Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ޤައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިހަށް ތާއީދު ކުރުން: އުގެއިލް

26 ސެޕްޓެމްބަރު 2023 | އަންގާރަ 00:31

މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ސެޕްޓެމްބަރު 2023 | އަންގާރަ 00:31
ޓެކް ފެއަރ ނިންމުން

ޓެކް ފެއަރ ނިންމުން

ޤައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ކުރުން ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ އުގެއިލް ހޯމަ ދުވަހު ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތީޚާބުގެ ދެވަނަ ބުރުގައި ވެސް އޭނާ ތާއީދު ކުރައްވާނީ ރައީސް ޞާލިހަށް ކަމަށެވެ. އެގޮތަށް ނިންމެވީ އޭނޭގެ ނަޒަރުގައި ޤައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށްވާތީ ކަމަށާއި އެމްޑީޕީއަކީ މިހާރު ރާއްޖޭގައި ސިޔާސީ ގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖުރިބާކާރު ޕާޓީ ކަމަށް ވެސް އުގެއިލް ވިދާޅުވިއެވެ.

އެމްޑީޕީއަށް ތައުރީފު ކުރައްވައި އުގެއިލް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރައްވާ ފަރުދެއްގެ ހައިސިއްޔަތުން އޭނާ ވޯޓު ދެއްވަން ބޭނުންފުޅުވަނީ އެ ޕާޓީއަށް ކަމަށެވެ.

މި ނިންމެވުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށާއި މި ނިންމެވުމާ ގުޅިގެން ބައެއް ފަރާތްތަކުގެ މަލާމާތާއި ފުރައްސާރަ ރައްދުވާނެކަން އެނގޭ ކަމަށް ވެސް އުގެއިލް ވިދާޅުވިއެވެ. އަދި އޭނާގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވާނެކަން ވެސް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

ފުރައްސާރައަށް ރައްދުދެއްވައި އުގެއިލް ވިދާޅުވީ ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އޭނާ ބޭނުންފުޅުވާ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި އޭނާއަކީ ހަލާލުގޮތުގައި ހޯދާ ފައިސާ އާއި މުދަލުން އާއިލާއާއި އޭނާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރައްވާ މީހެއްކަން ހެޔޮވިސްނޭ ދިވެހިންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާއަކީ އަބަދުވެސް ޤައުމަށާއި ރައްޔިތުންގެ ޙައްގުގައި އަމިއްލަ އެދުމުން އެއްކިބާވެހުރެ ބަސްބުނާ މީހެއްކަން ވެސް ހެޔޮވިސްނޭ ހުރިހާ ދިވެހިންނަށް އެނގޭނެ ކަމަށް އުގެއިލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ޕްރޮފެސަރ އުގެއިލް ތާއީދު ކުރެއްވީ ރައީސް ޞާލިހަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ސުލްހަވެރިކަމާއި އަމާންކަމާއެކު ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފަށައި، ކުރިޔަށް ހިނގަމުންދާ މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް