Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޞާލިޙު

"ވެރިޔެއް މިފަދަ ފެންނާނެ ހޭ؟"

މިޒާޖުގައި ވެސް މަޑުމައިތިރިކަމާއި، އޯގާތެރި ރައީސް ޞާލިޙު ވެގެން ދިޔައީ، ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔަ ސިޔާސީ ޝަޚުސިއްޔަތަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2023 | އަންގާރަ 05:13
ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައީސް ޞާލިޙު ލޯންޗުކޮޅުގައި

ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައީސް ޞާލިޙު ލޯންޗުކޮޅުގައި

އަބަދުވެސް ދިވެހިން ދައްކާ ވާހަކަ އެއް އޮވެ އެވެ. ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނަށް އޯގާތެރި ވެރިޔެއްގެ ވާހަކަ އެވެ. މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ވެރިންގެ އަނިޔާވެރިކަން ދިވެހިން ތަޖުރިބާ ކޮށްފައިވެ އެވެ. އެކަމުގެ އެންމެ އަލިގަދަ އެއް މިސާލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމެވެ. އެ ފަސް އަހަރު ދުވަހު ދިވެހިންނަށް ކުރިމަތިވި ބިރުވެރި ޙާލަތަކީ ދިވެހިންގެ ޙަޔާތުގައި ވެރިޔެއްގެ "ނުލަފާކަން" އެންމެ ރަނގަޅަށް ފެނުނު ފަސް އަހަރޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ. ޤައުމުގެ ސިޔާސީ ހަމަޖެހުން ގެއްލުނެވެ. މަގުތައް މަތީގައި އޮތީ ބިރުވެރިކަމާއި، ނާމާންކަމެވެ. އެ ޙާލަތު ބަދަލު ކުރީ ވެސް ދިވެހި ރައްޔިތުންނެވެ. އަނިޔާވެރި ވެރިޔަކު ކުޑަ ކަކޫ މައްޗަށް ތިރި ކުރީ ދިވެހި ރައްޔިތުން ކުރި ވަރުގަދަ ޖިހާދަކުންނެވެ.

އަނިޔާވެރި ވެރިޔެއްގެ މައްޗަށް ދިވެހިން އިސް ކުރީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. މިޒާޖުގައި ވެސް މަޑުމައިތިރި ކަމާއި، އޯގާތެރިން ހުންނަ ރައީސް ޞާލިޙު ވެގެން ދިޔައީ، ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔަ ސިޔާސީ ޝަޚުސިއްޔަތަކަށެވެ. މީގެ ކުރިން ދިވެހިން ތަހަންމަލު ކުރި ބިރުވެރިކަމާއި، ނާމާންކަން ފޮހެލަދިން ވެރިޔެއްގެ ގޮތުގަ އެވެ. އެކަމުގައި އެކިއެކި މަންޒަރުތައް އިއްޔެ ވެސް އަދި މިއަދު ވެސް އެހުރީ ފެންނާށެވެ. ބައެއް ކަންކަމަށް ކުޑަކޮށް އަލިއަޅުވާލުން ވެސް މުހިންމެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތުން ފެނިފައި ވަނީ ރައްޔިތުންނާ ދުރު މިސާލެކެވެ. ރައްޔިތުންނާ ބީރައްޓެހި ރައީސެއްގެ ގޮތުގައި ރައީސް ޔާމީން ފެނުނެވެ. ރަށް ރަށަށް ވަޑައިގަންނަވާއިރު ރައްޔިތުން ވެސް ތިބެނީ ޖެހިލުންވެފަ އެވެ. ޤައުމުގެ ރައީސް ރަށަކަށް ވަޑައިގަންނަވާއިރު، ފޮޓޯއެއް ނަގާލަން ބޭނުންވާ އެތައް ބަޔަކު އުޅޭނެ އެވެ. ނަމަވެސް، އޭރު އެ ފުރުސަތެއް ނެތޭ ވެސް ދެންނެވިދާނެ އެވެ. ބައެއް ރަށްރަށަށް ވަޑައިގަންނަވާއިރު، ތުއްތު ކުއްޖަކު ފޮޓޯއެއް ނަގާލަން އެދުނަސް، އެ ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. އިދިކޮޅު މީހަކަށް ރައީސާ ދިމާލަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނޯވެ އެވެ. ބުނެފިތެ، އެމީހަކަށް "އަހުވަ" ދައްކާލަ އެވެ.

ނަމަވެސް، ރައީސް ޞާލިޙު އެތައް ހާސް ގޮތަކުން ތަފާތެވެ. ކޮންމެ ރައްޔިތަަކީ ވެސް އެމަނިކުފާނު ނުހަނު ލޯބިވާ ރައްޔިތެކެވެ. ރަށްރަށަށް ވަޑައިގަންނަވާއިރު، އާންމު ރައްޔިތުންނާއި، ތުއްތު ކުދިންގެ އަޑު އައްސަވަ އެވެ. ފޮޓޯއެއް ނަގަން އެދުނު ކަމުގައި ވީ ނަމަ، އެ ފުރުސަތު ވެސް އޮންނަނީ ތަންމިނަށް ހުޅުވާލެވިފަ އެވެ. އެކަންކަމާއެކު ދިވެހިންގެ މެދުގައި ރައީސް ޞާލިޙު އާންމުވެފައި ވަނީ ވެސް "ސެލްފީ ރައީސް"ގެ ގޮތުގަ އެވެ. އަނެއްކޮޅުން އެމަނިކުފާނު އިދިކޮޅުގެ އަޑު އައްސަވަ އެވެ. ރައީސް ޞާލިޙާ ސަލާމްކުރުމަށް ސަފުގައި ހުރި އިދިކޮޅު މީހަކު އެމަނިކުފާނުގެ ފައި ބުޑަށް މާ ފަތި ވެސް ވައްޓާލި އެވެ. އެއަށްފަހު އޭނާގެ ޝުއޫރުތައް ފާޅު ކުރަމުން ދިޔައިރު، ރައީސް ޞާލިޙު ހުންނެވީ ހަމަޖެހިލައިގެން އަޑު އައްސަވާށެވެ.

އަދިވެސް ބުނެވިދާނެ އެވެ. ރައީސް ޞާލިޙު ރަށަކަށް ވަޑައިގެންނެވިއިރު، ކަނޑު މަތީގައި މަސްވެރިން އިހުތިޖާޖު ކުރަން ވެސް ތިބި އެވެ. އެމަނިކުފާނު ވަޑައިގެންނެވީ އެ އިހުތިޖާޖުގެ ބައިވެރިންނާ ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. އިހުތިޖާޖު ކުރަމުން ދިޔަ ދޯންޏަށް އަރައި ވަޑައިގެން، މަސްވެރިންގެ ކަންބޮޑުވުންތައް ވެސް އަޑު އެއްސެވި އެވެ. އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވީ އެ ދޯނީގައި ހުންނަވަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނަަށް އެމަނިކުފާނާ ބައްދަލު ވަނީ "ހާލަކުން ފަހަރަކު" އެވެ. ރައީސްގެ އަރިހުން ސުވާލެއް ދަންނަވަން ނޫސްވެރިން ލައްކަ ތެޅުން ތެޅެން ޖެހެ އެވެ. ރައީސާ ދެކޮޅު ވާހަކަ ދައްކާ ނޫސްވެރިން ހިފާ ހައްޔަރު ކުރެ އެވެ. ސީދާ ރައީސްގެ ޕާޓީން ޕްރެސްތަކުގައި ނޫސްވެރިންނަށް އިންޒާރު ދިނެވެ. ބިރުވެރިކަމާއި، ނާމާންކަމުގެ ތެރޭގައި ނޫސްވެރިން ވެސް އެ ފަސް އަހަރު ނިންމާލި އެވެ.

ނަމަވެސް، އެކަން ވެސް މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ރައީސް ޞާލިޙާ ކޮންމެ ސުވާލެއް ވެސް ކުރެވެ އެވެ. ކޮންމެ ތަނެއްގައި ސުވާލު ކުރިޔަސް ޖަވާބު ދެވޭ މިންވަރަކަށް ދެއްވަ އެވެ. ދުރުގައި ތިބެ ނޫސްވެރިން ރައީސަށް ގޮވައި، ސުވާލު ކުރުމަށް އެދުމުން އެކަމާ ދެކޮޅެއް ނުހައްދަވަ އެވެ. ނޫސްވެރިން ގާތަށް ވަޑައިގެން ސުވާލުތަަކަށް ޖަވާބު ދެއްވަ އެވެ. އަނެއްކޮޅުން، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައެއް ނޫސްވެރިން ހަމަހިމޭން އިހުތިޖާޖު ވެސް ކުރި އެވެ. މިއީ ކުރިން ހިނގާފައި ނުވާ، އަދި ފުރުސަތު ވެސް ލިބިފައި ނުވާ ކަންކަމެވެ.

އެހެންވީއިރު، ދިވެހިން އަނެއްކާ ވެސް ކުރީގެ ބިރުވެރިކަމާ ދިމާލަށް ދާންވީ ހެއްޔެވެ؟ ނުވަތަ އެ ނާމާން ދުވަސްތަކުގެ ތެރެއަށް އަމިއްލަ އަށް ފުންމާލާނީ ހެއްޔެވެ؟ ވަރަށް ގިނައިން އަޑު އިވޭ ލަވަޔެއްގައި ވެސް އޮވެ އެވެ. "ވެރިޔެއް މިފަދަ ފެންނާނެ ހޭ؟"

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން

މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން

27 ޖުލައި 2022
އައު ބޮޑުވަޒީރާއެކު ޕާކިސްތާން ރައްޔިތުން އުންމީދުކުރަނީ ނަތީޖާ ފެންނާނެ ކަމަށް

އައު ބޮޑުވަޒީރާއެކު ޕާކިސްތާން ރައްޔިތުން އުންމީދުކުރަނީ ނަތީޖާ ފެންނާނެ ކަމަށް

12 އެޕްރީލު 2022
އަނދިރި މީހަކަށް ނުފެންނާނެ

އަނދިރި މީހަކަށް ނުފެންނާނެ

27 އޮކްޓޯބަރު 2021
ވިސްނުން ފިޔަރެސްކުރީމާ ވިލަރެހުގެ ތެރެއިން އުފަންވާ ވިނަރެއްސެއް ނުފެންނާނެއެވެ.

ވިސްނުން ފިޔަރެސްކުރީމާ ވިލަރެހުގެ ތެރެއިން އުފަންވާ ވިނަރެއްސެއް ނުފެންނާނެއެވެ.

10 ސެޕްޓެމްބަރު 2021
އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

24 މެއި 2021

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު