Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަލައިދޫ – ދަނބިދޫ ކޯޒްވޭ މަޝްރޫއު

ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަނީ

މި މަޝްރޫއުގެ އަގަކީ 144.38 މިލިއަން ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 17:09
ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި

ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި

ލ. ކަލައިދޫ- ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން ބުނީ ލ. ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް 10 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރެވިފައި ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 144.38 މިލިއަން ރުފިޔާއެވެ.

ލ. އިސްދޫ އަދި ކަލައިދޫ، އަކީ އެއްފަސްގަނޑެއްގައި ދުރު ދުރުގައި އޮންނަ ދެއަވަށަށް ވާއިރު، ލ. ދަނބިދޫ އަކީ އެރަށާ ވަރަށް ގާތުގައި ވަކިން އޮންނަ ރަށެކެވެ. މިތިން ރަށް ނުވަތަ ސަރަހައްދުގައި ގިނައިން ދިރިއުޅެނީ އާއިލީގޮތުންވެސް ގުޅިފައިވާ ރައްޔިތުންތަކެކެވެ. މި 3 ސަރަހައްދަކީ ވެސް ބިމުގެ ޖާގައިގެ ގޮތުން ތަނަވަސް ތިން ތަނެވެ. އަދ،ި ދަނބިދޫ އަކީ ވަކިން އޮންނަ ރަށަކަށްވީއިރު ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު ނިމުމުން މި 3 ރަށް އެކީގައި ގުޅިގެން ދާނެއެވެ.

މި 3 ރަށުގެ އާބާދީ އެއްކޮށްލުމުން 3,532 މީހުންގެ އާބާދީއެއް ހަމަވާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ދަނބިދޫގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ކަމަށާއި، އަދި ވަރަށް ފުޅާކޮށް ދަނޑުވެރިކަންކުރާ ފަރާތްތައް އިސްދޫ އަދި ކަލައިދޫގައި ދިރިއުޅޭ ކަމަށެވެ.

މި ދެރަށުގެ ރައްޔިތުންނަކީވެސް އެކި ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ކޮންމެ ދުވަހަކުހެން ދަތުރުކުރާ ކަމަށެވެ. އެހެންކަމުން މި 3 ރަށް ކޯޒްވޭ އަކުން ގުޅުމަކީ އޭގެ ސަބަބުން މި 3 ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސާހަތަކެއް ދަތުރުފަތުރާއި އިގްތިސާދީ ގޮތުންނާއި އަދި އިޖްތިމާއީ ގޮތުންވެސް ހޯދައިދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 42,624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއ،ި 315 މީޓަރުގެ ބްރިޖެއް ހެދުމާއ،ި 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކަލައިދޫލާމު އަތޮޅު ދަނބިދޫއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ދަނބިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ދަނބިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

03 ނޮވެމްބަރު 2025
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: އިސްދޫ އަދި ކަލައިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: އިސްދޫ އަދި ކަލައިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

29 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު