Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާސަހަރާގެ މަސައްކަތް

އާސަހަރާގެ މަސައްކަތް ލަސްވާތީ ކަންބޮޑުވުން!

ރޭގަނޑު ގަޑީގައި އެއްވެސް އަލިކަމެއް އެތަނުގައި ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2023 | ހުކުރު 11:41
އާސަހަރާ

އާސަހަރާ

އާސަހަރާގެ މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެތަނުގައި ހުރި މުދާތައް ދަބަރަށް ވެފައިވާ ކަމަށާއި ދަނގަޑުތައް ފީވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެތަނުގައި ބޭރުގައި ސާމާނުތައް އަތުރާފައިވާ ކަމަށާއި އެގޮތުން ސިމެންތި ބަސްތާތަކާއި އެކި މެޝިނަރީޒްތައް ވެސް ހުރި ކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.

މިސްކިތަށް ވަންނަންޖެހޭ ގޮތް ވެސް އުނދަގޫ ކަމަށާއި ރޭގަނޑު ގަޑީގައި އެއްވެސް އަލިކަމެއް އެތަނުގައި ނެތް ކަމަށް އެމީހުން ބުނެއެވެ. އެތަނުގައި ހުރި ސާމާނުތައް ހާމައަށް ހުރުމުން ވާރޭވެހި ހަލާކުވަމުންދާ ކަމަށާއި ބައެއް ސާމާނުތައް އެކި މީހުން ވަގަށް ވެސް ގެންދާ ކަމަށް އެ މީހުން ވަނީ މައުލޫމާތު ދީފައެވެ. އާސަހަރާ މިސްކިތަށް މާލެސިޓީ ކައުންސިލުން އިހުމާލުވެފައިވާކަމަށާއި އެތަނަށް އަޅާނުލާ ކަމަށް ވެސް އެމީހުން ބުންޏެވެ.

އާސަހަރާ މިސްކިތް މަރާމާތުކޮށް ޖާގަ އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލުން ބުނި ތާރީހަކަށް މަސައްކަތް ނިންމާފައެއް ނުވެއެވެ.

މިއަހަރުގެ 26 މޭ ގައި މާލެސިޓީ ކައުންސިލުން ބުނީ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ދެ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އާސަހަރާ މިސްކިތް ލަސްވާ ސަބަބު ދެނެގަތުމަށް އަދަދު ނޫހުން ސުވާލުކުރުމުން އާސަހަރާގެ މަރާމާތުގެ މަސައްކަތް ނިންމުމަށް އަދި އިތުރު ދެ މަސްދުވަސް ނަގާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސަހަރާގެ މަސައްކަތް ދިގުލައިގެންދާ ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނީ މަޝްރޫއަށް އިތުރުކުރި ސްކޯޕުގެ ދަށުން މިސްކިތުގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ދިމާލުގައި ހުރި އެމްޑަބްލިއުއެސްސީގެ "ބޯހޯލް" އެއްގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ކުރަމުންދަނީ ބޯހޯލް އާ ގުޅޭ ކޮން މަސައްކަތެއް ކަން އޮފިޝަލު ސާފުކޮށް ދެއްވާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވީ އެ ބޯހޯލް އާ ހެދި ސަހަރާގެ މަސައްކަތަށް ބުރޫ ނާރާނެ ކަމަށާއި އެ މަސައްކަތް ލަސްވުމާއި ބޯހޯލްއާ ގުޅުމެއް ނެތް ކަމަށެވެ.

މި މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބުމާއި ގުޅިގެން އެކަން ސާފުކުރަން ރާއްޖެއެމްވީން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރީ ކޮން ކުންފުންޏަކާތޯ އަދި މަޝްރޫއުގެ އަގަކީ ކޮބައިތޯ ކައުންސިލުން އޮޅުން ފިލުވުމަށް އެކި މެމްބަރުންނަށް ގުޅި ނަމަވެސް ޖަވާބެއް ނުލިބުނެވެ. ރާއްޖެއެމްވީން ގުޅުމުން މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައުލޫމާތު ބެއްލުވުމަށްފަހު ހިއްސާ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ފަހުން ވަނީ ފޯމު ހުށަހަޅައިގެން އެ މައުލޫމާތު ހޯދުމަށް އެދިފައެވެ. އެހެންކަމުން މި މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ސާފުވާގޮތް ވަނީ ނުވެފައެވެ.

މާލޭސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވީ އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ނިންމެވީ އާސަހަރާއަކީ މާލެ ސިޓީގައި ބޭނުން ކުރާ ހަމައެކަނި ސަހަރާކަމަށްވެފައި، އެ ސަހަރާ ފުރިފައިވުމުން ކަމަށެވެ.

އާސަހަރާއަކީ މާލޭގައި ޒަމާނުންސުރެއް މަރުވާ މީހުން ވަޅުލަން މާލޭގެ ހަތަރު އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މާލޭގައި މަރުވާ މީހުން ވަޅުލުމަށްޓަކައި ގާއިމް ކުރެވިގެން ދިޔަތަނެކެއެވެ. އާސަހަރާ ތަރައްޤީކުރިއިރު ކަށުކަމާ ކެމީގެ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމު ޤާއިމްކުރިއެވެ. އަދި އެ ތަނުގައި މަސްޖިދުލް ތަޢާވުންގެ ނަމުގައި މިސްކިތެއް ބިނާކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު