Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާއިން ތެޔޮ އެކްސްޕޯޓްކުރުން މަނާކުރުން

ރަޝިއާގެ ފިޔަވަޅުތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

ރަޝިޔާއަކީ ދުނިޔޭގައި ތެޔޮ އުފައްދާ އަދި އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންބޮޑު އެއްގައުމު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2023 | ހުކުރު 15:59
ރަޝިއާއިން ތެޔޮ ބަރުކޮށްފައިވާ އުޅަނދުތަކެއް

ރަޝިއާއިން ތެޔޮ ބަރުކޮށްފައިވާ އުޅަނދުތަކެއް

ރަޝިއާއިން އެޅި ހަރުކަށި ފިޔަވަޅުތަކަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. 

ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި މިވަނީ ރަޝިޔާއިން ޑީސަލާއި ޕެޓްރޯލް އެކްސްޕޯޓް ކުރުން ކޮންޓްރޯލް ކުރުމާއި ގުޅިގެންނެވެ.

އެތެރޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުމުގެ ގޮތުން ކަމަށްބުނެ ކުރީގެ ސޯވިއެޓް ހަތަރު ގައުމަކަށް ފިޔަވައި ރަޝިއާގެ އެކްސްޕޯޓް މާކެޓްގެ ހުރިހާގައުމަކަށް ޕެޓްރޯލާއި ޑީސަލް އެކްސްޕޯޓް ކުރުން ރަޝިޔާއިން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ޔޫރަޕްގައި އެވްރެޖްކޮށް 94 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، އެމެރިކާގެ ހުޅަނގު ޓެކްސަސް ގައި ފީފާއެއްގެ އަގު ގާތްގަނޑަކަށް 1 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ވަނީ 90 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.

ރަޝިޔާއަކީ ދުނިޔޭގައި ތެޔޮ  އުފައްދާ އަދި އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވާއިރު، އެ ގައުމުން ދުނިޔޭގެ ބޮޑެތި އިޤްތިޞާދު ތަކަށް އަންނަނީ ތެޔޮ އެކްސްޕޯޓް ކުރަމުންނެވެ. ރަޝިއާގެ ތެޔޮ އެތެރެކުރާ ބޮޑެތި ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޗައިނާ، ޖަޕާން، ޖަރުމަން އަދި ނެދަލޭންޑްވެސް ހިމެނެއެވެ.

ކްރެމްލިން އިން ބުނި ގޮތުގައި މި ފިޔަވަޅަކީ މޮސްކޯ އިސްވެ އޮވެ އުފައްދާފައިވާ ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންގެ މެމްބަރުންނަށް އިންޓަ ގަވަމެންޓް އެގްރީމެންޓްތަކުގެ ދަށުން ފޯރުކޮށްދޭ ތެލަށް އެކަށީގެންވާ ސްޓޮކް ނުލިބޭތީ އެޅީ ފިޔަވަޅެކެވެ.

ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ތެލުގެ ބާޒާރު ރަޝިއާއާއި އަދި އެގައުމާއި ގުޅިފައިވާ ގައުމުތަކުގައި ހަމައަކަށް އެޅެން މަގުފަހިވެގެންދާނެ ކަމަށާއި އޭގެ ސަބަބުން ތެލުގެ އަގު ހެޔޮވެގެންދާނެކަމަށް ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

ރަޝިއާގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ފިޔަވަޅުގެ ސަބަބުން ހުއްދަ ނޫން "ގްރޭ" މޮޓޯ ފިއުލް އެކްސްޕޯޓް ކުރުން ވެސް ހުއްޓުވޭނެ ކަމަށެވެ.

ޕެޓްރޯލާއި ޑީސަލްގެ ދަތިކަމުގެ ސަބަބުން ރަޝިއާއަށް މިފަހަކަށް އައިސް ހޯލްސޭލް ކޮށް ލިބޭ ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ހާއްސަކޮށް ދެކުނުގެ ސަރަޙައްދުތަކަށް މި ހާލަތުގެ އަސަރު ކޮށްފައިވާއިރު، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މަދަނީ މަސައްކަތްތެރިންނަށް ވަނީ ސަރުކާރުން މި އެޅި ފިޔަވަޅު މުހިންމު ފިޔަވަޅަކަށް ވެފައެވެ.

މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔައީ އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް އާއި އޯޕެކް ޕްލަސްގެ ނަމުން މަޝްހޫރުވެފައިވާ އެ ޖަމިއްޔާގެ ބައިވެރިން ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު