Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ޕީއެސްޖީ އިން ނޭމާއާ އެކު އެއްބަސްވުމަކާ ގަތަށް

22 ޖުލައި 2017 | ހޮނިހިރު 14:56

ޕީއެސްޖީއިން ވަނީ ނޭމާގެ ރިލީސް ފީ ދެއްކުމަށް ތައްޔާރުވެފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 22 ޖުލައި 2017 | ހޮނިހިރު 14:56
ބާސާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ

ބާސާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި ނޭމާ އެއްބަސްވުމަކާ ގާތަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ ކުޅިވަރު ޚަބަރު ފަތުރާ މީޑިއާއެއް ކަމަށްވާ އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕީއެސްޖީން ވަނީ ނޭމާއާއި އޭނާގެ ބައްޕައާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައި ކޮންޓްރެކްޓަކާ ގާތަށް ޖެހިލާފައެވެ. ރިޕޯޓްގައި ވާގޮތުން ޕީއެސްޖީ އިން ވަނީ ބާސާއާ އެކު ނޭމާ ހަދާފައިވާ އެއްބަސްވުން އުވާލުމަށް ބޭނުންނާ 222 މިލިއަން ޔޫރޯ ހުށަހެޅުމަށް ތައްޔާރުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީއިން ނޭމާއާ އެކު މަޝްވަރާ ކުރަމުން އަންނަނީ މަދުވެގެން 4 އަހަރު ދުވަހުގެ އެއްބަސްވުމަކަށެވެ. އެގޮތުން އެކުލަބުން ނޭމާއަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަނީ އަހަރު 30 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. މި ވަގުތު ބާސާގެ ޕްރީ ސީސަންގައި ފަރިތަކުރުންތައް ކުރިއަށް ގެންދާ ނޭމާ، ބާސާގެ ބައެއް ކުޅުންތެރިން ގާތުގައި ވެސް އޭނާ ކުލަބު ދޫކޮށްލަން އުޅޭ ކަމަށް ބުނެފައިވާ ކަމަށް އީއެސްޕީއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ބާސާގެ ރައީސް ޖޯސެފް މާރިއޯ ބާޓޮމެއު ވިދާޅުވެފައި ވަނީ، ޕީއެސްޖީ އިން ނޭމާ ހޯދަން ބޭނުންވާ ނަމަ ފީފާގެ ފެއާ ޕްލޭ ފައިނޭންޝަލް ގަވާއިދާ ހިލާފުވުން ނޫން އެހެން ގޮތެއް ޕީއެސްޖީއަކަށް ނެތް ކަމަށެވެ.

ޕީއެސްޖީއިން މިހަފަރުގެ ޓްރާންސްފާގައި ސްކޮޑް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެކުލަބުން ވަނީ ކުރިން ބާސާއަށް ކުޅުނު ޑެނި އަލްވޭސް ވެސް ހޯދާފައެވެ. އަދި އާސެނަލް އަށް މިހާރު ކުޅެމުން އަންނަ އެލްކްސިސް ސަންޗޭސް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުފަން ގައުމު ބްރެޒިލްގެ ސަންތޯސްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު 2013 ވަނަ އަހަރު ބާސާއާ ގުޅުނު ފަހުން މިހާތަނަށް އެކުލަބަށް ކުޅުނު 186 މެޗުގައި ނޭމާ ވަނީ 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް