Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ފުޓުބޯޅަ ރަނގަޅު ކުރުމަށް ބައްސާމާއި، އެފްއޭއެމަށް ކުރެވުނީ ކޮން ކަމެއް؟

ސަރަހައްދުގައި ރާއްޖެ އިން ދަމަހައްޓަމުން އައި މަގާމު އަލުން ހޯދުމަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2023 | ބުދަ 05:35
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މިއަހަރު އިންޑިއާގައި ކުރިއަށް ދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ދިވެހިރާއްޖެ އަށް ލިބުނު ދަށް ނަތީޖާ އާއެކު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ގޮވާ އަޑު ގަދަވި އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސޯޝަލް މީޑިއާގައި އާންމުން ދިޔައީ އެ ވާހަކަތައް ދައްކަމުންނެވެ. ނުދައްކަންވީ ސަބަބެއް ވެސް ނެތެވެ.

ސަރަހައްދީ ފުޓުބޯޅައިގައި ދިވެހިރާއްޖެ މިއިން ދުވަހަކު ނުދާހާ ފަހަތަށް، ބައްސާމްގެ ވެރިކަމުގައި ސޮއްސާލައިފި އެވެ. ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ދިވެހިރާއްޖެ މުބާރާތް ނިންމާލަން ޖެހުނީ މުޅިން އަލަށެވެ. 20 އަހަރުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވެއްޖެ އެވެ. ސަރަހައްދުގައި ރާއްޖެ އިން ދަމަހައްޓަމުން އައި މަގާމު މަޑުމަޑުން ގެއްލެމުން ގޮސް، ބޫޓާން އަތުން ވެސް މޮޅުވެވެނީ ކިރިޔާ އެވެ.

އެއާއެކު ބައްސާމަށް ކުރިމަތިވަމުން ދިޔަ ފާޑު ކިޔުންތަކާއެކު، އޭނާ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ބައްސާމާއި، އޭނާގެ ޓީމުގެ ފަރާތުން ފެންނަމުން އަންނަ ނޫސްވެރިންނާ ދުުރު މިޒާޖާއެކު ވެސް، މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ނޫސްވެރިން ކުރި މައްޗަށް ނިކުތީ ވަރަށް ވެސް ޕްރެޝަރުގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ، އޭނާ އާއި އޭނާގެ ޓީމު ފެއިލް ނުވާ ކަމަށެވެ. ކުރިއަށް ނެރުނީ ފުޓުބޯޅައިގައި ހޯދާފައިވާ ކާމިޔާބީތަކެވެ. އުޒުރަކަށް ދެއްކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ބަލި މަޑުކަމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާ ވެސް ބައްސާމްގެ މޮޅު ވާހަކަތައް ދެއްކި އެވެ. ފުޓުބޯޅަ ހިންގުމުގައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އިދާރީ ގޮތުންނާއި، ޓެކްނިކަލް ގޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑު ބަދަލެއް ފެންނާނެ ވާހަކަ ވިދާޅުވި އެވެ. މާލީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އޮފް އެފްއޭއެމަށް ހިންދެމިލެވޭނެ ކަމަށް ވިދާޅުވި އެވެ. ކުރި މަގަށް މުހިންމު ޕްލޭންތަކެއް ހަދައި، ވަރަށް އަވަހަށް އެކަން ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައްސާމްގެ އެ ވާހަކަތަކަށް ތިން މަސް ދުވަސް ވެފައިވާއިރު، ފުޓުބޯޅަ އަށް ގެނެވުނު ބަދަލަކީ ކޮބައިތޯ އެވެ؟ ޓެކްނިކަލީ ގެނެވުނު ބަދަލަކީ، ޤައުމީ ކޯޗުކަމުން އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވަކިކޮށް، އެ މަގާމަށް މިހާރުގެ ކޯޗު އަލީ ސުޒޭން ގެނައުމެވެ. ދެން ގެނައި ބަދަލަކީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް، އިންގްލެންޑުގެ ޕޯލް ތޯމަސް ސްމޯލީ ހަމަޖެއްސުމެވެ. އޭނާ އަކީ ކުރިން ބަންގްލަދޭޝްގެ ޓެކްނިކަލް ޑިރެކްޓަރަކަށް މަސައްކަތް ކުރި ފަރާތެވެ.

ޤައުމީ ކޯޗުކަމަށް ސުޒޭން ހަމަޖައްސައި، އޭނާގެ އެސިސެޓެންޓަކަށް ހަމަޖެއްސީ މުޙައްމަދު އާދަމް އެވެ. އެއީ މި ފަހުން ހައެއްކަ މަސް ދުވަހު ޔުނައިޓެޑް ވިކްޓްރީގައި މަސައްކަތް ކުރުން ފިޔަވައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ވެސް ޓެކްނިކަލް މަސައްކަތެއް ކުރި ފަރާތެއް ނޫނެވެ. ޤައުމީ ޓީމާ ސުޒޭން ހަވާލުވުމަށްފަހު ޓީމު އެކުލަވާލުމަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ވެސް ނެތެވެ. މުހިންމު މެޗުތަކެއް ކުރިއަށް  އޮތްއިރު، ބަރޯސާވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށެވެ. އެކަން ޚުދު ސުޒޭން އަމިއްލަ އަށް ވެސް ވަނީ ބުނެފަ އެވެ.

އިދާރީ ގޮތުން އެފްއޭއެމް ދިޔައީ ހަ ފިޔަވަޅު ފަހަތަށެވެ. މި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި، ތަންތަނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ދެ ޙުކުމެއް އަތުވެއްޖެ އެވެ. އެ ފައިސާ ދެއްކި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. މި ނޫން ވެސް ތަންތަނަށް ދައްކަން ޖެހޭ ފައިސާތައްް އެބަ ހުއްޓެވެ.

އެފްއޭއެމްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދެވެ އެވެ. މުސާރަ ނުދޭތީ ބައެއް މުވައްޒަފުން މަސައްކަތަށް ނިކުތުން ހުއްޓާލައިފަ އެވެ. އަނެއް ބައި މުވައްޒަފުން  ނިކުންނަނީ ވަޒީފާ އަދާ ކުރުމަކަށް ނޫނެވެ. ޤައުމީ ކަމެއްގެ ގޮތުގައި އެކަން ދެކިގެން އެމީހުން މަސައްކަަތް ކުރަނީ އެވެ. މުވައްޒަފުން މަސައްކަތަށް ނުކުތުން ހުއްޓާލުމާއެކު، އެފްއޭއެމަށް ޖެހުނީ ނަން ހިނގާ ކުލަބުތަކުގެ މީހުން ލައިގެން މަސައްކަތް ކުރިއަށް ގެންދާށެވެ.

ނޫސްވެރިންނަށް މައުލޫމާތު ލިބޭނެ ފުރިހަމަ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ބައްސާމް ބުނި ނަމަވެސް، މިހާރު ވެސް މައުލޫމާތު ހޯދަން ނޫސްވެރިންނަށް ޖެހެނީ، އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ)ގެ އަރިހުގައި "އާދޭސް" ދަންނަވާށެވެ. އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ކިތަންމެ ވަރަކަށް ސުވާލު ކުރި ނަމަވެސް، ޖަވާބު ދެނީ ހިތްޕުޅާ ވީ ވަގުތެއްގަ އެވެ.

އެފްއޭއެމްގެ މާލީ ޙާލަތު ދަށްވި ނަމަވެސް، އެ އިދާރާގެ އިސްވެރިން ޤައުމުން ބޭރަށް ރަސްމީ ދަތުރުތައް ކުރައްވަ އެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ބައްސާމް ދެ ފަހަރެއްގެ މަތިން ރާއްޖެ އިން ބޭރަށް ވަޑައިގެންފި އެވެ. ޖަވާ ވެސް ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. މިއީ ރަސްމީ ދަތުރަކަށްވުމުން، މިއިން އެއްވެސް މައުލޫމާތެއް ނޫސްވެރިންނަށް ދީފައެއް ނުވެ އެވެ.

ކަން މިހެން ހުރިއިރު، ފުޓުބޯޅައިގެ ޙާލަތު ރަނގަޅުވާނެ ކަމަށް މިދިޔަ ޖުލައި މަހު ބައްސާމް ވިދާޅުވެފައިވާއިރު، ރަނގަޅުވީ ކޮން ކަމެއް ހެއްޔެވެ؟ ސަރަހައްދުގައި ރާއްޖެ އިން ދަމަހައްޓަމުން އައި މަގާމު އަލުން ހޯދުމަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މިއަދު ވެސް ރާއްޖެ މިއުޅެނީ ގަލޮޅު ރަސްމީ ދަނޑުގައި ބަންގްލަދޭޝް ބަލި ނުކުރެވިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

16 ނޮވެމްބަރު 2017
 އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

12 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު