Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަން ކުރުން

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ވައްކަން ކުރި މީހަކު ގޭބަންދަށް

އަވަސްނިޔާގެ ޝަރީއަތެއް ކުރިއަށް ގެންދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އޮކްޓޯބަރު 2023 | ހުކުރު 08:17
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ވައްކަން ކުރި މީހަކު ގޭބަންދު ކުރުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ފޭދޫ ކޯޒީކޯނަރ އަލީ ސައީދުގެ މައްޗަށެވެ. ދައުލަތުން މި ދައުވާ ކޮށްފައިވަނީ 19 ޖުލައި 2023 ވަނަ ދުވަހުގެ ދަންވަރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގަރާޖަށް ވަދެ އެތަނުގައި ބަހައްޓާފައި ހުރި ކޭބަލް ރޯލުތަކުން 5 މީޓަރުގެ ދިގު ކޭބަލެއް ބުރިކޮށް އެ ކޭބަލް ވަގަށް ނަގައިގެން ގެންދަން އުޅެފައިވާތީއެވެ.

Advertisement - newsAdvertisement

އަލީ ސައީދުގެ މައްޗަށް ދައުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާއި 210 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރާއި ހަވާލާދީ، 80 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، 86 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ އަޑުއެހުމުގެ ގޮތުގައެވެ. އަލީ ސައީދު ވަނީ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް އޭނާ ވަނީ އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިއުތިރާފު ދަމަހައްޓާފައެވެ.

ވައްކަން ކުރި މައްސަލައިގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަދަބު މަތިކުރާ ހާލަތްތަކާއި އަދަބު ދަށްކުރާ ހާލަތްތަކަށް ރިއާޔަތްކޮށް، މި މައްސަލައިގައި އަލީ ސައީދުގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 13 ދުވަހުގެ ޖަލުހުކުމެކެވެ.

އަލީ ސައީދުގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިފިނަމަ ޖޫރިމަނާގެ ފައިސާ ދެއްކޭނެކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ޖޫރިމަނާގެ އަދަބު ކަނޑައެޅުމަށް އިއުތިރާޒު ނުކުރާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން އަލީ ސައީދު ވައްކަން ކުަން އުޅުމުގެ ކުށުން ކުށްވެރިވެފައިވާ ކަމަށެވެ.

އަދި މި ކުށުގެ އުގޫބާތެއްގެ ގޮތުހން 1 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރަށް ރިއާޔަތްކޮށް އަލީ ސައީދު ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 13 ދުވަސް ކަމުގައި ކަނޑައަޅައި، މި ގާނޫނުގެ ދަށުން އޭނާގެ ޖަލު އަދަބު 26 ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ އަދަބަށް ބަދަލުކުރުމަށް ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓްކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު