Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ

ތުރުކީ އީޔޫގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދެއް ނުކުރޭ: އުރުދުޣާން

ތުރުކީގެ ލީޑަރު ވިދާޅުވީ އީޔޫއަށް ވީ ހުރިހާ ވައުދުތަކެއް ފުއްދަވާފައިވާ ކަމަށާއި ނަމަވެސް އީޔޫން ވީ އެއްވެސް ވައުދެއް ފުއްދަވާފައި ނުވާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 2 އޮކްޓޯބަރު 2023 | ހޯމަ 04:51
ސިރިޔާ ހަނގުރާމަ

ސިރިޔާ ހަނގުރާމަ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރަކަށް ވުމަށް އެތައް ޒަމާނެއް ވަންދެން އިންތިޒާރު ކުރަމުން އައި ތުރުކީ މިހާރު އީޔޫގެ ކިބައިން އެއްވެސް ކަމެއް އުއްމީދު ނުކުރާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހޫނު މޫސުމުގެ ޗުއްޓީއަށް ފަހު އާދީއްތަ ދުވަހު ޕާލަމެންޓްގައި ދެއްވި ތަގުރީރުގައި ތުރުކީގެ ލީޑަރު ވިދާޅުވީ އީޔޫއަށް ވީ ހުރިހާ ވައުދުތަކެއް ފުއްދަވާފައިވާ ކަމަށާއި ނަމަވެސް އީޔޫން ވީ އެއްވެސް ވައުދެއް ފުއްދަވާފައި ނުވާ ކަމަށެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ 60 އަހަރު ވަންދެން ޔޫރަޕިއަން ޔޫނިއަންގެ ދޮރުމަތީގައި އިންތިޒާރު ކުރަމުން އާދެވިއްޖެކަމަށާއި، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އަންކާރާ މިހާރު އެއްވެސް ކަމަކަށް އުއްމީދު ނުކުރާ ކަމަށެވެ.

ރައީސް އުރުދުޣާންގެ ވާހަކަ ފުޅުގައި، ތުރުކީގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ބްރަސެލްސްއިން ތުރުކީއާ މެދު ގެންގުޅެނީ "ބޭއިންސާފު" ނުބައި ވިސްނުމެއް ކަމަށާއި، އެކަން ދޫކޮށްލުމަށް ގޮވާލެއްވިއެވެ. އަދި އެކަން ބަދަލު ނުކޮށްފިނަމަ ތުރުކީގެ ކިބައިން އެއްވެސް ކަމެއް އުއްމީދު ކުރުމުގެ ހައްގު މުޅިން ގެއްލޭނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ތުރުކީވިލާތަށް އީޔޫގެ މެމްބަރަކަށްވުމުގެ ހައްޤު ނުދޭއިރު، އިތުރު ހުރަހެއް ކުރިމަތި ކުރުމަށް އީޔޫއިން އިންކާރުކުރި ނަމަވެސް، އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންގެ ޝެންގެން ވިސާ އެޕްލިކޭޝަން ތައް ރިޖެކްޓް ކުރަމުންދާ ކަމުގެ ޝަކުވާ ފާއިތުވި މަސްތަކުގައި ތުރުކީ އިން ވަނީ ކޮށްފަ އެވެ. ޝެންގެން އޭރިއާއަކީ ޔޫރަޕްގެ 27 ގައުމެއް ހިމެނޭ ސަރަހައްދެކެވެ.

އުރުދުޣާން ވިދާޅުވީ ވިސާ ނުދިނުމަކީ ބްރަސަލްސްއިން ތުރުކީންނާ ދެކޮޅަށް ސިއްރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމަށެވެ.

އޭޝިއާސަރަހައްދުގައި އޮންނަ ތުރުކީ އަކީ އީޔޫގެ މެމްބަރަކަށް ވުމަށް އެތައް ޒަމާނެއް ވަންދެން އުއްމީދުކުރަމުން އަންނަ ގައުމެކެވެ. 1987 ވަނަ އަހަރު ރަސްމީކޮށް މެންބަރުކަމަށް ކުރިމަތިލީއިރު، 1999 ވަނަ އަހަރު އެ ޖަމާޢަތުގެ ކެނޑިޑޭޓެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ. 2005 ވަނަ އަހަރު އެކްސެޝަން މަޝްވަރާތައް ހުޅުވި ނަމަވެސް، 2016 ވަނަ އަހަރު އެ މަޝްވަރާތައް މަޑުޖެހި، ހުއްޓުމަކަށް އައެވެ.

މިފަހަކަށް އައިސް ބްރަސެލްސް އިން އަންނަނީ އަންކާރާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އުރުދުޣާން މަސައްކަތް ކުރައްވަނީ އީޔޫގެ ގާނޫނުތަކާ ހިލާފަށް ވެރިކަން ހަރުދަނާ ކުރުމަށް ކަމަށް ދަނީ ބެލްޖިއަމުން ތުހުމަތު ކުރަމުންނެވެ.

ތުރުކީއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރަކަށްވުމުގެ ފުރުޞަތު ލިބިފައި ނުވާއިރު، އެކަމުގައި ގިނަ ގޮންޖެހުންތަކާއި ލަސްތަކެއް މިވަނީ ކުރިމަތިވެފައެވެ. ތުރުކީން އީޔޫއާ އެކު މެމްބަރުކަން ހޯދުމަށް ބޭނުންވާ މިންގަނޑުތައް ފުރިހަމަ ކުރުމަށް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް ކުރިއެރުންތައް ލަސްވެ، ސިޔާސީ އަދި އިގްތިސާދީ ތަފާތު ހުރަސްތައް އެގައުމަށް ވަނީ ކުރިމަތިވެފައިވެ އެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ

26 އެޕްރީލު 2017
ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
30 މާރިޗު 2017

ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަން ނިންމާލައިފި

30 މާރިޗު 2017
ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަން ނިންމާލައިފި
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު