Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ބޭނުންވަނީ ޔުނައިޓެޑުގައި އަހަރެންގެ މަގާމު އަލުން ހޯދަން: މެގުއާ

އޭނާ ބުނީ ޔުނައިޓެޑުގައި އޭނާ އަށް ކުރިއަށް ދެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެ ޓީމަކީ އޭނާ އަށް އެންމެ އެކަށީގެންވާ ޓީމު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 00:21
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެރީ މެގުއާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެރީ މެގުއާ

މެންޗެސްޓަރ ޔުނައިޓެޑުގައި އޭނާގެ މަގާމު އަލުން ހޯދަން ބޭނުންވާކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

މި ސީޒަނަށް ޔުނައިޓެޑުން ކުރިމަތިލީއިރު، ކޯޗު އެރިކް ޓެން ހާގް ނިންމީ މެގުއާ އަތުން ކެޕްޓަން ބޭންޑު އަތުލުމަށެވެ. އެއަށްފަހު ކެޕްޓަންކަން ހަވާލުކޮށްފައި ވަނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްއާ އެވެ. އެއާއެކު މި ސީޒަންގައި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ މެގުއާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ ކުލަބުން ވަނީ ދެ ފަހަރެއްގެ މަތިން މެގުއާ ހޯދުމަށް ބިޑު ހުށަހަޅައިފަ އެވެ. ނަމަވެސް ވެސްޓް ހޭމްގެ ފުރަތަމަ ހުށަހެޅުން ޔުނައިޓެޑުން ވަނީ ބަަލައި ނުގަންނަން ނިންމައިފަ އެވެ. ދެ ވަނަ ހުށަހެޅުމާއެކު، ދެ ކުލަބުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރެވުނު ނަމަވެސް، ވެސްޓް ހޭމަށް ބަދަލުވާން މެގުއާ ބޭނުންނުވީ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މެގުއާ ބުނީ، ވެސްޓް ހޭމަށް އޭނާ ބަދަލު ނުވީ ދެ ކުލަބާއި، ޚުދު އޭނާ އަށް ވެސް އެކަމަށް އެއްބަސް ނުވެވުމުން ކަމަށެވެ. ވެސްޓް ހޭމް އަކީ މޮޅު އަދި ބޮޑު ކުލަބެއް ކަމަށާއި، އެހެން ނަމަވެސް އޭނާގެ ހުރިހާ ފޯކަސްއެއް އަދިވެސް އޮތީ ޔުނައިޓެޑަށް ކަމަށާއި، ބޭނުންވަނީ އެ ކުލަބުގައި އޭނާގެ މަގާމު އަލުން ހޯދަން ކަމަށް ވެސް މެގުއާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޔުނައިޓެޑުގައި އޭނާ އަށް ކުރިއަށް ދެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެ ޓީމަކީ އޭނާ އަށް އެންމެ އެކަށީގެންވާ ޓީމު ކަމަށެވެ. ޚާއްސަކޮށް މިހާތަނަށް ޔުނައިޓެޑުގައި ލިބިފައިވާ ފުރުސަތުތައް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ލެއިސްޓަރ ސިޓީ ދޫކޮށް އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެފަހަރު ޔުނައިޓެޑުން އޭނާގެ ސޮއި ހޯދީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ. ޔުނައިޓެޑާއެކު އޭރު މެގުއާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މެގުއާގެ ފަރާތުން މިހާތަނަށް ޔުނައިޓެޑުގައި ފެންނަނީ ވެސް ދަށް ކުޅުމެކެވެ.

ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 179 މެޗުގައި މެގުއާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވި ފަހުން މެގުއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދެނީ މަދު މެޗުތަކެއްގަ އެވެ. ޓެން ހާގް ބުނާ ގޮތުގައި ޔުނައިޓެޑުގައި މެގުއާގެ ޖާގަ އަލުން ހޯދުމަކީ މެގުއާގެ އަމިއްލަ ކަމެކެވެ. އެ ޖާގަ ލިބޭ މިންވަރަށް މެގުއާ މަސައްކަތް ކުރާ ނަމަ، އެ ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްހެރީ މެގުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު