Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީ އެކުލެވިގެންވާގޮތް

މަޖިލީހާއި ސިވިލް ސަރވިސްގެ ރައީސާއި ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާ މެންބަރު ޖޭއެސްސީގައި ނުހިމަނަން އިސްލާހެއް

މަޖިލީހުގެ ރައީސަކީ އެހާ ބޮޑަށް ސިޔާސީކަން ފެނިވަޑައިގަންނަވަންޖެހޭ ބޭފުޅެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އޮކްޓޯބަރު 2023 | ބުދަ 13:00
ޖޭއެސްސީގެ މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫން

ޖޭއެސްސީގެ މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫން

މަޖިލީހުގެ ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާ މެންބަރު ޖޭއެސްސީގައި ނުހިމަނަން އިސްލާހެއް ހުށަހަޅައިފިއެވެ.

މެންބަރު އަސްލަމް ބިލް ހުށަހަޅުއްވަމުން ވިދާޅުވީ އެ ބިލުން އިސްލާހު ގެނެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 7 ވަނަ ބާބުގެ 158 ވަނަ މާއްދާ ކަމުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތަށް ކަމަށެވެ. މި އިސްލާހުގައި 3 ހައިސިއްޔަތަކުން އެކޮމިޝަނުގައި ހިމެނިފައިވާ ބޭފުޅުން އުނިކުރުމަށް ވަނީ ހިމަނާފައެވެ.

Advertisement - newsAdvertisement

އެގޮތުން 158 ވަނަ މާއްދާގެ (ހ) ހިމެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނިވަޑައި ނުގަންނަވާ ގޮތަށް އިސްލާހު ހުށަހެޅިފައިވެއެވެ. އަދި 158 ވަނަ މާއްދާގެ (ކ) ގައި ހިމެނިފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވެސް އިންނަވާ ކަމަށާއި، އިސްލާހުގައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީގައި ނުހިމެނޭ ގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 158 ވަނަ މާއްދާގެ (އ) ގައި ހިމެނިފައިވާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުވެސް ނުހިމެނޭ ގޮތަށް އިސްލާހު ހުށަހެޅިފައިވާނެކަމަށެވެ.

އަސްލަމް ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި ހިމެނުމަކީ ޖޭއެސްސީ އެކުލެވިގެންދާއިރު އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ދިޔައިރުވެސް އެކިއެކި ގޮތްގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ވެސް ޖޭއެސްސީގައި އިނުން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ޖޭއެސްސީއަށް ބާރު ފޯރުވިގެންދާނެ ގޮތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންނަމަވެސް 158 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު އިންނަވާ ގޮތަށް ހިމެނިފައިވާ ކަމަށާއި، އެއީ މަޖިލީހުން ގާނޫނު އަސާސީ އިސްލާހު ކުރާއިރު ވިސްނާލަންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ރައްޔިތުން މަޖިލީހުން އައްޔަންކުރާ ފަރާތެއް ޖޭއެސްސީގައި ހިމެނިގެން ނުވާނެ ކަމަށެވެ.

ޖޭއެސްސީޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު