Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖާޖީންނަށް ދިން ޓްރެކިންގ ޑިވައިސް

ހައްޖާޖީންނަށް ޚާއްސަކޮށް ދިން ޓްރެކިންގ ޑިވައިސްގެ ސަބަބުން ވަރަށް ގިނަ ކަންކަން ހައްލުކުރެވިގެންދިޔަ: ހައްޖު ކޯޕަރޭޝަން

އާއިލާތައް އެކީގައި އުޅުނު ނަމަވެސް ބައިބޯވާފަހަރުތަކުގައި އަތުން ދޫވެ، އެކިމީހުން ގެއްލޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2023 | ހުކުރު 08:19
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއަރޒްގެ މެނޭޖަރު އާއިޝަތު ގާހިރު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއަރޒްގެ މެނޭޖަރު އާއިޝަތު ގާހިރު ވާހަކަދައްކަވަނީ

މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންނަށް ޚާއްސަކޮށް ދިން ޓްރެކިންގޑިވައިސްގެ ސަބަބުން ވަރަށް ގިނަ ކަންކަން ހައްލުކުރެވިގެންދިޔަ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއަރޒްގެ މެނޭޖަރު އާއިޝަތު ގާހިރު ވިދާޅުވީ، ބައެއް ފަހަރަށް ހައްޖު ނުވަތަ އުމްރާގެ އަޅުކަމުގައި މީހުން ގެއްލިގެން އުޅެންޖެހޭ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، ޚާއްސަ ޓެގެއް ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އާއިޝަތު ވިދާޅުވީ މިޓެގް ސަބަބުން ވަރަށް ގިނަ ފަސޭހަތައްވި ކަމަށާއި، މީހަކު ގެއްލިގެން މާގިނަ ވަގުތު ނުނަގާ އެމީހަކު ހޯދޭ ކަމަށެވެ. އާއިޝަތު ވިދާޅުވީ ބައެއް ފަހަރު އާއިލާތަކުން ފިރިމީހާ ނުވަތަ އަނބިމީހާ ހަރަމްފުޅުގެ ތެރެއިން ގެއްލިގެން ހާސްވާ ފަހަރު އަންނަ ކަމަށާއި، މިފަދަ ހާލަތުގައި ވެސް ޓެގް ޒަރިއްޔާއިން ފަސޭހަކާމާއެކު އެމީހަކު ހުރި ހިސާބު ފޯނުން ބަލައިލެވޭ ކަމަށެވެ. އަދި ވިދާޅުވީ އާއިލާތައް އެކީގައި އުޅުނު ނަމަވެސް ބައިބޯވާފަހަރުތަކުގައި އަތުން ދޫވެ، އެކިމީހުން ގެއްލޭ ކަމަށެވެ. ނަމަވެސް މިފަހަރު ހަވާލުކުރެވުނު ޓެގް ސަބަބުން ގިނަކަންކަން ހައްލުކުރެވިގެންދިޔަ ކަމަށެވެ.

މީގެ އިތުރުން މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންނަށް ވަނީ ސިމް ނެގުމަށް ވެސް މަޖްބޫރުކޮށްފައެވެ. އެއީ ވެސް މީހުން ގެއްލޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އާއިޝަތު ވިދާޅުވިއެވެ. އާއިޝަތު ވިދާޅުވީ މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށާއި، އޭގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނުނު ކަމަށެވެ. އެހެންކަމުން މިފަހަރުގެ ޓީމުގައި ގާބިލް 4 ޑޮކްޓަރުން ހަރަކާތްތެރިވި ކަމަށާއި، ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖު ކޯޕްރޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖަށް އަދި އުމްރާ ގެންދެއެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ހައްޖު ކިއު ވަނީ ވަރަށް ދިގުވެފައެވެ.އަދި 5000ށް ވުރެ ގިނަ މީހުން ލިސްޓުގައި އެބަތިބި ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ހައްޖު ކޯޕްރޭޝަންގެ ފަރާތުން ދަނީ ހައްޖާއި، އުމްރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމާއި، އަހުލުވެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ކުރިއަށް ގެންދާއިރު، ބައެއް ޕްރޮގްރާމްތައް އޮންލައިންކޮށް ވެސް ކުރިއަށް ގެންދެއެވެ. އަދި ހައްޖަށްދާ ހައްޖާޖިންނާއި، އުމްރާއަށް ދާ މީހުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު