސްޓިޓިއުޓަކުން އެމްއެންޔޫއާ ވާދަކުރިއެވެ. އެމްއެންޔޫއަށް މި އެވޯޑު ލިބުނީ ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރާ މަސައްކަތާއި، އެދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކަށް ބެލުމަށްފަހުއެވެ. މި އެވޯޑު ދޭނެ ފަރާތެއް ކަނޑައެޅީ އާއްމުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯރލްޑް ޓްރެވަލް އެވޯރޑްސް ސިލްސިލާގެ ބައެއް ކަމުގައިވާ ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވަނީ 2020 އަހަރުން ފެށިގެންނެވެ. ވޯރލްޑް ކަލިނަރީ އެވޯރޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯރޑެކެވެ. މިއެވޯރޑްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެކިއެކި ޤައުމުތަކާއި ސަރަޙައްދުތަކުން ހޮވާލެވޭ "ބެސްޓް ރޫފްޓޮޕް ރެސްޓޯރަންޓް"، "ބެސްޓް ކަލިނަރީ ފެސްޓިވަލް" އަދި "ބެސްޓް ފައިން ޑައިނިންގ ހޮޓެލް ރެސްޓޯރަންޓް" ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް 1987 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ އެފްއެޗްޓީއެސްއަކީ ރާއްޖޭގައި މިދާއިރާއިން މީހުން ތަމްރީނުކުރާ އެންމެ ދުވަސްވީ މުއައްސަސާއެވެ. އެފްއެޗްޓީއެސްއިން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިންގ، ފްރަންޓް އޮފީސް، ޕެޓިސެރީ، ކަލިނަރީ އާރޓްސް، ޓުއަރ ގައިޑިންގ، އަދި ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ހިމެނެއެވެ. އަދި މިދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އަކުން ފެށިގެން، އެޑްވާންސް ސެޓްފިކެޓް، ބެޗެލަރ ޑިގްރީ، އަދި މާސްޓަރ ޑިގްރީއާއި ހަމައަށް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

ވޯލްޑް ކަލިނަރީ އެވޯޑްސްގައި އިންޑިއަން އޮޝަން ކެޓަގަރީން ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓުގެ އެވޯޑު ރާއްޖެއަށް ލިބިފައިވާއިރު މި ސަރަހައްދުގެ ބެސްޓް ކަލިނަރީ ޑެސްޓިނޭޝަންގެ އެވޯޑު ވެސް ލިބުނީ ރާއްޖެއަށެވެ. މި ކެޓަގަރީން ރާއްޖެއާ ވާދަކުރީ ސީޝެލްސް އާއި މޮރިޝަސް އާއި ރީޔޫނިއަން އައިލެންޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު