Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނިއު ވިކްޓްރީ އެނބުރި އައުން

ދެ ކެޕްޓަނުންގެ ނަޒަރުން ނިއުރޭޑިއަންޓާއި ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް އައުމުގެ މުހިއްމުކަން!

އަންނަ މަހު ފަށާ ދެވަނަ ޑިވިޝަނަށް ދެޓީމްވެސް އެކުލަވާލީ ވަރުގަދަ ސްކޮޑެއް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2023 | އަންގާރަ 08:22
އަސްއަދާއި ސޮބާ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި

އަސްއަދާއި ސޮބާ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި

ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަށް ތާވަލްކޮށްފައިވަނީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. އެއީ ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބް އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް ކުރާ މަސައްކަތުގައި އޮތް ފުރުޞަތެވެ. މިދިޔަ އަހަރު ދެވަނަ ޑިވިޝަންގައި ވާދަކޮށް ނާކާމިޔާބުވުމުން, އިތުރު ޚަރަދުކޮށް މާބޮޑަށް ތައްޔާރުވެގެން ނިއުރޭޑިއަންޓާއި ވިކްޓްރީ އަލުން އެދެކްލަބްގެ ހައްގު މަގާމަށް ދިއުމަށް ކުރާ މަސައްކަތަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ މާޒިޔާގެ ސްކޮޑަށް ފަހު ވިކްޓްރީއާއި ނިއުރޭޑިއަންޓްގެ ސްކޮޑަށްވުރެ ވަކި ވަރުގަދަ ސްކޮޑެއް މިވަގުތު ފެންނާކަށް ނެތެވެ. ދެވަނަ ޑިވިޝަންގައި ވާދަކުރިރަސް އެދެޓީމްގައިވެސް ތިބީ ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނެވެ. އޭގެއިތުރުން ބިދޭސީ ހަ ކުޅުންތެރިން ވަނީ ހިމަނާފައެވެ. ބޭނުމަކީ އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދުމެވެ.

ރާއްޖޭގެ ފުޓްބޯޅަ އޮތީ ނިކަމެތި ހާލަތެއްގައެވެ. އެފްއޭއެމް އަމިއްލަ ހާލައިގެން ނޫޅެވެއެވެ. ރާއްޖޭގެ އެންމެ ތާރީޚީ ދެ ކްލަބް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީވެސް އެފަދަ ހާލަތެއް މެދުވެރިވެގެންނެވެ. އެހާލަތުން ސަލާމަތްވެ, އަލުން ފުރަތަމަ ޑިވިޝަންގައި އެދެޓީމް ވާދަކުރަން ފެށުމަކީ ރާއްޖޭގެ ބޯޅައިގެ ހާލަތަށް ހެޔޮ ބަދަލެއް އަންނާނެކަމެއް ކަމަށް ރާއްޖޭގެ ޗެމްޕިއަނުން ދެކެއެވެ. ވިކްޓްރީގެ މެނޭޖަރު ކަމާއި ގޯލްޑް ކެޕްޓަން އަސްއަދު އަބުދުލްޣަނީ ހަވާލުވީވެސް އެހަގީގަތް ގަބޫލުކުރާތީއެވެ. އެދެކްލަބް ފުރަތަމަ ޑިވިޝަންގައި އޮތުމުގެ މުހިއްމުކަން އަބަދުވެސް ގަބޫލުކުރާތީއެވެ.

ތަފްޞީލްކޮށްދެމުން ކުރިން ނިއުރޭޑިއަންޓްގެ ކެޕްޓަންކަންކޮށް އެކްލަބާއެކު ތަށިތައް ހޯދި ޑިފެންޑަރު ބުނީ ވިކްޓްރީއާއެކު ނިއުރޭޑިއަންޓް އަލުން ފުރަތަމަ ޑިވިޝަނަށް އައުމުން ފޯރި އިތުރުވެ, ވާދަވެރިކަންވެސް ބޮޑުވާނެކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެ, ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުން ލިބޭނެކަމަށެވެ. އަސްއަދު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ނުލީ ޖަރޒީ އޮފިޝަލެއްގެ ގޮތުގައި ލީ ސަބަބަކީވެސް އެއީ ކަމަށެވެ.

ވިކްޓްރީއާއި ނިއުރޭޑިއަންޓްގެ ކެޕްޓަންކަމާއި, ކޯޗުކަންވެސް ކުރި ސޮބާހު މުހައްމަދު ވެސް ބުނީ މިވަގުތު މިހާލަތުގައި ނިއުރޭޑިއަންޓާއި ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް އައުން ވެގެންދާނީ ރަނގަޅު ފާލަކަށް ކަމަށެވެ. އޭނާ ފާހަގަކުރީ ނިއުރޭޑިއަންޓާއި ވިކްޓްރީގެ ސަޕޯޓަރުންގެ އަދަދު ގިނަކަމެވެ. އެދެކްލަބް ނުކުޅޭތީ ދަނޑަށް ނުވަދެ ތިބި ސަޕޯޓަރުންވެސް ތިބިކަން ސޮބާ ފާހަގަކުރިއެވެ. އޭގެތެރެއިންވެސް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ވާހަކަ ފާހަގަކޮށް ސޮބާ ބުނީ  އެއީ ކްލަބަށް ވަރަށް ވަފާތެރި, ކްލަބް ވަންތަ ސަޕޯޓަރުންކަމަށެވެ.

ސޮބާއާއި އަސްއަދުގެ ވާހަކަތައް މިމޭރުމުން ހުރި ނަމަވެސް އެދެކްލަބާ އެކުވެސް ރާއްޖޭގެ ބޯޅައިގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެދެކްލަބް ރެލިގޭޓް ނުވެ އޮތް ފަހު އަހަރުތަކުގައިވެސް ސަޕޯޓަރުން ދަނޑަށް ވަންނަ އަދަދު ބޮޑު ތަނުން މަދުވެ, ފަޅުކަން އިހުސާސްކުރެވެން ފަށައިފިއެވެ. އެކަމަކު އެއީ އެދެޓީމްގައި ވާދަކުރެވޭވަރުގެ ސްކޮޑެއްވެސް ނެތިއެވެ. މިހާރު މިއޮތް ހާލަތަށްވުރެ އެހާލަތުވެސް ރަނގަޅެވެ. ގިނަބަޔަކު އިއްތިފާގުވާ ކަމަކީ ވިކްޓްރީއާއި ނިއުރޭޑިއަންޓް ވާދަކުރެވޭ ލެވެލްއެއްގައި ފުރަތަމަ ޑިވިޝަނަށް އައުމުން ބޯޅައިގެ ހާލަތު މިހާރަށްވުރެ ބޮޑުތަނުން ރަނގަޅުވާނެކަމެވެ. އެއާއެކު މާޒިޔާއާއި ވެލެންސިޔާގެ ވާދަވެރިކަންވެސް އިތުރުވެ މާޒިޔާއާ ވާދަކުރަން ޖެހެއެވެ. މިވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ނަމަކީ މާޒިޔާއެވެ.

ރާއްޖޭގެ ބޮޑު ކްލަބްތަކަށް ކުރިން ކުޅެ ތަށިތައް ހޯދާފައިވާ ޗެމްޕިއަނުންވެސް އެދެނީ ނިއުރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައުމެވެ. އެކަމުގައި އެހީތެރިވުމަށްވެސް ކުރީގެ ކުޅުންތެރިން ތިބީ ތައްޔާރަށެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ މަހު ފަށާއިރު ނިއުރޭޑިއަންޓްވެސް އަދި ވިކްޓްރީވެސް އޮތީ އަލުން ފުރަތަމަ ޑިވިޝަނަށް އާދެވޭ ހާލަތުގައެވެ. އެވަރުގެ ސްކޮޑެއް އެދެކްލަބްގައިވެސް އެބައޮތެވެ. އެކަމަކު އެއީ ދެކްލަބަށް އެފުރުޞަތު އޮތް ނަމައެވެ. އެފުރުޞަތު ލިބޭނީ ދެ ކްލަބަށް ނުވަތަ ތިން ކްލަބަށް ކަމެއްވެސް އެފްއޭއެމްއިން ރަސްމީކޮށް އަދި ނުބުނެއެވެ.

ވިކްޓްރީއާއި ނިއުރޭޑިއަންޓް ރެލިގޭޓްވީ ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކުގައި ކުރިމަތިވި ސަސްޕެންޝަންގެ ސަބަބުންނެވެ. ފައިސާގެ ކަންކަމަށް ހައްލެއް ހޯދާ ސަސްޕެންޝަނުން ސަލާމަތްވެ އަލުން ވާދަކުރަން ފެށީ މިދިޔަ އަހަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

15 ފެބުރުއަރީ 2019
ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!

ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!

15 ޖެނުއަރީ 2019
ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

18 ނޮވެމްބަރު 2018
އިބޫ އަތޮޅު ތެރޭގައި ހިންގެވި ފުރަތަމަ ކެމްޕެއިން، އާންމުންނަށް ކަމުދިޔަތަ؟

އިބޫ އަތޮޅު ތެރޭގައި ހިންގެވި ފުރަތަމަ ކެމްޕެއިން، އާންމުންނަށް ކަމުދިޔަތަ؟

16 ޖުލައި 2018
ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

28 މެއި 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު