Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯއާ ގުޅުވައިގެން ދޮގު ވާހަކަދެއްކުން

މުވައްޒަފުން ބަދުނާމުކޮށް، ޚިދުމަތްތަކާ ގުޅުވައިގެން ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަންނަ ކަމެއް ނޫން: ސްޓެލްކޯ

ރިޔާސީ އިންތިޚާބާ ގުޅިގެން ދަނީ ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 11:18
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ހެޑް އޮފީސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ހެޑް އޮފީސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާ ގުޅުވައިގެން ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް އެކުންފުނިން ބުނެފިއެވެ.

އާދިއްތަ ދުވަހު ސްޓެލްކޯއިން ބުނީ ރިޔާސީ އިންތިޚާބާ ގުޅިގެން އެކުންފުންޏާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސްޓެލްކޯއިން ބުނީ އެކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައި ވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާ ގުޅިގެން ޚިދުމަތަށް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލައި ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާ ކަމަށެވެ. އަދި މިއުސޫލާ ޚިލާފަށް މިހާތަނަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ރިޔާސީ އިންތިޚާބާ ގުޅުވައިގެން، "ދިޔަރެސް" ނޫހާއި، "ޗެނަލް 13"އިން އެ ކުންފުންޏާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަމަށެވެ.

އެގޮތުން ރިޔާސީ އިންތިޚާބާ ގުޅުވައި، ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭކަމަށް ބުނެ ބުހުތާނު ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫންކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ބިނާކުރަނިވި ފާޑު ކިޔުމަށް ސްޓެލްކޯއިން އަބަދުވެސް މަރުހަބާ ކިޔާކަމަށާއި، ނަމަވެސް، ފަޚުރުވެރި ދިގު ތާރީޚެއް އޮތް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް ސްޓެލްކޯއާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކަކީ، އެ އަސާސްތަކާ ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު