Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

މެސީގެ ދެ ލަނޑާއެކު މޮޅުވެ، އާޖެންޓީނާ އިން އެއް ވަނައިގައި ހަމަޖެހިލައިފި

18 އޮކްޓޯބަރު 2023 | ބުދަ 05:04

މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، އެ ޓީމަށް ލިބެނީ 12 ޕޮއިންޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޮކްޓޯބަރު 2023 | ބުދަ 05:04
އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ

އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުންް މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

ބުދަ ދުވަހުގެ ހެނދުނު ޕެރޫގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 2-0 އިންނެވެ. މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. މިއީ ދާދި ފަހުން ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، އެނބުރި އައިސް މެސީ ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އަދި ފުރިހަމަ މެޗެއް މެސީ ކުޅުނު ފުރަތަމަ ފަހަރެވެ. މެޗުން އާޖެންޓީނާ މޮޅުވީ މެސީ ޖެހި ދެ ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި މެސީ އާޖެންޓީނާ އަށް ކުރި ހޯދައިދިނީ ނިކޮލަސް ގޮންޒާލޭސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން 42 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު މެސީ ޖެހީ، ޒުވާން ކުޅުންތެރިޔާ އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު މެސީ ވެގެން ގޮސްފައި ވަނީ ދެކުނު އެމެރިކާ ސަރަަހައްދުން ކޮލިފިކޭޝަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. މިހާތަނަށް ކުޅުނު ހަ ކޮލިފިކޭޝަނުން މެސީ ވަނީ 63 މެޗު ކުޅެފަ އެވެ. އޭނާ ވަނީ 31 ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު އާޖެންޓީނާ އިން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، އެ ޓީމަށް ލިބެނީ 12 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އުރުގުއޭ އަދި ތިން ވަނައިގައި އޮތް ބްރެޒިލް އަށް ލިބެނީ ހަތް ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް