Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިކަރަންޓް ހަރަދު

ރިކަރަންޓް ހަރަދުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރަން ޖެހުނީ އެހީ އަދި ސަބްސިޑީއަށް

އަހަރު ނިމޭއިރު ފިއުލް ސަބްސިޑީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ޚަދަރުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޮކްޓޯބަރު 2023 | އަންގާރަ 03:20
އާސަންދައިގެ ނޮދަރން ރީޖަނަލް އޮފީސް - އެންމެ ބޮޑު ހަރަދެއް ހިނގާ އެއް ދާއިރާއަކީ ހިލޭ އެހީ

އާސަންދައިގެ ނޮދަރން ރީޖަނަލް އޮފީސް - އެންމެ ބޮޑު ހަރަދެއް ހިނގާ އެއް ދާއިރާއަކީ ހިލޭ އެހީ

ރިކަރަންޓް ޚަރަދުގެ ތެރެއިން 2023 ވަނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އާސަންދައިގެ ޚިދުމަތާއި ސިއްހީ ކަންކަމާ ގުޅުންހުރި އެކި އެހީތައް ފޯރުކޮށްދިނުމަށް ކުރާ ހޭދަ ބަޖެޓުކުރި މިންވަރަށްވުރެ އަހަރު ނިމޭއިރު 16.1 އިންސައްތަ އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބަޖެޓުގައި އާސަންދައިގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކޮށްގެން ޚަރަދުތައް ކުޑަކުރެވޭނެކަމަށް ލަފާކުރި ނަމަވެސް، މި ސިޔާސަތު ތަންފީޒުކުރުން ލަސްވުމަކީ ޚަރަދުތައް ބަޖެޓުގެ އަންދާޒާއާ އަޅާބަލާއިރު އިތުރުވާނެކަމަށް ބެލެވޭ މައިގަނޑު ސަބަބެއް ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން އާސަންދައިގެ ތެރެއިން ސިއްހީ ޚިދުމަތް ހޯދާ މިންވަރު އިތުރުވުމާއ،ި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ބޭސްފަރުވާއާ ގުޅުންހުރި ކަންކަމަށް ދީފައިވާ އެހީތައް މިއަހަރު ބޮޑުތަނުން އިތުރުވުމަކީވެސް މި ދާއިރާއިން ކުރާ ޚަރަދުތައް އިތުރުވާން މެދުވެރިވާ ސަބުބަތެކެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތީގައި ހިފެހެއްޓިފައި ހުރިއިރ،ު ފިއުލް ސަބްސިޑީ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުން ލަސްވެގެން ދިއުމުން އަހަރުގެ ތެރޭގައި ފިއުލް ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން އަހަރު ނިމޭއިރު ފިއުލް ސަބްސިޑީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ޚަދަރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ހަމަ އެހެންމެ ފެނަކައިގެ ހިންގުމުގެ ބައެއް ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޑްވާންސްކޮށް އެކުންފުންޔަށް ކަރަންޓް ސަބްސިޑީގެ ފައިސާ ދޫކޮށްފައިވާތީ، އަހަރު ނިމޭއިރު ކަރަންޓް ސަބްސިޑީގެ ޚަރަދުތަކަށް 1 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުނ،ް ނުކުޅެދޭ ފަރާތްތަކަށް އެހީގެ ގޮތުގައި ދޭ އެލަވަންސް ސަރުކާރުން މުރާޖައާކޮށްފައިވާތީ މިބަޔަށް ކުރެވޭ ޚަރަދުތައްވެސް ޖުމްލަ އެހީ އާއި ސަބްސިޑީއަށް ކުރާ ހޭދައިގެ އިތުރުވުމަށް ހިއްސާކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރިކަރަންޓް ޚަރަދުގެ އެހެނިހެން ބައިތަކަށް ބަލާއިރު، ދަރަނީގެ ޚިދުމަތުގެ އަގު ނުވަތަ އިންޓްރެސްޓްއަށް އަހަރު ނިމޭއިރު 4.7 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 36.5 އިންސައްތަ އިތުރު އަދެދެކެވެ. އިންޓްރެސްޓް ޚަރަދު އިތުރުވާނެކަމަށް ލަފާކުރާ މައިގަނޑު ސަބަބަކީ ޑޮމެސްޓިކް މާކެޓަށް ވިއްކާފައިވާ ޓްރެޜަރީ ސެކިއުރިޓީޒްގެ ސްޓޮކް އިތުރުވެ، ކޫޕަން ޕޭމަންޓްތައް އަހަރުގެ ތެރޭގައި އިތުރުވާނެކަމަށް ބެލެވޭތީއެވެ. މީގެ އިތުރުން ރިކަރަންޓް ޚަރަދުގެ ތެރެއިން އެކި ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަހަރުގެ މިހާތަނަށް 231.9 މިލިއަން ރުފިޔާ ހިނގާފައިވާއިރު، އަހަރުގެ ނިޔަލަށް މި ޚަރަދު 470.7 މިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ކެޕިޓަލް ޚަރަދުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރެވޭ ހޭދަ އަހަރު ނިމޭއިރު ހުންނާނީ 1.5 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރަށް ފާސްކުރެވުނު ބަޖެޓާއި އަޅާބަލާއިރު 105.6 އިންސައްތަ އިތުރު އަދެދެކެވެ. މިއަހަރު ބަޖެޓު އެކުލަވާލެނު މަރުހަލާގައ،ި ސަރުކާރު ހިއްސަވާ ކުންފުނިތަށް ކެޕިޓަލްގެ ގޮތުގައި ދެވޭ ފައިސާ އަށް ބަޖެޓު ކޮށްފައިވަނީ ހަމައެކަނި ކުންފުނިތަކުގެ ހިންގުމުގެ ޚަރަދަށް ފައިސާ ބޭނުންވާ ކުންފުނިތަކަށް، އެކަމަށް ބޭނުންވާނެކަމަށް ލަފާކޮށްފައިވާ މިންވަރަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އަހަރުގެ މިހާތަނަށް އައިއިރު ޚަރަދު ހިނގާފައިވާ ގޮތަށް ބަލާއިރު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީއަށް ބަޖެޓުންވަނީ ޚަރަދުކުރަން ޖެހިފައެވެ.

އަދި އަހަރުގެ ނިޔަލަށް މި ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން އައްޑޫގައި ތަރައްގީކުރާ ސިޓީ ހޮޓާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ އިކުއިޓީ ފޯރުކޯށްދިނުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުނ،ް ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ލިބިފައިވާ މަޝްރޫޢުތަކަށް ފައިސާދޫކުރުމަށްވެސް ބަޖެޓުން ޚަރަދު ހިނގާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން، އެމްއެފްއެމްސީން ގިރާވަރު ފަޅު ތަރައްގީކުރުމަށް ހިންގާ މަޝްރޫއު އާއި ސަރަހައްދީ އެއަރޕޯޓް މަޝްރޫތައް ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު