ރާއްޖެ
މަޖިލިސް ޖަލްސާ
ކޯރަމް ހަމަނުވާތީ މަޖިލިސް ޖަލްސާ ނިންމާލައިފި
މަޖިލީހުގެ ކޯރަމް ހަމަކުރަން ބޭނުންވާ ޤާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައިގެންފައިނުވޭ

ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2023 | ހޯމަ 04:37

މަޖިލީހުގެ ކޯރަމް ހަމަކުރަން ބޭނުންވާ ޤާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައިގެންފައިނުވޭ
ކޯރަމް ހަމަނުވުމުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނައިބްރައީސް އީވާ އަބްދުﷲ ވިދާޅުވީ, މަޖިލީހުގެ ކޯރަމް ހަމަކުރަން ބޭނުންވާ ޤާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައިގެންފައިނުވާތީ ޖަލްސާ ނިންމަވާލައްވާ ކަމަށެވެ.
ކޯރަމް ހަމަކުރުމަށް ބޭނުންވާ އަދަދަކީ 22 އެވެ. މަޖިލިސް ޖަލްސާ ފެށުނުއިރު ބައެއް މެމްބަރުން ތަޅުމުގައި ތިއްބެވިއިރު، ގިނަ މެމްބަރުން ތިއްބެވީ މަޖިލީހުގެ ކުޑަދޮށުގައެވެ.








