Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ދުވަސް

ކަނޑުގެ ތިމާވެއްޓާއި އިގްތިސާދު ރައްކާތެރިކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަންޖެހޭ: ޓްރާންސްޕޯޓު މިނިސްޓްރީ

28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 13:00

ތިމާވެށި ހިމާޔަތްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޖައްވަށް ބޭރުވާ ގޮތްނޭނގޭ، ތަޣައްޔަރުވާ މާއްދާތައް ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 13:00
މަސްބޯޓުތަކެއް

މަސްބޯޓުތަކެއް

ކަނޑުގެ ތިމާވެއްޓާއި އިގްތިސާދު އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރި ކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ދުވަސް 2023އާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ދުނިޔޭގެ އެއްގައުމުން އަނެއް ގައުމަށް ވިޔަފާރި މުދަލާއި ފަސިންޖަރުން އުފުލުމަށާއި، ގައުމުތަކުގެ އިގްތިސާދު ހީނަރުވިޔަނުދީ ވިޔަފާރި މުދާ އެއްގައުމުން އަނެއްގައުމަށް ގެންދިއުމުގައި އެންމެ އިސް އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ މައިގަނޑު ދަތުރުފަތުރުގެ ނިޒާމަކީ ކަނޑުދަތުރުފަތުރުގެ ނިޒާމު ކަމަށެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުދަތުރުފަތުރުގެ ނިޒާމު ބައްޓަންކޮށް، ދެމެހެއްޓެނިވި ނިޒާމަކަށް މި ނިޒާމު ހެދުމަށާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.މއެމްއޯ)އިން ވަނީ ބައިގަރުނު ކުރިން މުއާހަދާއެއް އެކުލަވާލާފައި ވާކަމަށެވެ. މި މުއާހަދާގެ ނަމަކީ ''މާޕޯލް''އެވެ.

މެރިޓައިމް ވީކް 2023 ފާހަގަކުރުމުގެ ގޮތުން އައިއެމްއޯއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ ތިމާވެށީގެ މި ތާރީޚީ މުއާހަދާއަށް 50 އަހަރު ފުރުން ފާހަގަކޮށް، މާޕޯލް މުއާހަދާއަށް ނިސްބަތްކޮށް ''މާޕޯލް އެޓް 50 - އަވަރ ކޮމިޓްމެންޓް ގޯޒް އޮން' އެވެ.

މާޕޯލަކީ ކަނޑު އުޅަނދުފަހަރުން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމުގެ މަގުސަދުގައި ތަންފީޒުކުރެވޭ މުއާހަދާއެވެ. މި މުއާހަދާގެ ސަބަބުން ކަނޑުތައް ހިމާޔަތްކުރުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި މިކަމަށް އެއްބާރުލުން އިތުރުވެ، ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި ކަނޑު އުޅަނދުފަހަރުން ކަނޑަށް ތެޔޮ ލީކުވުން މަދުކުރުމާއި، އުޅަނދުފަހަރުގެ ނަރުދަމާ ބޭރުވުން ކޮންޓްރޯލްކުރުމާއި، ކަނޑުގެ ދިރުންތަކަށް ހިމާޔަތް ހޯދައިދިނުމުގައި މާޕޯލް މުއާހަދާގެ ސަބަބުން ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، އާ ޓެކްނޮލޮޖީއަށާއި، ޑިމާންޑްތަކަށް މި މުއާހަދާއިން އެޑްރެސްކޮށް އުސޫލުތައް އަބަދުވެސް މުރާޖައާ ކުރެވެމުން ދާކަމަށެވެ.

ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، ޖައްވަށް ބޭރުވާ ގޮތްނޭނގޭ ތަޣައްޔަރުވާ މާއްދާތައް ހިމެނޭ ކަމަށާއި، ދިވެހިރާއްޖެއަށް މުދާ އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުމަށާއި، އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި ރާއްޖޭގެ އިގްތިސާދު ބޮޑު އިންސައްތައެއް ބަރޯސާވެފައިވަނީ ރާއްޖޭގެ ކަނޑުތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރާއްޖޭގެ ޓުއަރިޒަމްގެ މައިގަނޑު އެއް ތަނބަކީ ކަނޑުތަކާއި ފަރުތަކާއި ކަނޑުފަރުގެ ރީތި ދިރުންތައް ކަމަށްވާއިރު، ކަނޑުދަތުރުފަތުރުގެ ދުވަސް ފާހަގަކުރަމުންދާ މި ފުރުސަތުގައި، ކަނޑުގެ ތިމާވެއްޓާއި އިގްތިސާދު އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރި ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ހަތަރު ބޯޓެއް ފެނިއްޖެ

18 ނޮވެމްބަރު 2017
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ހަތަރު ބޯޓެއް ފެނިއްޖެ
29 އޮކްޓޯބަރު 2017

އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިން ހެލުމެއް އަތުވެއްޖެ، އެކަމަކު ރާއްޖެއަށް އޭގެ އަސަރެއް ނެތް:މެޓް އޮފީސް

29 އޮކްޓޯބަރު 2017
އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިން ހެލުމެއް އަތުވެއްޖެ، އެކަމަކު ރާއްޖެއަށް އޭގެ އަސަރެއް ނެތް:މެޓް އޮފީސް
18 އޮކްޓޯބަރު 2017

ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް މިނިސްޓަރު ޝައިނީ ގޮވާލައްވައިފި

18 އޮކްޓޯބަރު 2017
ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް މިނިސްޓަރު ޝައިނީ ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2017

މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލަން ފަށައިފި

18 ސެޕްޓެމްބަރު 2017
މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލަން ފަށައިފި
18 އޯގަސްޓު 2017

އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

18 އޯގަސްޓު 2017
އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި
05 ޖުލައި 2017

ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް

05 ޖުލައި 2017
ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް
03 ޖުލައި 2017

ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު

03 ޖުލައި 2017
ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު
26 ޖޫން 2017

ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް

26 ޖޫން 2017
ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް
22 މެއި 2017

އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު

22 މެއި 2017
އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް