Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ފޭސް 3 ހިއްކަން ފެށުން

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި

ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 00:57
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފެށުން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފެށުން

ހުޅުމާލެ ފޭސް 3ގެ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ފަޅު ހިއްކުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މިމަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖަރު ހުސައިން ހަނާން އަހުމަދު ވިދާޅުވީ، ފޭސް 3ގެ މަސައްކަތް ގާތްގަނޑަކަށް 6 ހަފުތާ ނުވަތަ އެއަށްވުރެވެސް އަވަހަށް ނިމޭނެ ކަމަށެވެ. 

Advertisement - newsAdvertisement

ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށިގެންދާއިރު މި މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއްކަމަށް އަރބަންކޯ އިން ބުނެއެވެ.

ހަމަ އެހެންމެ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރެވެމުންދާ  ފިޔަވަހިތަކެކޭވެސް އެއްފަދައިން ތިން ވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް  އެންމެ  އަދާހަމަ ބީދައަކުން ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް އަރބަންކޯއިން ބުނެއެވެ. މިގޮތުން  މަގުތަކާއި  ބްރިޖްގެ އިތުރުން ހިތްގައިމު ޕާރކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ   ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

ފޭސް 3ގެ ބިން ހިއްކައި ނިމުމުން، ދިޔަނެރު ފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ.

މިމަސައްކަތްކުރަމުންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީ.އެމް.ސީ) އާ ހަވާލުކޮށްގެންނެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު