Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލަންކާގެ ކައްކާ އަނާ

ގުނައި އަދަދު ނުކުރެވޭހާ ގިނަ ރެސްޓޯރަންޓުތަކުން ނުލިބޭ އަގު ހުރި ތަރިކައެއް، ހަމަ އެންމެ ބަދިގެއަކުން

އަނާގެ ބެލުމުގެ ދަށުން އެކުލަވާލި މެނޫގައި؛ ކާށި ސަމްބޯލް، ކެޝޫއާއި ގްރީން ބީންސް ރިހަ އަދި ލަންކާގެ ޚާއްޞަ ރެޑް ރައިސް ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 ސެޕްޓެމްބަރު 2023 | ހޯމަ 13:38
އަނާގެ ދިރިއުޅުން ލުބްނާނަށް ބަދަލުކުރީ މީގެ 35 ވަރަކަށް އަހަރު ކުރިން

އަނާގެ ދިރިއުޅުން ލުބްނާނަށް ބަދަލުކުރީ މީގެ 35 ވަރަކަށް އަހަރު ކުރިން

އިގްތިސާދީ އަދި ސިޔާސީ ހީނަރުކަމުގައި ބައިބައިވެފައި އޮތް ލުބްނާނުގެ ވެރިކަންކުރާ ބެއިރޫތުގެ ބަދިގެއެއްގެ ތެރޭގައި އަވަދިނެތި އުޅެމުން ދިޔަ މީހުންގެ އަދަދު 12އަށްވުރެ މަދެއް ނުވާނެއެވެ. ދޭސީންނާއި ބިދޭސީންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ ސްރީލަންކާގެ ކޭންތައް ތައްޔާރު ކުރެވޭތޯއެވެ. އެއީ އެމީހުން ބައިވެރިވަމުން ދިޔަ މަސައްކަތު ބައްދަލުވުމުގެ ބައެކެވެ. ކެއްކުމާބެހޭ މަސައްކަތު ބައްދަލުވުމުގެ މޭސްތިރިއަކީ، ގޭތެރޭގެ އެކި މަސައްކަތްތައް ކުރުމަށް ނުވަތަ ޑޮމެސްޓިކް ވޯރކަރެއްގެ ގޮތުގައި ލުބްނާނަށް ހިޖުރަކުރި ލަންކާ ރައްޔިތެއް ކަމަށްވާ އަނާ ފެނާންޑޯއެވެ.

އަނާގެ ދިރިއުޅުން ލުބްނާނަށް ބަދަލުކުރީ މީގެ 35 ވަރަކަށް އަހަރު ކުރިންނެވެ. ލުބްނާނަށް އޭނާ ބަދަލުވީ ކުޑަކުދިން ބަލާ މީހެއްގެ ވަޒީފާއަށެވެ. ލުބްނާނަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، އަނާ ވަނީ އޭނާގެ އުފަން ވަޒަނުން ދަސްވެފައި ހުރި އެ ގައުމުގެ ޚާއްސަ ކޭންތަކުގެ ރެސިޕީޓައް، ލުބްނާނުގެ މަޝްހޫރު ޝެފަކާ ހިއްސާކޮށްފައެވެ. ކައްކާއެއްގެ ގޮތުގައި އަނާ ތަމްރީނުތައް ފުރިހަމަކުރީވެސް މި ދެންނެވި ލުބްނާނުގެ ޝެފުގެ ގާތުންނެވެ.

އަނާގެ ކެއްކުމާބެހޭ މަސައްކަތު ބައްދަލުވުން އިންތިޒާމްކުރީ "ދަ ގްރޭޓް އަވަން" ނަމަކަށްކިޔާ އެންޖީއޯއަކާއި، "ނޭޝަން ސްޓޭޝަން" ކިޔާ ހަރަކާތަކާ ގުޅިގެންނެވެ. އެއީ 2020 ވަނަ އަހަރު ލުބްނާނުގެ ބަނދަރުގައި ހިނގި ވަރުގަދަ އަލިފާނުގެ ކާރިސާއަށްފަހު، ކުރިން ކާރު ދޮވެ ހަދަން ބޭނުންކުރި ތަނެއް، އިޖުތިމާއީ މަރުކަޒަކަށް ބަދަލުކޮށްލި ހަރަކާތެކެވެ.

އަނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ "ފްލޭވަރޒް ވިތައުޓް ބޯޑަރޒް"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތުގެ ފުރަތަމަ ބާބެވެ. މަސައްކަތު ބައްދަލުވުން އިންތިޒާމްކޮށްފައި ވަނީ ތަފާތު 16 އެޑިޝަންއެއްގެ މައްޗަށެވެ. ކޮންމެ އެޑިޝަނަކީވެސް ތަފާތު ގައުމެއްގެ ކޭމަކަށް ޚާއްސަ ބާބެކެވެ. އެ ބާބުތަކުގައި ނަގައިކިޔަން ތިބެނީ އެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

"ދަ ގްރޭޓް އަވަން"ގެ ކޯ-ފައުންޑަރެއް ކަމަށްވާ ނޫރު މަތުރާޖީ ވަނީ، މިފަދަ މަސައްކަތު ބައްދަލުވުމެއްގެ ތެރެއިން އެކި ކަހަލަ ކޭންތައް ތަޖުރިބާކޮށްލަން ލިބުމާއި، ރެސްޓޯރަންޓުތަކަށް ގޮސް ކުރެވޭ ތަޖުރިބާތަކާ ދެމެދު ހުރި ފަރަގު ހިއްސާކޮށްފައެވެ.

އަނާގެ ބެލުމުގެ ދަށުން އެކުލަވާލި މެނޫގައި؛ ކާށި ސަމްބޯލް، ކެޝޫއާއި ގްރީން ބީންސް ރިހަ އަދި ލަންކާގެ ޚާއްސަ ރެޑް ރައިސް ހިމެނެއެވެ. ކޭންތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި ބައިވެރިން ހަރަކާތްތެރިވަމުން ދިޔައިރު، އަނާ ދިޔައީ ބޭނުންކުރަމުން ދިޔަ ހަވާދުގެ ބާވަތްތަކުގެ ތަފްސީލުތައް ހިއްސާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު