Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަފްސާނީ ދުޅަހެޔޮކަން

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ އުނދަގޫތައް ހުރެގެން ފަރުވާހޯދާ މީހުން ގިނަ: ޑރ.ޝަނޫހާ

ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ އުދަނގުލާއެކު ދިރިއުޅޭ މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2023 | ހޮނިހިރު 07:39
ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.ޝަނޫހާ މަންސޫރު

ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.ޝަނޫހާ މަންސޫރު

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ އުނދަގޫތައް ހުރެގެން ފަރުވާހޯދާ މީހުންގެ އަދަދު ގިނަ ކަމަށް ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.ޝަނޫހާ މަންސޫރު ވިދާޅުވެއްޖެއެވެ.

އޮއެވަރު ކޮންފަރެންސްއާ ގުޅޭގޮތުން ދެއްވި ޚާއްސަ އިންޓަވިޔުގައި ޑރ.ޝަނޫހާ ވިދާޅުވީ ދިރިއުޅެމުން ދަނީ ބަދަލުވަމުންދާ ދުނިޔެއެއްގައި ކަމަށާއި، ފާއިތުވެދިޔަ އަހަރުތަކުގައި ނަފްސާނީ ބައްޔާ މެދު ދުނިޔެ ދެކޭ ގޮތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި ޑރ.ޝަނޫހާ ވިދާޅުވީ މި އުދަނގޫތަކުގައި ވަރަށް ގިނަ މީހުން އުޅޭކަމަށެވެ. އެގޮތުން ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ އުދަނގުލާއެކު ދިރިއުޅޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން 50 އިންސައްތަ މީހުންނަށް މި މައްސަލަ ކުރިމަތިވަނީ އުމުރުން އެންމެ 14 އަހަރުވުމުގެ ކުރިން ކަމަށް ޑރ.ޝަނޫހާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޑރ.ޝަނޫހާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ އުނދަގޫތައް ހުރެގެން ފަރުވާހޯދާ ފަރާތްތަކުގެ އަދަދު ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ރަނގަޅު ފެންވަރުގައި ނަފްސާނީ ފަރުވާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް ޑރ.ޝަނޫހާ ވިދާޅުވިއެވެ.

ގޮންޖެހުންތަކާއެކު ވެސް ނަފްސާނީ ބަލިތަކަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި، ފަރުވާ ދިނުމަށް އައިޖީއެމްއެޗުން ދަނީ މަސައްކަތް ކުރަމުންނެވެ.

އައިޖީއެމްއެޗްގައި ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވީ 25 މާރޗް 2019ގައެވެ. މި ސެންޓަރަކީ ޓަރޝަރީ ފެންވަރުގައި ވަށާޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭ، ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ޚާއްސަ ކުރެވިގެން ރާއްޖޭގައި ހުޅުވުނު ހަމައެކަނި ސެންޓަރެވެ. މަދު އަދަދެއްގެ ސިއްހީ މާހިރުންނާއެކު ފެށި އެ ސެންޓަރުން ފުރަތަމަ އަހަރު އެކަނިވެސް މުޅި ޖުމްލަ 7246 ކޮންސަލްޓޭޝަން ކުރިއަށް ގެންދިޔަކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާތައް, އަދި ކަމާބެހޭ އދ.ގެ ޖަމިއްޔާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

އައިޖީއެމްއެޗްޑރ.ޝަނޫހާ މަންސޫރު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު