Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން މަޝްވަރާކޮށްފި

ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 12:40
އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން

2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން މަޝްވަރާކޮށްފިއެވެ.

އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ އިދާރީ މަޖިލީހުގެ 45 ވަނަ ބައްދަލުވުން 11 އޮކްޓޫބަރު 2023 ވީ ބުދަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.

Advertisement - newsAdvertisement

އަދާލަތުގެ ސްޕޯކްސް ޕާސަން އަލީ ނަޒީރު ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ބޭއްވުނު އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި، 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވިފައި ވާކަމަށެވެ. އަދި މިކަމާމެދު ގޮތެއް ނިންމުމުގެކުރިން، ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަކީ އެމްޑީޕީ ސަރުކާރުގެ ބައިވެރިއެކެވެ. މަޖިލީހުގެ އިންތިޚާބުގެ ކަންކަމުގައި ކުރިއަށްދާނެ ގޮތް އާއްމުކޮށްފައި ނުވިނަމަވެސް މީގެ ކުރިން އެމްޑީޕީން ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވެއެވެ. އެއީ މާލެ ސިޓީއަށް 2 ގޮނޑި، އައްޑޫ ސިޓީއަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި، އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑިއެވެ. ހަ ގޮނޑި އިތުރުވާނަމަ 93 މެންބަރުން އިންތިޚާބު ކުރަންޖެހޭނެއެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލިސްއަދާލަތު ޕާޓީ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު