Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ އާއި ރަޝިއާގެ ބޯޑަރު ސަރަޙައްދު

ޗައިނާއިން ރަޝިޔާއާއެކު 700 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމައިފި

މި މަޝްރޫއުގެ އަގަކީ 600 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 ސެޕްޓެމްބަރު 2023 | ހުކުރު 11:47
ޗައިނާ ރަޝިއާ ހިއްސާވާ ބޯޑަރުގައި ހިންގާ މަޝްރޫޢުތައް

ޗައިނާ ރަޝިއާ ހިއްސާވާ ބޯޑަރުގައި ހިންގާ މަޝްރޫޢުތައް

ޗައިނާއިން ރަޝިޔާއާއެކު ދެގައުމު ހިއްސާވާ ބޯޑަރު ހުރަސްކޮށް 700 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމައިފިކަމަށް ބައިނަލް އަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ޝުއަންޔުއާން ގްރޫޕް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓުން ރަޝިއާގެ ދުރުއިރުމަތީގެ ރަޝިއާގެ އަމުރުހިނގާ ސަރަހައްދުގައި ބޮޑު ލޮޖިސްޓިކް ހަބެއް އެޅުމަށް ނިންމާފައިވާ އިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި މުދާ އުފުލުމުގެ ވިޔަފާރި ދެގުނަ އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ގްރޫޕްގެ ސީއީއޯ ހައިލޯންގް ޒޫ ވިދާޅުވި އެވެ.  

މި ޕްރޮޖެކްޓަކީ ވްލަޑިވޮސްޓޮކްގައި ކުރިއަށްދާ އީސްޓަން އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ޗައިނާގެ އިންޑަސްޓްރިއަލް ގްރޫޕުން ރަޝިއާގެ އިންވެސްޓަރުންނާ އެކު ހަދާފައިވާ ގިނަ އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމެވެ.  

ޗައިނާގެ ހެއިލޮންގްޖިއާންގް ޕްރޮވިންސްގެ ޓޮންގްޖިއާންގް ސިޓީ އާއި ނިޒްނެލެނިންސްކޮޔޭ އަވަށާ ދެމެދު އޮންނަ މި ހަބަކީ ރަޝިއާ-ޗައިނާ ކާގޯ ޓްރާންސްފާއަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ހަބެކެވެ. 

ހައިލޯންގް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ރަޝިއާ އާއި ޗައިނާއާ ދެމެދު ކާގޯ ޓްރެފިކް ހަތަރު ގުނަ އިތުރުވާނެ ކަމަށް އޭނާ ލަފާކުރައްވާ ކަމަށެވެ.

ޝުއާންޔުއާން ގްރޫޕްގެ ސީއީއޯ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)، އޭވިއޭޝަން ފިއުލް، ހީލިއަމް އަދި ޓެކްނޮލޮޖީގެ އެހެނިހެން ސާމާނު ފަދަ ނުރައްކާތެރި ނޫން މުދާ ރައްކާކޮށް އުފުލުމަށް ޓާމިނަލެއް އެޅުމަށް ވަނީ ނިންމާފަ އެވެ.  

ހައިލޯންގް އިން ބުނީ ކާގޯ ޓާމިނަލް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރަށް ކަމަށާއި މި މަޝްރޫއުގެ އަގަކީ 600 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ.   

ރަޝިއާޗައިނާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު