Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަ ކުއްޖެއް ބަލިވެ އިނުން

ރޭޕްގެ ޝިކާރައަކަށްވި 18 އަހަރުނުވާ ކުއްޖެއް ބަލިވެ އިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 14 ގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2023 | ބުދަ 08:56
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރަމުންދާ މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ

އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރަމުންދާ މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ދެކުނުގެ ރަށެއްގައި ރޭޕްގެ ޝިކާރައަކަށްވި 18 އަހަރުނުވާ ކުއްޖެއް ބަލިވެ އިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގއ. ގދ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި، މިމައްސަލަ ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 6 ވީ ހުކުރު ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އޮކްޓޫބަރު މަހުގެ 14 ވީ ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުޑަ ކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވާތީ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖިންސީ ގޯނާގެ 220 މައްސަލަަ ރިޕޯޓުކޮށްފައިވެއެވެ. އަދި އޯގަސްޓު މަހު އެކަނި ވެސް ކުޑަކުދިންނާއި ގުޅުންހުރި 96 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 18 މައްސަލައަކީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2017

އެތައް ދުވަހެއް ވަންދެން ބަލިވެ އުޅުމަށް ފަހު ޒާހިލް މަރުވެއްޖެ

27 އޮކްޓޯބަރު 2017
އެތައް ދުވަހެއް ވަންދެން ބަލިވެ އުޅުމަށް ފަހު ޒާހިލް މަރުވެއްޖެ
12 އޮކްޓޯބަރު 2017

ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

12 އޮކްޓޯބަރު 2017
ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ
11 އޮކްޓޯބަރު 2017

އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި

11 އޮކްޓޯބަރު 2017
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި
24 ސެޕްޓެމްބަރު 2017

ހޮނިހިރު ދުވަހުގެރޭ 18 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށްވެސް ވަނީ ވަޅިން ހަމަލާ ދީފައި:ޕޮލިސް

24 ސެޕްޓެމްބަރު 2017
ހޮނިހިރު ދުވަހުގެރޭ 18 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށްވެސް ވަނީ ވަޅިން ހަމަލާ ދީފައި:ޕޮލިސް
21 އޯގަސްޓު 2017

ބޭނުންކުރި ބޭހެއްގެ ސަބަބުން 7 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުސް ފޮޅު!

21 އޯގަސްޓު 2017
ބޭނުންކުރި ބޭހެއްގެ ސަބަބުން 7 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުސް ފޮޅު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު