Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން ބިންހެލުން

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކުން މައްޗަށް އަރައިފި

ދިރިތިބި މީހުން ފެނޭތޯ އަދިވެސް ދަނީ ގާފުނިތައް ހާވަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 އޮކްޓޯބަރު 2023 | އަންގާރަ 10:46
އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ގެއެއް

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ގެއެއް

އަފްޣާނިސްތާނުގެ ހީރަތު ޕްރޮވިންސަށް ހޮނިހިރު ދުވަހު ހެނދުނު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކުން މައްޗަށް އަރައިފިއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި ދިރިތިބި މީހުން ތިބިތޯ ބަލައި ސަލާމަތް ކުރުމަށް އެހީގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން އެކި ގޮތްގޮތަށް ގާފުނިތައް ހާވައި، ހޯދަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. ބިންހެލުމަށްފަހު 500އެއްހާ މީހުންނަށް ވީގޮތެއް އަދިވެސް ނޭނގޭކަމަށް ވެއެވެ.

ހީރަތު ޕްރޮވިންސަކީ އިމާރާތުގެ ގޮތުން މާބައިބޯ ހިސާބެއް ނޫންނަމަވެސް، ދުރުދުރުގައި ހުރި، އާދައިގެ ގެތަކުގެ ތެރެއިން ވަރަށް ގިނަ ގެތަކެއް ވަނީ ބިންހެލުމުގައި ފުނޑުފުނޑު ވެފައެވެ. ބިންހެލުމުގައި އެހިސާބުގެ ގިނަ މަގުތަކާއި އަދި މުވާސަލާތީ ލައިންތައް ހަލާކުވެފައި ވުމާއެކު އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް އަންގާރަ ދުވަހުން ފެށިގެން އެހީގެ ތަކެތި ފޯރުކޮށް ދެވެން ފަށާފައިވާ ކަމަށް އދގެ އޭޖެންސީތަކުން ބުނެފައި ވެއެވެ.    

6.3ގެ ބާރުމިނުގައި ހޮނިހިރު ދުވަހު ހެނދުނު ބިންހެލުން އައިސްފައިވަނީ ހީރަތު ޕްރޮވިންސުގެ ޒިންދާޖަންއޭ ކިޔުނު، ރަށްފުށުގެ ހިސާބަކަށެވެ. އދ.ގެ އޮފީސްފޯ ހިއުމެނިޓޭރިއަން އެފެއަރޒުން ބުނެފައިވާގޮތުގައި، ބިންހެލުމުގައި އެހިސާބުގެ ސަތޭކަ ޕަސެންޓް ގެ ވަނީ ވެއްޓި ހަލާކުވެފައެވެ.

މިހިސާބަކީ ހަނގުރާމައިން ސަލާމަވުމަށްވެސް ގިނަބަޔަކުގޮސް ވަޒަންވެރިވެފައިވާ ހިސާބެއް ކަމުން، މީހުންގެ އަސްލު އަދަދު ތާލިބާން ސަރުކާރަށްވެސް ނޭނގޭކަމަށް ވެއެވެ. އެހެންކަމުން މަރުވި ނުވަތަ ގެއްލުނު މީހުންގެ ހަގީގީ އަދަދުތައްވެސް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްތަކުން ވެސް ދަނީ ބުރަކޮން މަސައްކަތް ކުރަމުންނެވެ. އެކި އަނިޔާތައް ލިބިގެން މިހާތަނަށް 1600އެއްހާ މީހުން ހޮސްޕިޓަލްތަކަށް ގެންދެވިފައި ވާކަމަށް ވެއެވެ. ގިނަ މީހުންނަކީ އިމަޖެންސީ ނޫން ކޭސްތައް ނަމަވެސް، ފަރުވާއަށްފަހު އެނބުރި ދާނެ ގެޔެއް ނެތުމުން، މީހުން ހޮސްޕިޓަލްތަކަށް ފުނިޖެހިފައ ވާކަމަށް ޚަބަރުތައް ބުނެއެވެ.

ބިންހެލުމުގައި ގިނައިން މަރުވެ އަދި އަނިޔާވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ފެނުގެ އިތުރުން ބޭހާއި އަންނައުނު ބޭނުންވާކަމަށް ތާލިބާން ސަރުކާރުން ބުނެފައި ވެއެވެ.

ބިން ހެލުންއަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުންއަފްޣާނިސްތާން

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
10 އޮކްޓޯބަރު 2025

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު