Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަނގްލާދޭޝް

ޤައުމުން ބޭރުން ފަރުވާ ހޯދަން ބޭނުންނަމަ ޚާލިދާ އެނބުރި ޖަލަށް ދާން ޖެހޭ:ޝެއިޚް ހަސީނާ

ހަސީނާ ވިދާޅުވީ ޚާލިދާގެ ޢާއިލާއިން އެކަމަށް ބޭނުންނަމަ ކޯޓަށް ދާން ޖެހޭނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 30 ސެޕްޓެމްބަރު 2023 | ހޮނިހިރު 10:23
ބަނގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ބަނގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ބޭސްފަރުވާއަށް ޤައުމުން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެނބުރި ޖަލަށް ވަޑައިގެން ކޯޓުގެ ހުއްދަ ހޯއްދަވަން ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށް ބަނގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ޝެއިޚް ހަސީނާ މިހެން ވިދާޅުވީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ވޮއިސް އޮފް އެމެރިކާ އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޚާލިދާ އަށް ޤައުމުން ބޭރުގައި ފަރުވާ ދިނުމާ މެދު ސަރުކާރުގެ ސްޓޭންޑާ ގުޅޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސީނާ އިތުރަށް ވިދާޅުވީ، ކުށްވެރިއަކު ޤައުމުން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ދުނިޔޭގެ ކޮން ގައުމަކުންތޯ ސުވާލު ކުރައްވާ ކަމަށެވެ. އެއްވެސް ގައުމަކުން އެކަން ކުރާނެ ހެއްޔެވެ؟ އެކަމަނާ ސުވާލުކުރެއްވިއެވެ.

ހަސީނާ ވިދާޅުވީ ޚާލިދާގެ ޢާއިލާއިން އެކަމަށް ބޭނުންނަމަ ކޯޓަށް ދާން ޖެހޭނެކަމަށެވެ. ހުއްދަ ހޯދަން ޖެހޭނީ ކޯޓުންކަމުގައެވެ. އެއްވެސް ކޯޓެއްގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް އެކަމަނާއަށް ނެތްކަމަށް ވިދާޅުވިއެވެ.

ޚާލިދާ ޒިޔާއަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި މެދުނުކެނޑި ފަރުވާ ދެމުންދާތާ މިހާރު 52 ދުވަސް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ބޮޑުވަޒީރު ރަނގަޅު ފަރުވާއަށް ޤައުމުން ބޭރަށް ފޮނުވުމުގެ ހުއްދައަށް އެދި ޚާލިދާގެ ކޮއްކޯފުޅު ޝަމީމް އިސްކަންދަރު ހޯމް މިނިސްޓްރީއަށް ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އުމުރުން 78 އަހަރުގެ ޚާލިދާއަކީ ލިވާ ސިރޯސިސް، އާތުރައިޓިސް، ހަކުރު ބައްޔާއި ކިޑްނީ، ފުއްޕާމޭ، ހިތާއި ލޮލުގެ މައްސަލަތައް ފަދަ ތަފާތު ބަލިތައް ތަހައްމަލު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

2020 ވަނަ އަހަރު ޝަރުތުތަކާ އެކު ދޫކޮށްލި ފަހުން ބީއެންޕީގެ ޗީފް ޚާލިދާ ގެންދަވަނީ ކާޑިއޮލޮޖީ ޕްރޮފެސަރު ޝަހާބުއްދީން ތަލޫކްދާރު އިސްވެ ހުންނަވާ މެޑިކަލް ބޯޑެއްގެ ދަށުން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ހާލިދާ ގެ ބަލިބޮޑުވެގެން މެޑިކަލް ބޯޑުގެ ލަފާގެ މަތިން އޭނާ ވަނީ ބަނގްލާދޭޝްގެ އެވަކެއާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ޚާލިދާ އޯލްޑް ޑާކާ ޖަލަށް ގެންދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ޒިޔާ ޔަތީމު ޚާނާ ޓްރަސްޓް ގެ މައްސަލައިގައި ދަށު ކޯޓުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ އަހަރު އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން ވަގުތީ ގޮތުން ޚާލިދާ ޒިޔާ ޖަލުން ދޫކޮށްލީ އޭނާގެ ގުލްޝަން ގޭގައި މަޑުކުރުމަށާއި ގައުމުން ބޭރަށް ވަޑައިނުގަތުމަށް ޝަރުތުކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އޭނާގެ ހުކުމް ސަސްޕެންޑް ކުރީ އެގްޒެކެޓިވް އަމުރެއްގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

23 މެއި 2018

ވެނެޒުއޭލާގައި ހުންނަވާ އެމެރިކާގެ މަންދޫބު އެ ޤައުމުން ފައިބަން އަމުރުކޮށްފި

23 މެއި 2018
ވެނެޒުއޭލާގައި ހުންނަވާ އެމެރިކާގެ މަންދޫބު އެ ޤައުމުން ފައިބަން އަމުރުކޮށްފި
19 މެއި 2018

އެންމެ ބޮޑު އިސްކަމެއްދޭނީ އެމްއެޗް 370 އަށް ވީގޮތެއް ހޯދަން: މެލޭޝިއާގެ އައު ޓްރާންސްޕޯޓް މިނިސްޓަރ

19 މެއި 2018
އެންމެ ބޮޑު އިސްކަމެއްދޭނީ އެމްއެޗް 370 އަށް ވީގޮތެއް ހޯދަން: މެލޭޝިއާގެ އައު ޓްރާންސްޕޯޓް މިނިސްޓަރ
23 ފެބުރުއަރީ 2018

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!

23 ފެބުރުއަރީ 2018
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!
27 ޖެނުއަރީ 2018

ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް

27 ޖެނުއަރީ 2018
ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް
11 ޖެނުއަރީ 2018

ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް

11 ޖެނުއަރީ 2018
ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް
11 ޑިސެމްބަރު 2017

ސީރިޔާ ހަނގުރާމަ: ސީރިއަސް ހާލަތުގައިވާ 100 އަށް ވުރެ ގިނަ ކުދިން ފަރުވާދިނުމަށް ގެންގޮސްދިނުމަށް ޔުނިސެފުން އެދެފި

11 ޑިސެމްބަރު 2017
ސީރިޔާ ހަނގުރާމަ: ސީރިއަސް ހާލަތުގައިވާ 100 އަށް ވުރެ ގިނަ ކުދިން ފަރުވާދިނުމަށް ގެންގޮސްދިނުމަށް ޔުނިސެފުން އެދެފި
18 ސެޕްޓެމްބަރު 2017

އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

18 ސެޕްޓެމްބަރު 2017
އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ
18 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ކުރިއަށް ގެންދާ ނަމަ އެގައުމު "ނައްތާލަން ޖެހިދާނެ": އެމެރިކާ

18 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ކުރިއަށް ގެންދާ ނަމަ އެގައުމު "ނައްތާލަން ޖެހިދާނެ": އެމެރިކާ
20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
07 ފެބުރުއަރީ 2017

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު