Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2023

ކެމްޕެއިން ކުރުން މަނާ ވަގުތު އެކަންކަން މޮނިޓަރކުރަމުންދާނަން - މިޑިއާ ކައުންސިލް

"ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ސެޕްޓެމްބަރު 2023 | ހުކުރު 06:16
އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ކުރުން މަނާ ވަގުތު މީޑިއާ ކައުންސިލުން އެކަންކަން މޮނިޓަރކުރަމުންދާނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިން ޚަބަރުތައް ގެނެސްދިނުމުގައްޔާއި ނޫސްތަކުގައި ކެންޑިޓޭޓުންނާ ގުޅޭ ކޮންޓެންޓް ޝާއިޢުކުރުމުގެ ތެރޭގައި، ބައެއް ނޫސްތަކާއި މީޑިއާތަކުން "ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި އެކިއެކި ކޮންޓެންޓް ޝާއިޢުކުރަމުންގެންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަކި ސުލޫކީ މިންގަނޑަކަށް އަމަލުކުރުމަށް، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ، "އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުން" ލާޒިމުކޮށްފައިވީހިނދު، ނޫސްތަކާއި މީޑިއާތަކުންވެސް އެ މިންގަނޑަށް އަމަލުކުރަން ލާޒިމްވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، އެ މިންގަނޑުތަކާ ޚިލާފަށް އެކި ލިޔުންތަކާއި ކޮންޓެންޓް ނޫސްތަކުގައި ޝާއިޢުކުރުމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އެގޮތުން، ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ވާހަކަދެއްކުމާއި، މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ، ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން ދިނީކަމަށް ބެލެވޭނެ ކަންކަމުގެ ތެރޭގައި އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިމަނާފައިވާ ބައެއް ކަންކަން ކަމަށާއި، އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމަށް ނޫސްތަކާއި މީޑިއާތަކަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، އެއްވެސް ގޮތަކަށް އެންޓި-ކެމްޕެއިން ނުކުރުމަށާއި، ކެމްޕެއިންކުރުން ޤާނޫނުގައި މަނާކޮށްފައިވާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް ނޫސްތަކުން އިތުރަށް ސަމާލުކަން ދިނުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި، 29 ސެޕްޓެމްބަރު 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ން ފެށިގެން 01 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު ކެމްޕެއިންކުރުން މަނާވާނެކަމަށް ވަނީ ބުނެފައެވެ. އަދި، މި ވަގުތުގެ ތެރޭގައި ކައުންސިލުން އެކަންކަން މޮނިޓަރކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު