Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ބޭސްފަރުވާ

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްދިނުމަށް އެދެފި

އަދީބު ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާދެއްވާފައިވާތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 11:31
ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބު

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބު

ބޭސްފަރުވާ އަށް މިހާރު ރާއްޖޭން ބޭރުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބު އަށް ދެވުނު މުއްދަތު އިތުރު ކޮށްދިނުމަށް އަދީބްގެ ފަރާތްޕުޅުން އަނެއްކާވެސް އެދެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން ވިދާޅުވީ އެ ހުށަހެޅުމާ މެދު ކަރެކްޝަންސުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އެ އިދާރާއިން ފުރަތަމަ ދީފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެއީ މެޑިކަލް ބޯޑުގެ ލަފަޔާއެކުއެވެ.

އެފަހަރު ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ 28 އޮގަސްޓް 2023 އާ ހަމައަށް އޮތީ އިތުރުކޮށްފައެވެ. އެ މުއްދަތު ވެސް މިހާރު ހަމަވެފައިވާއިރު، ހަތަރުވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އަދީބުގެ ފަރާތްޕުޅުން މިވަނީ އެދިފައެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ 2020 ވަނަ އަހަރުއެވެ. އެކަމަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު، އެ ހުކުމަށްފަހު އަދީބު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ބުނެއެވެ.

އޭގެ ފަހުން އަދީބުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗްގައި ދާދި ފަހުން ވަނީ ފަރުވާ ދީފައެވެ. އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނެފައިވަނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަމުން ކަމަށެވެ.

އެމްޓީޑީން ބުނީ އަދީބު ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާދެއްވާފައިވާތީ ކަމަށެވެ.

އަޙުމަދު އަދީބުމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
22 ސެޕްޓެމްބަރު 2025

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ
02 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި
27 އޮކްޓޯބަރު 2024

"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

27 އޮކްޓޯބަރު 2024
"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
30 އޯގަސްޓު 2024

ރައީސް މުޢިއްޒު އިންޑިއާ އާ ގުޅުން ބަދަހިކުރައްވާތީ އަދީބުގެ ތަޢުރީފް

30 އޯގަސްޓު 2024
ރައީސް މުޢިއްޒު އިންޑިއާ އާ ގުޅުން ބަދަހިކުރައްވާތީ އަދީބުގެ ތަޢުރީފް
28 އޯގަސްޓު 2024

އަދީބާއި ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އަދުރޭ ވިދާޅުވީ މުއިިއްޒުއަކީ އަދީބު އެންމެ ރުޅިއަންނަ މީހާ ކަމަށް

28 އޯގަސްޓު 2024
އަދީބާއި ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އަދުރޭ ވިދާޅުވީ މުއިިއްޒުއަކީ އަދީބު އެންމެ ރުޅިއަންނަ މީހާ ކަމަށް
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު