Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިޙްގެ މައްޗަށް ކުރާ ދައުވާ

ފައިޙްގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް، ހެކިބަސް ނަގަން ފަށަނީ

12 އޮކްޓޯބަރު 2023 | ބުރާސްފަތި 05:13

ފައިޙް ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 05:13
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް

ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަން އިއުލާނު ކުރިތާ މަސް ދުވަސް ފަހުން އަމިއްލައަށް ފުލުހުންނާއި ހަވާލުވި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 13 ސެޕްޓެމްބަރު 2023 ގައެވެ. އެ ދުވަހު ފައިޙް ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށްފައެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާގެ އިތުރުން، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުން ހުށައަޅާފައެވެ. އެއީ ދައުވާ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ވެދާނެފަދަ ދިފާއެއް އޮތްކަމަށް ބުނެ ހުށައަޅާފައިވާ ހުށައެޅުމެކެވެ.

ފައިޙްގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ މީހަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައި ކަމަށާއި، ނަމަވެސް ދައުވާކޮށްފައިވަނީ ފުލުހަކަށް ޙަމަލާދިންކަމަށް ބުނެކަމަށެވެ.

އެއީ ހައްޔަރުކުރިއިރު ދިން ޤާނޫނީ އިންޒާރާއި، ތަހުގީގުގައިވެސް ފާހަގަކޮށްފައިވާ ކަމެއް ނޫންކަން ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ފައިޙުގެ ތަހުގީގު ބަޔާނަށް ބަލާއިރު، ދައުވާކޮށްފައިވާ މި ޙާދިސާއާ ގުޅޭ މައުލޫމާތު އޭނާއަށް އެނގޭކަން އެނގެން އޮންނަކަމަށެވެ.

އޭނާ ބޭނުންކޮށްފައިވާ އިބާރާތަށް ބަލާއިރު، "އެއްވެސް މީހެއްގެ ގައިގައިވެސް އަދި ފުލުހެއްގެ ގައިގައިވެސް ޖަަހައި މާރާމާރީ ހިންގާފައިނުވާނެ" ކަމަށް ބަޔާނުގައި ބުނެފައިވާކަން ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދައުލަތުން ޝަރީއަތުގެ ކުރީގެ ހުށައެޅުމެއްގެ ގޮތުގައި ހުށައަޅާފައިވަނީ ސިއްރު ހެކިންގެ ހެކިބަސް ނަގާއިރު ހެކިވެރިންނަަށް ހިމާޔަތް ލިބިދޭ ގޮތަށް ހެކިބަސް ނެގުމަށެވެ.

އެއަށްފަހު ޝަރީއަތުގެ ކުރީގެ ހުށައެޅުންތަަކަށް ގާޒީ އިސްމާއިލް ޝަފީއު ވަނީ ގޮތް ނިންމަވާފައެވެ.

ގާޒީ ޝަފީއު ވަނީ ދިފާއުގެ ހުށައެޅުން ބަލައިނުގެންނެވުމަށް ނިންމަވާފައެވެ.

އަދި ދައުލަތުން ހުށައަޅާފައިވާ ހުށައެޅުން ބަލައިގެންނެވުމަށް ގާޒީ ވަނީ ނިންމަވާފައެވެ. އެގޮތުން މި މައްސަލައިގެ ބާވަތަށް ބަލާއިރު، ހެކިވެރިޔާއަށް ރައްކާތެރިކަން ލިބިދޭންޖެހޭކަމަށް ގާޒީ ޝަފީއު ވިދާޅުވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް