Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް ހައްޔަރުކުރުން

ފާރިސް ރިމާންޑް ޖަލެއްގައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފް ކަމެއް: ވަކީލު

20 ޖުލައި 2017 | ބުރާސްފަތި 13:25

ފާރިސް ބަންދުގައި ބަހައްޓާފައި ހުރީ ޤާނޫނާ ޚިލާފް ތަނެއްގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 ޖުލައި 2017 | ބުރާސްފަތި 13:25
ފާރިސް ކޯޓަށް ހާޒިރު ވަނީ: މިހާރު ވަނީ ބަންދުކޮށްފައި

ފާރިސް ކޯޓަށް ހާޒިރު ވަނީ: މިހާރު ވަނީ ބަންދުކޮށްފައި

ޝަރީއަތް ނިމެންދެން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފް ކަމެއް ކަމަށާއި އެކަމަށް ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ފާރިސްގެ ޤާނޫނީ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ކްރިމިނަލް ކޯޓު ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޤާޟީ އާދަމް އާރިފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފާރިސްއަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހުކުމެއް ކުރެވެންދެން ނުވަތަ ބަންދާމެދު އިތުރު ގޮތެއް ކަނޑައެޅެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރައްވާފައިވާއިރު، އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރެވިފައިވާ މައްސަލައިގާ އެއްވެސް ދައުވާއެއް މިހާތަނަަށް އެއްވެސް ކޯޓަކަށް ހުށަހެޅިފައި ނުވާއިރު ތަހުގީގް މަރުހަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފް ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު އެދިލައްވާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސް ޤާޟީއަށް ލިބިލައްވާފައިވާ ބާރުގެ ދަށުން އަދި އެއަމުރުގައި ބަންދާމެދު އިތުރުގޮތެއް ކަނޑައަޅަންދެން ބަންދުކުރުމަށް އަމުރު ކުރައްވާފައިވާތީ ކްރިމިނަލް ކޯޓުގެ ނަމްބަރ J/MD/2017/4166 އަމުރުގައި އަހުމަދު ފާރިސް މައުމޫން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކުރައްވާފައިވާ އަމުރު މުރާޖަޢާ ކޮށްދެއްވުން އެދޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ މަޤްސަދު ތަކުގެ ތެރޭގައި ބުނެފައިވަނީ 24 ގަޑިއިރަށްވުރެ ދިގުމުއްދަތަކަށް ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރަން ވާނީ އެޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތައް ގިންތި ކުރެވިފައިވާ ޖަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއްގައި ކަމަށެވެ. އަދި އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ތަފާތު ގިންތިތަކުގެ ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ބަހައްޓާނީ އެގިންތިއަކަށް ޚާއްޞަ ކުރެވިފައިވާ ޖަލެއްގައި ކަމަށެވެ. އެގޮތުން އެމާއްދާގެ (ހ) ގެ 1 ގައި ބުނެފައިވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަންވާނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ.

އިތުރު ބަޔަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މައުމޫން ހައްޔަރުކޮށްފައިވާއިރު އެޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. ނަމަވެސް އަދި ފާރިސްއާ ދެކޮޅަށް އެތުހުމަތުގައި ދައުވާއެއްވެސް ކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް