Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
72 ކިޅޯ ޑްރަގް ކޭސް

އިރުފާން ތަޤިއްޔު ބަންދުން ދޫކޮށްލި މައްސަލަ ވަނީ އިސްތިއުނާފުކޮށްފައި

ނަސީރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދަމަހައްޓަވަން ވަނީ ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2023 | ހޯމަ 07:38
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން އެހެން ބުނެފައިވަނީ ހޯމަ ދުވަހު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުހެކިބަސްނެގުމަށް ބޭއްވި އަޑުއެހުމަށްފަހު ދެން ކުރިއަށްދިޔައީ ބަންދު މުރާޖައާ ކުރުމެވެ. އެގޮތުން މި މައްސަލައިގައި ދައުވާލިބޭ އިރުފާން ތަޤިއްޔުއާއި، މުޙައްމަދު އަކްރަމްގެ ބަންދު މުރާޖައާ މީގެ ކުރިން ކޮށްފައިވާތީ މި އަޑުއެހުމުގައި ވަނީ ދައުވާލިބޭ ނަސީރުގެ ބަންދު މުރާޖައާ ބައި ކުރިއަށް ގެންގޮސްފައެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އިރުފާން ތަޤިއްޔު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ.

ދައުލަތުން ވަނީ އަހުމަދު ނަސީރު މިހާރުވެސް ހުރި ގޮތަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އެދިފައެވެ.

ދިފާއުން ވަނީ އޭނާގެ ސިއްޙީ މައްސަލަަތަކެއް ހުރިކަން ފާހަގަކޮށް، އެކަށީގެންވާ ބޭސް ނުލިބޭކަމަށްވެސް ބުނެފައެވެ. ޝަކުވާ ފޯމު ހުށައަޅައިގެންވެސް އެކަށީގެންވާ ގޮތެއްގައި ޙައްލެއް ނުލިބޭކަން ދިފާއުން ފާހަގަ ކުރިއެވެ.

އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ދިފާއުން މި އަޑުއެހުމުގައި އެދިފައިވެއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ބޭސްފަރުވާއާ ގުޅޭ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދެވޭނެ ކަމަށާއި، އޭނާ ބަންދުކުރި ސަބަބުތަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިޙްސާން ވިދާޅުވީ، ބޭސްފަރުވާގެ ޒިންމާއަކީ ހަމައެކަނި ކަރެކްޝަންސްގެ ޒިންމާއެއް ނޫން ކަމަށާއި، ދައުވާލިބޭ ފަރާތަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމަށް ބުނާއިރު، އެކަން ކަށަވަރު ކުރުމަކީ ދައުލަތުން ކުރަންޖެހޭނެ ކަމެއްކަމަށެވެ. އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ލިބޭތޯ ކަށަވަރު ކުރުމަށްވެސް ގާޒީ ވަނީ ދައުލަތަށް ދަންނަވާފައެވެ.

ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދަމަހައްޓަވަން ނިންމަވާފައެވެ. އޭނާގެ ބަލި ޙާލަތާއި ގުޅޭ ލިއުންތަކާއެކު ތަފްސީލީ ގޮތެއްގައި ކޯޓަށް ހުށައަޅައިފިނަމަ، އޮންނަ އުސޫލުގެ ތެރެއިން ނިންމެވުން މުރާޖައާ ކުރައްވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު