Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޭންގަރޭކް ކޮވިޑް-19ށް ޕޮޒިޓިވްވުން

އޮސްޓްރޭލިއާގެ ގޯލްކީޕަރު ލޭންގަރޭކް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

8 ޖޫން 2020 | ހޯމަ 09:46

ލޭންގަރޭކް އަކީ ނަގޯޔާ ގްރެމްޕަސްއިން ކޮވިޑް-19ށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖޫން 2020 | ހޯމަ 09:46
އޮސްޓްރޭލިއާގެ ގޯލްކީޕަރު މިޗެލް ލޭންގަރޭކް: އޭނާ އަކީ ނަގޯޔާ ގްރެމްޕަސްއިން ކޮވިޑް-19ށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާ

އޮސްޓްރޭލިއާގެ ގޯލްކީޕަރު މިޗެލް ލޭންގަރޭކް: އޭނާ އަކީ ނަގޯޔާ ގްރެމްޕަސްއިން ކޮވިޑް-19ށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާ

ޖަޕާނުގެ ނަގޯޔާ ގްރެމްޕަސްއަށް ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ގޯލްކީޕަރު މިޗެލް ލޭންގަރޭކް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ގޯލްކީޕަރު ކޮވިޑް-19ށް ޕޮޒިޓިވް ވިކަން ޖަޕާނުގެ ޖޭ-ލީގުގައި ވާދަކުރަމުން އަންނަ ނަގޯޔާ ގްރެމްޕަސްއިން ވަނީ ހާމަކޮށްފަ އެވެ. ލޭންގަރޭކް އަކީ ނަގޯޔާ ގްރެމްޕަސްއިން ކޮވިޑް-19ށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެ ކްލަބުގެ ފޯވަރޑް މޫ ކަނަޒާކީވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ނަގޯޔާ ގްރެމްޕަސްއިން ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހު އެ ކްލަބުގެ 26 ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރިއިރު، ވައިރަހަށް ޕޮޒިޓިވްވީ ލޭންގަރޭކް އެކަނި ކަމަށެވެ. އަދި ލޭންގަރޭކް ވައިރަހަށް ޕޮޒިޓިވް ވީއިރު، އޭނާގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

މީގެ ކުރިން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑާއި ސްޓުޓްގާޓަށްވެސް ކުޅެފައިވާ ލޭންގަރޭކް ނަގޯޔާ ގްރެމްޕަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ނަގޯޔާ ގްރެމްޕަސްއަށް 72 މެޗު ކުޅެދީފަ އެވެ. އަދި އޮސްޓްރޭލިއާ ގައުމީ ޓީމަށް އަށް މެޗު ލޭންގަރޭކް ކުޅެދިންއިރު، އެ އަށް މެޗުންވެސް އެޓީމު ވަނީ މޮޅުވެފަ އެވެ.

ލޭންގަރޭކް އެންމެ ބޮޑަށް ވިދާލީ ޑޯޓްމުންޑުންނެވެ. އެގޮތުން އޭނާ ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ލީގު ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރަށް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޖޭ-ލީގުވެސް މެދުކަނޑާލިއިރު، ހަތަރު މަހަށްފަހު ލީގު އަލުން ފެށުމަށް މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ ކުރީކޮޅު އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 މާރިޗު 2020

ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
11 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

11 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
17 ފެބުރުއަރީ 2020

ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން

17 ފެބުރުއަރީ 2020
ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން
09 ފެބުރުއަރީ 2020

މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން

09 ފެބުރުއަރީ 2020
މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން
01 ފެބުރުއަރީ 2020

ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި

01 ފެބުރުއަރީ 2020
ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި
05 ފެބުރުއަރީ 2019

ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!

05 ފެބުރުއަރީ 2019
ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!
04 ޑިސެމްބަރު 2017

ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

04 ޑިސެމްބަރު 2017
 ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް