Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އަންނަ ފަތުރުވެރިން

އަހަރު ނިމޭއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަށް ޗައިނާވުން އެކަށީގެންވޭ: މައުސޫމް

ޗައިނާއިން މިހާތަނަށް 133،962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 06:17
ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމުން އެ ޤައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ

ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމުން އެ ޤައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ

މިހާރުގެ ތަފާސްހިސާބުތަކަށް ބަލައި މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރެކޯޑު ކުރެވިފައިވާ ތަފާސްހިސާބުތަކަށް ބެއްލެވުމަށްފަހުއެވެ. އެގޮތުން، ޗައިނާ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތްއިރު އެއްވަނައިގައި އޮތް ރަޝިއާ އަދި ދެވަނައިގައި އޮތް އިންޑިއާއާ އޮތް ފަރަގު މިހާރު ވަނީ ވަރަށް ބޮޑުތަނުން ކުޑަކޮށްފައެވެ. އިންޑިއާއާއި ޗައިނާއާ ދެމެދު 0.8 އިންސައްތައިގެ ތަފާތެއް ހުރިއިރު ރަޝިއާ އާއި ޗައިނާއާ ދެމެދު ހުރީ 1.5 އިންސައްތައިގެ ފަރަގެކެވެ.

Advertisement - newsAdvertisement

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 1،312،088 (އެއް މިލިއަން ތިން ލައްކަ ބާރަ ހާސް އައްޑިހަ އަށް) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 152،967 ފަތުރުވެރިންނަކީ ރަޝިއާއިން ޒިޔާރަތް ކުރި ފަތުރުވެރިންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 11.7 އިންސައްތަ ހިއްސާކުރަނީ ރަޝިއާ މާކެޓުންނެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެ ޤައުމުން 144،041 ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައިވާއިރު އެ ޤައުމު ހިއްސާ ކުރަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ 11 އިންސައްތައެވެ. ޗައިނާ ތިންވަނައިގައި އޮތީ 133،962 ފަތުރުވެރިންނާއެކުގައެވެ.

ޗައިނާއަކީ ކޮވިޑުގެ ކުރިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޮވިޑުގެ ތެރޭގައި އެ ޤައުމުން އެޅި ފިޔަވަޅުތަކާއެކު ފާއިތުވި ތިން އަހަރު ފަތުރުވެރިން އައުން އޮތީ ހުއްޓިފައެވެ. އަލުން އެ ޤައުމުން ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އަލުން ދަތުރުތައް ފެށިފަހުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ޤައުމުން ވަނީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ތިންވަނައަށް ޖެހިލައިފައެވެ.

ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި އަބަދުވެސް މަގުބޫލު މަންޒިލެކެވެ. އެ ޤައުމުގައި މި މަގުބޫލުކަން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން ވެސް ދަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.

ރަޝިއާ، އިންޑިއާ އަދި ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިން އަދި ސްވިޒަލެންޑް ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 4،989 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ވަނީ 13.8 އިންސައްތަ އިތުރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު