Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ މޯލްޑިވްސް

އުރީދޫގެ ހެޑްކުއާޓަރ: އީޖާދީ ހައްލުތައް ފަހިކޮށްދިނުމުގެ ރަމްޒެއް!

26 ސެޕްޓެމްބަރު 2023 | އަންގާރަ 00:53

އެގާރަ ފަންގިފިލާގެ މި އިމާރާތުގައި އުުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ވަނީ ގާއިމުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ސެޕްޓެމްބަރު 2023 | އަންގާރަ 00:53
އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރ ހުޅުވުމުގެ ރަސްމިއްޔާތު

އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރ ހުޅުވުމުގެ ރަސްމިއްޔާތު

އުރީދޫ މޯލްޑިވްސް އިން ދިވެހިންނަށް ފަހިކޮށްދޭ އީޖާދީ ހައްލުތައް ރަމްޒުކޮށްދޭގޮތަށް ހުޅުމާލޭގައި ތަަރައްގީކޮށްފައިވާ އެ ކުންފުނީގެ ހެޑްކުއާޓަރ ހުޅުވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ހެޑްކުއާޓަރސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމާއި އުރީދޫ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޒީޒް އަލް އުސްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕަރސަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ޙަމާދީއެވެ.

Advertisement - newsAdvertisement

އެގާރަ ފަންގިފިލާގެ މި އިމާރާތުގައި އުުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ވަނީ ގާއިމުކޮށްފައެވެ. އަދި އުރީދޫއިން ދެމުން އަންނަ ގިނަ ޚިދުމަތްތަކެއް މި ހެޑްކުއާޓަރުން އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ހެޑްކުއާޓަރ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫއިން ސަރުކާރާއިއެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކުންފުނިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭނެ މަސައްކަތްތަކެއް ކަމަށާއި އެ ކުންފުނިން ރާއްޖޭގެ ކަސްޓަމަރުންނަށް ނަމޫނާ ޚިދުމަތްތަކެއް ދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރި އަޒީޒް އަލް އުސްމާން ފަޚްރޫ ވިދާޅުވީ ރާއްޖެއަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށާއި އައު ހެޑްކުއާޓަރަކީ، ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއް ކަމަށެވެ. އަދި އެއީ ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހެޑް ކުއާޓަރުން ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލްކުރެވިފައިވާ މޭލުގާތައް ކަމަށެވެ. އަދި އުރީދޫގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލާމާއި އިތުބާރު ފާހަގަކޮށް އޭނާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭގެ މެދުގައި ބިނާކުރެވިފައިވާ މި އައު އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ޒަމާނީ އެ އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާ ގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.

އެ އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕަރޑް ބިއްލޫރިއެވެ. އެ އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ޚަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަރ ރޭޓެޑް ދޮރުތަކާއި ފަޔަރ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔަރ ސޭފްޓީ ސިސްޓަމް ގާއިމްކުރެވިފައިވާކަމަށް ވެސް އުރީދޫއިން ފާހަގަކުރެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ އިން އަރުވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2020

އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލަންޖެހޭ: ފަޒްނާ

21 ނޮވެމްބަރު 2020
އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލަންޖެހޭ: ފަޒްނާ
21 އޮކްޓޯބަރު 2020

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް އަދި ސުޕަރނެޓްގެ ޚިދުމަތް ވިލިމާލެއަށް!

21 އޮކްޓޯބަރު 2020
އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް އަދި ސުޕަރނެޓްގެ ޚިދުމަތް ވިލިމާލެއަށް!
13 އޮކްޓޯބަރު 2020

އުރީދޫގެ އިންޓަރނެޓްގެ ޙިދުމަތް، ހަލުވި ސްޕީޑްތަކާއި އެކު ދަރަވަންދޫ އަށް!

13 އޮކްޓޯބަރު 2020
އުރީދޫގެ އިންޓަރނެޓްގެ ޙިދުމަތް، ހަލުވި ސްޕީޑްތަކާއި އެކު ދަރަވަންދޫ އަށް!
03 އޯގަސްޓު 2020

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ވަރޗުއަލް ރަން އެއް ބާއްވަނީ

03 އޯގަސްޓު 2020
އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ވަރޗުއަލް ރަން އެއް ބާއްވަނީ
24 މެއި 2020

އީދުގެ އުފާ އެންމެން އެކުއެކީ ފާހަގަ ކޮށްލުމަށް އުރީދޫގެ ޑިޖިޓަލް މިއުޒިކް ޝޯއެއް!

24 މެއި 2020
އީދުގެ އުފާ އެންމެން އެކުއެކީ ފާހަގަ ކޮށްލުމަށް އުރީދޫގެ ޑިޖިޓަލް މިއުޒިކް ޝޯއެއް!
21 ސެޕްޓެމްބަރު 2019

އުރީދޫގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭގޮތް ހަދައިދީފި

21 ސެޕްޓެމްބަރު 2019
އުރީދޫގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭގޮތް ހަދައިދީފި
06 ފެބުރުއަރީ 2019

އުރީދޫގެ 'ވޯރ އޮން ވޭސްޓް ކެމްޕެއިން' ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

06 ފެބުރުއަރީ 2019
އުރީދޫގެ 'ވޯރ އޮން ވޭސްޓް ކެމްޕެއިން' ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި
06 ޖޫން 2017

ޤަތަރާ ގުޅުން ކަނޑާލިޔަސް އުރީދޫގެ ޚިދުމަތް ނުހުއްޓޭނެ: ހޯމް މިނިސްޓްރީ

06 ޖޫން 2017
ޤަތަރާ ގުޅުން ކަނޑާލިޔަސް އުރީދޫގެ ޚިދުމަތް ނުހުއްޓޭނެ: ހޯމް މިނިސްޓްރީ
10 މެއި 2017

އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް

10 މެއި 2017
އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް