Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުތުރު ތިލަފަޅަށް ހުއްދަ ނެތި ދިޔަ މައްސަލަ

އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ދަނީ ބަލަމުން: ފުލުހުން

1 އޮކްޓޯބަރު 2023 | އާދީއްތަ 06:43

މައްސަލަ ފުލުހުންނަށް ހުށަހެޅުނު ދުވަހުން ފެށިގެން އަންނަނީ ބަލަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އޮކްޓޯބަރު 2023 | އާދީއްތަ 06:43
އާއްމުކޮށްފައިވާ ވީޑީއޯގެ ސްކްރީން ޝޮޓްތަކެއް

އާއްމުކޮށްފައިވާ ވީޑީއޯގެ ސްކްރީން ޝޮޓްތަކެއް

އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުނު ދުވަހުން ފެށިގެން ބަލަން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އުތުރު ތިލަފަޅަށް ދިޔަރެސްގެ ނޫސްވެރިންތަކެއް ވަނީ ހުއްދަނެތި ގޮސް، ފޮޓޯއާއި ވީޑިއޯ ނަގައި އެ އާންމުކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ އުތުރު ތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވީޑިއޯ އާއްމުކޮށްފައިވާތީއާއި އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތް ހުށަހަޅާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ "ދިޔަރެސް" ނޫހުގެ ނޫސްވެރިން ހުއްދަ ނެތި އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރި ކަމަށެވެ. އެކަން އެމްއެންޑީއެފުން ހުއްޓުވުމުން ކަން ހިނގި ގޮތް އޮޅޭ ގޮތަށް ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްޤީ ކުރާ ސަރަހައްދު ފިޔަވައި ބާކީ ސަރަހައްދު ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން ސަރުކާރުން ހާމަކުރީ މިމަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ. އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އެ ތަނަށް އަރަން މަސައްކަތް ކުރީ އެތަނުގައި ހުރި ގޯތި ބަލަން ކަމަށް ބުނެއެވެ.

އެމްއެންޑީއެފުން އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ބަނދަރު ބަލަން އެދުނު ނޫސްވެރިންނަށް އެ ފުރުސަތު ދާދިފަހުން ވެސް ރާއްޖޭގެ ދިފާއީ ބާރުން ވަނީ ދީފައެވެ. އެހެންނަމަވެސް އުސޫލުން ބޭރުން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރުމަކީ ގަވާއިދާއި ޚިލާފަށް ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށް ވާއިރު އެފަދަ ތަނަކަށް ވަނުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކަމެކެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް