Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮއެވަރު ކޮންފަރެންސް

ރާއްޖޭގައި ބާއްވާ މެންޓަލް ހެލްތުގެ ފުރަތަމަ ކޮންފަރެންސްގެ ''އޮއެވަރު'' މިމަހުގެ 15 ގައި

ރާއްޖޭގެ ވެއްޓާއި ގުޅޭގޮތަށް ދިރާސާތައް ހަދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2023 | ހޮނިހިރު 06:54
ކޮންފަރެންސްއާ ގުޅޭގޮތުން ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.އާރިފް މުހައްމަދު ދެއްވި އިންޓަވިއުގެ ތެރެއިން

ކޮންފަރެންސްއާ ގުޅޭގޮތުން ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.އާރިފް މުހައްމަދު ދެއްވި އިންޓަވިއުގެ ތެރެއިން

އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުން އިންތިޒާމް ކޮށްގެން ބާއްވާ 'އޮއެވަރު' މެންޓަލް ހެލްތު ކޮންފަރެންސް މިމަހުގެ 15 ގައި ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 15 އިން 16 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ކޮންފަރެންސްއާ ގުޅޭގޮތުން ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.އާރިފް މުހައްމަދު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ކޮންފަރެންސެއް ބާއްވަން ނިންމި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ވެއްޓާއި ގުޅޭގޮތަށް ދިރާސާތައް ހެދުމަށާއި، ދިރާސާކުރުމުގެ ސަގާފަތެއް އުފައްދައި ކަމާބެހޭ ހެއްކާއި ތަފާސްހިސާބަށް ރިއާޔަތްކޮށް ޕޮލިސީ ނިންމުންތަކެއް ނިންމުމަށް ކަމަށެވެ. ކަމާބެހޭ ފަރާތްތަކަށް އެއްފްލެޓްފޯމެއްގައި ނަފްސާނީ ދުޅަހެޔޮ ކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ޑރ.އާރިފް ވިދާޅުވިއެވެ.

ޑރ.އާރިފް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ފެންވަރުގައި އިސްކަންދޭން ޖެހޭ ކަމަށާއި، އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް އަމާޒުކުރެވިފައިވަނީ ވަރަށް ފުޅާ އޯޑިއެންސްއަކަށް ކަމަށެވެ. އޭގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަންނުވެރިންނާއި، އިލްމުވެރިންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި އަދި އެކި ފަންނުތަކާއި ދާއިރާތަކުގެ ސްޓޭކްހޯލްޑަރުންވެސް ހިމެނެއެވެ. މީގެތެރޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ކަންކަން ތަހައްމަލްކޮށްފައިވާ ފަރާތްތަކާއި އެފަރާތްތަކަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހިމެނެއެވެ.

މިއީ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގެ ކަން ފާހަގަކުރައްވައި ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ.ޝަނޫހާ މަންސޫރު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ އުނދަގޫތައް ދިމާވާ މީހާއާއި މުޅި މުޖުތަމައު ގުޅިލާމެހިފައިވާ ކަމަށެވެ. އެކަމުން އެމީހަކު ސަލާމަތްވުމަށް އެންމެން ގުޅިގެން ހުރިހާ ދާއިރާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ އެންމެންނާއި ބެހޭކަމެއް ކަމަށާއި، އެއީ ދެބަސްވެވެން ނެތް ހަގީގަތް ކަމަށް ޑރ.ޝަނޫހާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކަޑެމިކް ޕްރެޒެންޓޭޝަންތައް ހުށަހަޅާނެއެވެ. މި މައްސަލައާ ގުޅުންހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތައް ގާއިމް ކުރުމުގެ މުހިންމު ކަމާބެހޭ ގޮތުން ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރާނެއެވެ.

އޮއެވަރު ކޮންފަރެންސް އައިޖީއެމްއެޗް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް