Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީލައިފް މައްސަލަ

އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް

ދައުވާތަކާއި ގުޅިގެން އެކުއެކީގައި ހެކިބަސްތައް ނެގުމަށް ދައުލަތުން އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 08:37
 އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލަ ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށެވެ. ނަމަވެސް އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ޙަސަން ސައީދެވެ. ނަމަވެސް ގާޒީ ޙަސަން ސައީދު ރިޓަޔަރ ކުރައްވާފައިވާތީ މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ފަނޑިޔާރު ބަދަލުވިކަން ދެފަރާތަށް އަންގަވައި، މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދިފާއުން އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި، މައްސަލައިގައި މިހާރު އޮތީ ދައުލަތުގެ ހެކިން ހާޒިރުކުރަން ބޭނުންވާ ގޮތް ޝަރީއަތާ ހިއްސާކޮށް ހެކިބަސް ނަގަން ފެށުން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، 42 ދައުވާއާ ގުޅިގެން މައިގަނޑު ގޮތެއްގައި ހިމެނެނީ އެއް ހެކިތަކެއް ކަމަށެވެ. ވުމާއެކު، ދައުވާތަކާއި ގުޅިގެން އެކުއެކީގައި ހެކިބަސްތައް ނެގުމަށް ދައުލަތުން އެދެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، 42 ދައުވާ ހިމެނޭއިރު، ފަހަރަކު ދައުވާއަކާއި ގުޅިގެން ކޮންމެ ފަހަރަކު ހެކިވެރިން ހާޒިރުކުރަން ޖެހުމަކީ ޝަރީއަތުގެ ވަގުތުތައްވެސް ބޭކާރުވެގެންދާނެކަމެއް ކަމަށެވެ. އެއީ އިންސާފު ލިބުމަށް ހުރަސްއެޅި، މައްސަލަ ލަސްވެގެންދާނެ ކަމެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްސީލައިފްއައްމަޓީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު