Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

މާލެ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި

19 ޖުލައި 2017 | ބުދަ 19:53

މާޒިޔާ ޗެމްޕިއަންކަން ހޯދީ ފައިދާ ގޯލުގެ ތަފާތުން ކުރިހޯދައިގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 19 ޖުލައި 2017 | ބުދަ 19:53
މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ހޯދައިފިއެވެ.

މާޒިޔާއިން ޗެމްޕިއަންކަން ހޯދީ މާލެ ލީގުގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ އެޓީމާއި އެންމެ ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުކޮށް ފައިދާ ލަނޑުގެ ތަފާތުންނެވެ.

ތާވަލުގެ އެއްވަނާގައި މާޒިޔާ އޮތީ 27 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ކްލަބް ގްރީން ސްޓްރީޓާއި ތިންވަނާގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައި ވީ ނަމަވެސް މާޒިޔާއަށް އެއްވަނަ ލިބެނީ ފައިދާ 10 ގޯލުންނެވެ. ގްރީންއަށް ދެވަނަ ލިބެނީ ފައިދާ ނުވަ ގޯލުންނެވެ. ތިންވަނާގައި އޮތް ނިއުއަށް ލިބިފައިވަނީ ފައިދާ ހަތް ގޯލެވެ.

ހަތަރު ވަނާގައި ލީގު ނިންމާލާފައިވަނީ ޓީސީންނެވެ. އެކުލަބަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ފަސް ވަނާގައި އޮތް އީގަލްސް އާއި ހަވަނާގައި އޮތް ވިކްޓްރީއަށް ވެސް ލިބިފައިވަނީ ހަމަ 22 ޕޮއިންޓެވެ. ނަމަވެސް ޓީސީ އަށް ހަތަރު ވަނަ ލިބެނީ ފައިދާ 11 ލަނޑުންނެވެ.

މާޒިޔާ އާއި ނިއު ބައްދަލުކުރި މެޗް ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ނިއުއިންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 2 ވަނަ މިނެޓުގައި އެޓީމަޑް މި ލަނޑު ކާމިޔާބުކޮށްދިނީ މިފަހަރުގެ ޓްރާންސްފާގައި އެޓީމާއި ގުޅުނު ތަޖުރިބާކާރު މިޑްފިލްޑާ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.

ނިއުއިން މެޗުގެ ވަރަށް ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް މާޒިޔާއިން ހިތްވަރު ދޫކޮށްލާފައެއް ނުވެއެވެ. އެގޮތުން އެޓީމުން ވަނީ ކުޅުން ވަރުގަދަކޮށް މަޑުމަޑުން މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެޓީމުން ވަނި ފުރަތަމަ ހާފުގެ ތެރޭގައިވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެންމެ ބޯޅައެއްވެސް ތިން ދަނޑިން އެތެރެ ކޮށްލެވޭގޮތް ވަނީ ނުވެފައެވެ.

އެއާ ހިލާފަށް ދެވަނަ ހާފުގައި މާޒިޔާއިން ވަނީ އެޓީމުން ކުރަމުންދިޔަ އެޓޭކްތަށް ވަރުގަދަ ކޮށްފައެވެ. ފުލުފުލުގައި އެޓީމުން ހަމަލާތަށް އުފައްދަމުންގޮސް މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށް އުންމީދު އާކޮށްފައެވެ. ލިބުނު ހިލޭޖެހުމަކިން އެޓީމްގެ ބިދޭސީ ޑިފެންޑަރު ކޮވަސޮވިޗް ނަގައިދިން ބޯޅަ އަމްދާން ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

މި ލަނޑާއެކު ނަތީޖާ ހަމަހަމަކޮށް މާޒިޔާއިން ވަނީ ނިއުއިން ކުރަމުންދިޔަ އެޓޭކްތަށް ހިފަހައްޓައި މޮޅު ޑިފެންސެއް ކޮށްފައެވެ. އެގޮތުން އެޓީމުންވަނީ މިނަތީޖާގައި މެޗު ނިންމާލައި ޗެމްޕިއަންކަން ހޯދާފައެވެ.

މާލެ ލީގުގެ ފުރަތަމަ ބުރު 100 ޕަސެންޓް މޮޅާއިއެކު މާޒިޔާއިން ނިންމާލިއިރު ލީގުގެ ދެވަނަ ބުރުގައި އެޓިމަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އެގޮތުން ދެވަނަ ބުރުގައި އެޓީމަށް މޮޅު ވެވިފައި ވަނީ އެންމެ މެޗަކުންނެވެ. އަދި އެޓިމް ވަނީ 3 މެޗުން ބަލިވެފައެވެ. ބާކީ ތިން މެޗުން އެޓީމް ވަނީ އެއްވަރުވެފައެވެ.

މިނަތީޖާއާ އެކު މާލެ ލީގުން ދިވެހި ޕްރެމިއާ ލީގަށް ކޮލިފައި ވެފައި ވަނީ މާލެ ލީގުގެ ގަދަ ހަތަރު ޓީމް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، ކްލަބް ގްރީން ސްޓްރީޓާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބެވެ. ޕްރެމިއާ ލީގުގައި މި ޓީމްތަކުގެ އިތުރުން ދެން ވާދަކުރާނީ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ 4 ޓީމެވެ. އެއީ ދ.ކުޑަހުވަދޫ އާއި، ގދ.ތިނަދޫ އާއި، އއ.މާޅަހުގެ އިތުރުން، ށ.މިލަންދޫއެވެ.

މާލެ ލީގުގެ ފުލަށް ދިޔަ އީގަލްސް، ވިކްޓްރީ، ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީއަށް ރެލިގޭޝަނުން ސަލާމަތް ވުމަށްޓަކާ ދެން ޖެހޭނީ މާލެ ލީގު ޕްލޭއޮފްގައި ކުޅޭށެވެ. ޕްލޭއޮފްގައި މި ޓީމްތަކުގެ އިތުރުން ދެން ވާދަކުރާނީ ސެކަންޑް ޑިވިޝަންގެ އެންމެ ގަދަ ހަތަރު ޓީމް ކަމަށްވާ ކްލަބް ޒެފްރޯލް އާއި ކުޑަހެންވޭރު ޔުނައިޓެޑެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް