Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެއަށް އަންނަ ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިންގެ އަންނަ ލިސްޓުގައި، އިންޑިއާ ވައްޓާލައި ޗައިނާ ދެވަނައަށް!

15 އޮކްޓޯބަރު 2023 | އާދީއްތަ 13:19

މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 އޮކްޓޯބަރު 2023 | އާދީއްތަ 13:19
ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފެށުން

ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފެށުން

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގައި، އިންޑިއާ ވައްޓާލުމަށް ޗައިނާއިން ދެވަނަ ޖާގަ ހޯދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މި މުއްދަތުގައި އިންޑިއާއިން 154،016 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ޗައިނާއިން ޒިޔާރަތްކުރީ 154،927 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް 162،441 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 11.5 އިންސައްތައެވެ.

މި އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިއާއެވެ. ނަމަވެސް އެ ގައުމުން އަންނަ ފަތުރުވެރިން މިއަހަރުގެ މެދުތެރެއިން ފެށިގެން ވަނީ މަދުވާން ފަށާފައެވެ.

ޗައިނާއަކީ ކޮވިޑުގެ ކުރިންވެސް ކޮންމެ އަހަރަކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެހެންކަމުން އެ ގައުމުގެ ބޯޑަރުތައް މިހާރު ހުޅުވާލާފައި އޮތުމުން މިއަހަރުވެސް އެ މަގާމު ހޯދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް 1،412،062 (އެއް މިލިއަން ހަތަރު ލައްކަ ބާރަ ހާސް ފަސްދޮޅަސް ދެ) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 1،241،708 (އެއް މިލިއަން ދެ ލައްކަ ސާޅީސް އެއް ހާސް ހަތްސަތޭކަ އަށް) ފަތުރުވެރިންނެވެ.

މިއަހަރު ނިމޭއިރު އެންމެ ރަނގަޅު ހާލަތުގައި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ބޭސްލައިން ސިނާރިއޯގައި 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައި ވާއިރު، އެންމެ ގޯސް ހާލަތުގައި އަންނާނެކަމަށް ލަފާކޮށްފައި ވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް