Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް

ނިއުރޭޑިއަންޓުގެ ގޯލްކީޕަރ ޓްރެއިނަރަކަށް އަސްލަމް!

18 އޮކްޓޯބަރު 2023 | ބުދަ 11:09

އަސްލަމް ވަނީ ނިއުގެ ޕްރެކްޓިހަށް ނިކުންނަން ފަށާފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 އޮކްޓޯބަރު 2023 | ބުދަ 11:09
އަސްލަމް ނިއުރޭޑިއަންޓުގެ ޕްރެކްޓިހުގައި

އަސްލަމް ނިއުރޭޑިއަންޓުގެ ޕްރެކްޓިހުގައި

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުކަމާ އަމިއްލައަށް ދުރުވި އަސްލަމް އަބްދުއްރަހީމް, ދެވަނަ ޑިވިޝަންގައި ވާދަކުރާ ނިއުރޭޑިއަންޓުގެ ގޯލްކީޕަރު ޓްރޭނަރުކަމާ ހަވާލުވެއްޖެއެވެ.

ކުރިން ނިއުރޭޑިއަންޓުގެ ގޯލް ބަލަހައްޓައި, އެކްލަބާއެކު ކާމިޔާބުހޯދި އަސްލަމް ވަނީ އަންގާރަ ދުވަހުގެރޭ ފެށި ނިއުރޭޑިއަންޓްގެ ޕްރެކްޓިހަށް ނިކުމެފައެވެ. ރާއްޖޭގެ އެންމެ އިތުބާރު ގޯލްކީޕަރު ޓްރޭނަރު މިފަހުން ފެނުނީ ގައުމީ ޓީމްގެ އިތުރުން އީގަލްސްގެ ގޯލްކީޕަރުން ތަމްރީނުކުރުމުގައެވެ. ގައުމީ ޓީމާ ދުރަށްދިޔައީ ގައުމީ ޓީމުން މުސާރަ ނުދޭތީކަމަށް، އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ އެހީއަށް ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއުރޭޑިއަންޓުން އެދުމުން އެފުރުސަތުގެ ބޭނުންހިފީއެވެ.

އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން މަސައްކަތްކުރާ ނިއުރޭޑިއަންޓުގެ ގޯލް ކީޕަރަކަށް ހަމަޖައްސާފައިވަނީ ޕާކިސްތާނުގެ ބަދަލު ކީޕަރު ބާސިތެވެ. ރާއްޖޭގައި ކުޅެމުން އައި ސްރީލަންކާގެ ގައުމީ ކީޕަރު ސުޖަން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އަސްލަމްގެ އެހީ ލިބިގެންނެވެ. އެހެންކަމުން އަސްލަމް ނިއުރޭޑިއަންޓާ ގުޅުމަކީ އެ ކްލަބް އަލުން މަގާމަށް ދިއުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ކްލަބުން ދެކެއެވެ. އަސްލަމްގެ ކުޅުމުގެ ކެރިއަރު ގުޅިފައި އޮތީ ނިއުރޭޑިއަންޓުގެ އިތުރުން ވެލެންސިޔާއާއެވެ.

ނިއުރޭޑިއަންޓުގެ ކޯޗިންގ ޓީމްގައި އަސްލަމްގެ އިތުރުން ހިމެނެނީ ކޯޗު އަހުމަދު ނިމާދު (ނިމާ)އާއި ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް (ފަރޭ)އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 ޖޫން 2020

އޮސްޓްރޭލިއާގެ ގޯލްކީޕަރު ލޭންގަރޭކް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

08 ޖޫން 2020
އޮސްޓްރޭލިއާގެ ގޯލްކީޕަރު ލޭންގަރޭކް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ
31 މެއި 2020

ގޯލްކީޕަރު އާރޮން ރާމްސްޑޭލް ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

31 މެއި 2020
ގޯލްކީޕަރު އާރޮން ރާމްސްޑޭލް ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ
26 މެއި 2020

ބޯންމަތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ގޯލްކީޕަރު އާރޮން ރާމްސްޑޭލް

26 މެއި 2020
ބޯންމަތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ގޯލްކީޕަރު އާރޮން ރާމްސްޑޭލް
17 ފެބުރުއަރީ 2020

ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން

17 ފެބުރުއަރީ 2020
ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން
09 ފެބުރުއަރީ 2020

މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން

09 ފެބުރުއަރީ 2020
މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން
01 ފެބުރުއަރީ 2020

ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި

01 ފެބުރުއަރީ 2020
ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި
05 ފެބުރުއަރީ 2019

ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!

05 ފެބުރުއަރީ 2019
ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!
04 ޑިސެމްބަރު 2017

ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

04 ޑިސެމްބަރު 2017
 ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
16 މެއި 2017

ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޑްކޮށްފި

16 މެއި 2017
ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް