Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ޓަވަރު

ރިޔާސީ އިންތިޚާބާ ގުޅުވައި ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ސްޓެލްކޯ

30 ސެޕްޓެމްބަރު 2023 | ހޮނިހިރު 00:26

ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ފެތުރިފަދަ ބުހުތާނު ދޮގު ވާހަކަތައް ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިޚާބުގެ ދެވަނަ ބުރާއި ގުޅުވައިގެންވެސް ގެންދަނީ ދައްކަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ސެޕްޓެމްބަރު 2023 | ހޮނިހިރު 00:26
ސްޓެލްކޯ

ސްޓެލްކޯ | ރާއްޖެއެމްވީ

ސްޓެލްކޯއިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ފެތުރިފަދަ ބުހުތާނު ދޮގު ވާހަކަތައް ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިޚާބުގެ ދެވަނަ ބުރާއި ގުޅުވައިގެންވެސް ގެންދަނީ ދައްކަމުންކަމަށާއި އެއީ ދޮގެއްކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެވާހަކަތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާލަން އުޅޭކަމަށް ބުނެ ފަތުރާފައިވާ ޚަބަރުތަކާއި ގުޅިގެން ސްޓެލްކޯއިން ވަނީ ނޫސްބަޔާނެއް މީގެކުރިން ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅުވައިގެން "ދިޔަރެސް" ނޫހާއި "ޗެނަލް 13" އިން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި ކުންފުނީގެ ތަސައްވަރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަމަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބާއި ގުޅުވައި ސްޓެލްކޯއިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭކަމަށް ބުނެ ދޮގު ޚަބަރު ފަތުރަމުންދާކަމަށެވެ. މި ޚަބަރުތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫންކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން އެޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި މެއިންޓެނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަނަމަ އެމަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެމަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ ސްޓެލްކޯއިން ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެކަމަށެވެ. އަދި މިނޫން ގޮތަކާއި ޚިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް އެއްވެސް ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލާފައިނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ ބިނާކުރަނިވި ފާޑުކިޔުމަށް ކުންފުނިން އަބަދުވެސް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް ފަޚުރުވެރި ދިގު ތާރީޚެއް އޮތް ކުންފުންޏަކާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި ނުތަނަވަސްކަން އުފެއްދުމަކީ ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް