Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް

މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ވެސް އެންމެ ގިނައީ ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގައި!

2018 ވަނަ އަހަރު މަސްތުވާތަކެތީގެ 2230 މައްސަލަ ހުށަހެޅުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2023 | ހުކުރު 08:35
ޑްރަގްގެ "ބޮޑު ސޭފް" ގެ ގޮތުގައި ޒުވާނުންނާއި ކުޑަކުދިން ދަނީ ބޭނުން ކުރަމުން

ޑްރަގްގެ "ބޮޑު ސޭފް" ގެ ގޮތުގައި ޒުވާނުންނާއި ކުޑަކުދިން ދަނީ ބޭނުން ކުރަމުން

މި ދުވަސްވަރު ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެނިގެންދަނީ "ތީ ދޮގު ޚަބަރެއް" ނުވަތަ "ތީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" މިފަދަ ސުރުޚީތަކެވެ. ނުވަތަ ޕޯސްޓްތަކެކެވެ. ވާނީވެސް އެހެންތާއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް އެކި ވާހަކަތައް އެކި ގޮތްގޮތަކަށް މީހުން އަނބުރަމުންދެއެވެ. މި ސަރުކާރު މިހެންނޭ، މި ސަރުކާރު މިހެން ކިޔާ އަޑު އެބަ އިވެޔޯލަ އޭ ކިޔައިގެން ހިތު ހުރި ޕޯސްޓްތަކެއް ހަމަ ޖަހަނީއެވެ. ތަން މިނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތުމުން ހަމަ ފައްކާ ޒިލޭބީ ގަނޑެންހެން، ދޮގު ވާހަކަތައް އޮޅަ އޮޅައިގެން ފަތުރަނީއެވެ. ފިތުނަ އުފައްދަނީ އެ ކިޔަން އިންނަ މީހާގެ ސިކުނޑިއަށް ވެސް ކުޅަދާނަ ނުވާ މިންވަރަށެވެ.

މި ސަރުކާރަށް ނިސްބަތްކޮށް އެ "ފިތުނަވެރި" ވާހަކަތައް ފަތުރަމުންދިޔައިރު ވެސް ސަރުކާރުން އޮތީ ހިމޭނުންނެވެ. ހުރިހާ ވާހަކައަކަށް ރައްދުދިނުމުގެ ބަދަލުގައި ބެލީ ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭތޯއެވެ. ޔޯލަ ޔޯލަ އަދި ފިތުނަވެރި ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންނަމަވެސް މިހާރު ސަރުކާރުން ގެންދަނީ މިފަދަ ވާހަކަތަކުގެ ތެދު ދޮގު، ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުންނެވެ. މިފަދައިން މިހާރު ފެތުރޭ އެއްވާހަކަ އަކީ މި 5 އަހަރުގެ ދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި މާރާމާރީގެ މައްސަލަ ގިނަކަމުގެ ވާހަކައެކެވެ.

މި ވެރިކަމުގައި މީހުން ކުށަށް އަރައިގަންނަ ނިސްބަތް ގިނަ ކަމަށް ބުނާ ވާހަކައެވެ. އެހެންނަމަވެސް ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ފެންނަން އޮންނަނީ މުޅިން އެހެން މަންޒަރެކެވެ. މިދިޔަ އަހަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު އަހަރާއި އަޅާ ކިޔާލަމާތޯއެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު މަސްތުވާތަކެތީގެ 2230 މައްސަލަ ހުށަހެޅުނުއިރު 2022 ވަނަ އަހަރު ހުށަހެޅުނީ މަސްތުވާތަކެތީގެ 1431 މައްސަލައެވެ. އަދި 2018 ވަނަ އަހަރު މާރާމާރީގެ 753 މައްސަލަ ހުށަހެޅުނުއިރު 2022 ވަނަ އަހަރު މާރާމާރީގެ 520 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

މި ތަފާސްހިސާބުތަކަށް ބަލާލުމުން ވެސް މިދިޔަ އަހަރު މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް 2018 ވަނަ އަހަރާއި އަޅާބަލާއިރު މަދުކަން ފާހަގަވެގެންދެއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު މިކަމާއި ގުޅޭ އެތައް ވާހަކަތަކެއް ވެސް ހިއްސާކޮށްފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި އުޅޭކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރީއަކީ ހަމައެކަނި މަގުމަތީގައި އުޅޭ ކުދިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މީގެ ފަހަތުގައި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހިމެނޭ ކަމަށް އިމްރާން ވިދާޅުވިއެވެ. މި ސަރުކާރުން ޑްރަގް ނެޓްވޯކްތަކުގައި ހަރަކާތްތެރިވާ މީހުންނާއި ގޭންގުތައް ކުރިމަތީގައި ބޯ ތިރިނުކުރާނެ ކަމަށާއި، އިސް އުފުލާއިގެން ކެރިގެން އެ ކަންތައްތަކާ ކުރިމަތިލާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ފާއިތުވި ފަސް އަހަރަށް ބަލާލުމުން ވެސް ހުރިހާ ރައްޔިތުން ވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެއީ މި ފަސް އަހަރު ހަމަޖެހިގެން، އަމާންކަމާއެކު ރައްޔިތުންނަށް އުޅެވޭނެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދިންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު