Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލު

އިސްލާމީ ގައުމުތަކުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިރާނުން ގޮވާލައިފި

19 އޮކްޓޯބަރު 2023 | ބުރާސްފަތި 00:40

އިސްރާއީލަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމަށާއި ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށާއި ގައުމުތަކުގައި ތިބި އިސްރާއީލުގެ ސަފީރުން ފޮނުވާލުމަށް އިރާނުން ގޮވާލި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 00:40
އިރާނުގެ ފޮރިން މިނިސްޓަރ ހުސައިން އާމިރު އަބްދުﷲހިއަން

އިރާނުގެ ފޮރިން މިނިސްޓަރ ހުސައިން އާމިރު އަބްދުﷲހިއަން

އޯރގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ހިމެނޭ ގައުމުތަކުން އިސްރާއީލަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމަށާއި ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށާއި ގައުމުތަކުގައި ތިބި އިސްރާއީލުގެ ސަފީރުން ފޮނުވާލުމަށް އިރާނުގެ ފޮރިން މިނިސްޓަރ ހުސައިން އާމިރު އަބްދުލް ހަޔާން ގޮވާލައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބޭއްވި އޯއައިސީގެ އެމަރޖެންސީ ބައްދަލުވުމުގައި އިރާނުގެ ފޮރިން މިނިސްޓަރ މިމޭރުމުން ބަޔާން ދެއްވާފައިމިވަނީ ގައްޒާގެ ހޮސްޕިޓަލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެންނެވެ.

މިހާރުން މިހާރަށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިރާނުގެ ފޮރިން މިނިސްޓަރގެ ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން އިސްލާމީ ލޯޔަރުންގެ ޓީމެއް ގާއިމުކޮށް އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ޑޮކިޔުމަންޓްކުރުމަށްވެސް އިރާނުން ވަނީ ގޮވާލާފައެވެ.

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުން ވައިގެ މަގުން ގައްޒާގައި ހުރި ހަމައެކަނި ކްރިސްޓިއަން ހޮސްޕިޓަލްކަމުގައިވާ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގައި މަދުވެގެން 500 މީހުން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުން ބުނެއެވެ. މިއީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ފެށި ހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް އިސްރާއީލުން ގައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން އަޝްރަފް އަލް ގުދުރީ ވިދާޅުވީ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު ވެއްޓިފައިވާ އިމާރާތުގެ ދަށުން އެތައް ސަތޭކަ ބަޔަކު ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން މެދު އިރުމަތި އަދި އުތުރު އެފްރިކާގައި ވަނީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލުމުގެ ހަރަކާތް ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި މިހަރަކާތުގެ ތެރެއިން އުރުދުން އަދި ތުރުކީގައި ހުރި އިސްރާއީލު އެމްބަސީ ކައިރިއަށް އެއްވެފައިވާއިރު ލުބުނާންގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށްވެސް މީހުން އެއްވެފައިވެއެވެ.

މީގެއިތުރުން އިރާން، މޮރޮކޯ، ޓިއުނީޝިއާ، ޔަމަން އަދި އިރާގުގައިވެސް އަންނަނީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
29 މެއި 2017

އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ

29 މެއި 2017
އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް