Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން

އަފްޣާނިސްތާނުގެ ހުޅަނގު އުތުރަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ފުރަތަމަ ޖީއެފްޒެޑުން ބިންހެލުމުގެ ބާރުމިން ހުރީ 6.2 ކަމަށް ރިޕޯޓްކުރި ނަމަވެސް ފަހުން ވަނީ 5.6 އަށް ބަދަލުކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 7 އޮކްޓޯބަރު 2023 | ހޮނިހިރު 08:47
އަފްޣާނިސްތާނަށް އައި ބިންހެލުން ރެކޯޑްކުރެވިފައިވަނީ 5.6 ގެ ބާރުމިނުގައި

އަފްޣާނިސްތާނަށް އައި ބިންހެލުން ރެކޯޑްކުރެވިފައިވަނީ 5.6 ގެ ބާރުމިނުގައި

އަފްޣާނިސްތާނުގެ ހުޅަނގު އުތުރަށް ހޮނިހިރު ދުވަހު 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސް (ޖީއެފްޒެޑް) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުރަތަމަ ޖީއެފްޒެޑުން ބިންހެލުމުގެ ބާރުމިން ހުރީ 6.2 ކަމަށް ރިޕޯޓްކުރި ނަމަވެސް ފަހުން ވަނީ 5.6 އަށް ބަދަލުކޮށްފަ އެވެ. ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު (6.2 މޭލު) އަޑިންނެވެ.

ބިންހެލުމުގެ މައި މަރުކަޒާއި އެ ސަރަހައްދަށް ކުރި އަސަރު އަދި ވެސް މުޅިން ދެނެގަނެވިފައެއް ނުވެ އެވެ. ލޯކަލް އޮތޯރިޓީތަކާއި ޑިޒާސްޓާ ރެސްޕޮންސް ޓީމްތައް ހައި އެލާޓްގައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާއިރު، އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ދެނެގަނެ އެހީތެރިކަން ބޭނުންވާ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.

އަފްޣާނިސްތާނަށް ބިންހެލުން އައުން މަދުކަމަށް ފާހަގަވެފައި ވީނަމަވެސް އެ ސަރަހައްދަކީ ބިންހެލުންތައް އައުމުގެ ފުރުޞަތު ބޮޑު ސަރަހައްދު ތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.

މި ބިނެހެލުމާއި ގުޅިގެން ރަސްމީ ފަރާތްތަކުން އަދި މާގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ބިން ހެލުންއަފްޣާނިސްތާން

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު