Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލީހުގެ ޖަލްސާ

ނޫން، ގޮނޑިކޮއްކޮއެއް ނޫން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ފެށި މަޖިލީހުގެ ޖަލްސާތައްވެސް ފެންނަނީ މުޅިން ތަފާތުކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 10:12
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމަނިކުފާނަކީ މަޖިލީހުގައި އިންނެވި ގޮނޑިކޮއްކޮއެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ނަޝީދަކީ އެމަނިކުފާނު އަރިހުގައި އެއިރަކު ދެންނެވި މިންވަރަކަށް، ދެންނެވި އެއްޗެއް ވިދާޅުވެ، އެ މިންވަރަކަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހިސާބުން މަޖިލިސް ފާއިތުވެ ދިޔަ ދުވަސްތަކުގައި ހިނގަމުން އައި ގޮތާމެދު ވިސްނާލެވުނެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެތައް މަސައްކަތެއް މަޑުޖެހިފައި އޮތްކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި "އާދޭސް" ދަންނަވަމުން ގެންދެވި މަންޒަރު ދުށީމެވެ.

އޭރު މެމްބަރުން މަޖިލިސް ކުރިއަށް ގެންގޮސްދެއްވުން އެދި މަޖިލީހުގެ އަމީންއާންމަށް ފޮނުއްވެވި ސިޓީތަކާއި، މަޖިލިސް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރައްވައި ބޭއްވެވި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައްވެސް ދުށީމެވެ.

އޭރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެކި ސަބަބުތަކާހުރެ ކުރިއަށް ނުގޮސް، އެގޮތް މިގޮތުން ހަލަބޮލިވެ، ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދުވަސްތަކެއް އޮތީ ވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނާއިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުނު ހިސާބުން މަޖިލިސް އޮތީ މުޅިންހެން މަރުތަޅު އެޅުވިފައެވެ.

ކަންއެހެން އޮއްވައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު އައި ސިޔާސީ އޮއިވަރަށްފަހު ތާވަލުކުރަން ފެށި މަޖިލިސް ޖަލްސާތައްވެސް މި ފެންނަނީ މުޅިން ތަފާތުކޮށެވެ. އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންދިއުމާއެކުހެން، އެއްކަލަ ކޮމިޓީގެ މަސައްކަތްތައްވެސް ހިނގައިގަންނަން ފަށައިފިއެވެ.

ރަނގަޅަން ކަންވީ ގޮތް ބަލައިލިއިރު، މަޖިލީހުން ކޮންމެހެން ނިންމުމަށް އަމާޒު ހިފާފައިވާ މުހިއްމު މަސައްކަތެއްގެ ގޮތުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާގުޅޭ ގަރާރުގެ މަސައްކަތް ފެށިތަން ފެނުނެވެ. އެ ގަރާރުގެ މަސައްކަތް މެކުހަށް ޖަހައި، އެތައް ފަހަރެއްގެ މަތިން ރިޔާސަތުން އެ ގަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުން މަގު ތަނަަވަސް ކޮށްދެއްވަމުން ގެންދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

އެ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން، ކުޑަދަށުގައި ތިއްބެވުންވެސް މައްސަލައަކަށްވެއްޖެއެވެ.

އެންމެ ފަހުން މާ ބޮޑު ދަތި އުނދަގޫތަކެއް ނެތި މިވަނީ އެ ގަރާރުވެސް ފާސްކޮށްފައެވެ. ޤަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ވަގުތު ދިގުކުރައްވައި، މަޖިލީހުގެ ތަޅުން މުޅި މަޖިލީހުގެ ކޮމިޓީއަށް ބަދަލު ކުރައްވައި، ކޮމިޓީ މަރުހަލާގެ ވޯޓުވެސް ނެގިތަން ފެނުނެވެ.

އެއަށްފަހު އަނެއްކާވެސް މުޅި މަޖިލީހުގެ ކޮމިޓީ ތަޅުމަށް ބަދަލު ކޮށްލައްވައި، ގަރާރަށް ވޯޓަށް އަހައި ފާސްކުރިތަންވެސް ފެނުނެވެ.

އެ ވޯޓާއެކު އެއްކަލަ ނުނިންމިގެން އުޅުނު ކޮމިޓީ މައްސަލަވެސް އިސާހިތަކު ނިމިއްޖެއެވެ.

ވުމާއެކު، ހަގީގަތުގައި އަމިއްލަފުޅަށް ގޮނޑިކޮއްކޮއޭ ވިދާޅުވެ އަމިއްލަ ނަފްސުފުޅަށް ކުޑައިމީސް ކުރެއްވޭކަށް ނެތެވެ. ގޮނޑިކޮއްކޮއެއް ނޫނެވެ. ހަމަ ފުރިހަމަ އާރާއި ބާރުގައި، ބޭނުންފުޅު ގޮތަކަށް މަޖިލިސް ކުރިއަށް ގެންދެވުމުގެ އިޚުތިޔާރުގެ ބޭނުން ކުރައްވަނީއެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު