Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު

އިންތިޚާބުގައި ހެނދުނު 8:00 ގައި ވޯޓުލާން ފެށިފައި ވަނީ 63 އިންސައްތަ މަރުކަޒެއްގައި ކަމަށް އެޗްއާރްސީއެމުން ބުނެފި

ކޮމިޝަންގެ ފަރާތުން 102 އޮބްޒަރވަރުން ހަރަކާތްތެރިވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 11:05
ރިޔާސީ އިންތިޚާބުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަނޑައެޅިފައިވާ ގަޑިއަށް ހެނދުނު 8:00 ގައި ވޯޓުލާން ފެށިފައި ވަނީ 63 އިންސައްތަ މަރުކަޒެއްގައި ކަމަށް އެޗްއާރްސީއެމުން ބުނެފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބީ މާހައުލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ފަދަ ދިމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރ،ި ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި މާޙައުލެއްތޯ ކަށަވަރު ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 9 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބު ކޮމިޝަނުން އޮބްޒަރވް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބު 2023ގެ ފުރަތަމަ ބުރު އޮބްޒާވް ކުރުމުގެ ގޮތުން ގްރޭޓަރ މާލޭ އޭރިއާގެ އިތުރުން 16 އަތޮޅެއްގެ 24 ރަށެއްގައި ކޮމިޝަންގެ ފަރާތުން 102 އޮބްޒަރވަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް މެދުކެނޑުމެއްނެތި އޮބްޒަރވްކޮށްފައިވާއިރު ބައެއް ވޯޓު ފޮށިތައް އެކި ވަގުތުތަކުގައި އޮބްޒަރވްކޮށްފައިވާ ކަމަށެވެ. މެދުކެނޑުމެއްނެތި އޮބްޒަރވްކުރެވުނު ވޯޓު ފޮށިތައް އޮބްޒަރވްކޮށްފައިވާނީ ހެނދުނު 06:30 އިން ފެށިގެން އެ ވޯޓު ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ފޮށިތައް ވޯޓުލާ މަރުކަޒުތަކުން ގެންދިއުމާ ހަމައަށް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮބްޒަރވްކުރުމުގެ ތެރެއިން ފާހަގަކުރެވިފައިވާ އިބްތިދާއީ ޕްރިލިމިނަރީ ހޯދުންތަކަށް ބަލާއިރު، ވޯޓުލާ ގިނަ މަރުކަޒުތަކަށް އޮފިޝަލުން ހެނދުނު 6:30 އިން 7:00 އާ ދެމެދު ހާޒިރުވެފައިވާ ކަމަށާއި، ހުރިހާ މަރުކަޒުތަކަށްވެސް ކަނޑައެޅިފައިވާ އަދަދަށް އޮފިޝަލުން ތިބިކަން ފާހަގަކުރެވޭ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެޗްއާރްސީއެމުން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އަދި ކެންޑިޑޭޓުންގެ ލިސްޓް މަރުކަޒުތަކުގައި އާންމުކޮށް ފެންނާނެހެން 3 މަރުކަޒެއްގައި ހަރުކޮށްފައިނުވާ ކަމަށާއި، މި މަރުކަޒުތަކުގައި ލިސްޓުތައް ހަރުކޮށްފައިނުވާ ސަބަބެއްކަމުގައި އޮފިޝަލުން ފާހަގަކޮށްފައިވަނީ ޖާގައިގެ ދަތިކަން ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ 38 އިންސައްތަ މަރުކަޒަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެވޭގޮތަށް ހުރި މަރުކަޒުތަކެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. އަދި 7 އިންސައްތަ މަރުކަޒެއްގައި ވޯޓު ފޮށި ބެހެއްޓިފައިހުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭނެ ގޮތަކަށްނޫންކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ ސަބަބަކީ އެ މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓާފައިވާ ސްޓޭންޑް އުސްވުން ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަދި 5 އިންސައްތަ މަރުކަޒެއްގައި ވޯޓު ފޮށި ބެހެއްޓިފައިވާ ސަރަހައްދު ރަނގަޅަށް ފާހަގަކޮށްފައިނުވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެއެވެ.

ހުރިހާ މަރުކަޒެއްގައިވެސް ވޯޓުލާ ބޫތު ބަހައްޓާފައި ހުރީ އެކަށީގެންވާ އަލި ލިބޭ ގޮތަށްކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ 18 އިންސައްތަ މަރުކަޒުތަކަކީ އެކަށީގެންވާ ޖާގަ ނެތް މަރުކަޒުތަކެއް ކަމަށެވެ. ނަމަވެސް ހުރިހާ މަރުކަޒެއްގައި އޮބްޒަރވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވަކިން ޚާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެޗްއާރްސީއެމުން ބުނީ 21 އިންސައްތަ މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވިފައިވޭ ކަމަށެވެ. އެކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒުތައް ޖާގައިގެ ގޮތުން ކުޑަވުމާއ،ި ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުގެ ސަބަބުން އޮބްޒާވަރުންނާއ،ި މަންދޫބުންނާއ،ި މޮނިޓަރުންނާއި އަދި ބައެއް މަރުކަޒުތަކުގައި ވޯޓުލާން އައިސް ތިބޭ އާންމުންނަށް ވޯޓުލާއިރު ފާހަގަޖަހާތަން ފެންނަ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ވީލްޗެއަރ ބޭނުންކުރާ މީހުން ވޯޓުލާއިރު ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ ކަނޑައެޅިފައިވާ ގަޑިއަށް ހެނދުނު 8:00 ވޯޓުލާން ފެށިފައި ވަނީ 63 އިންސައްތަ މަރުކަޒެއްގައި ކަމަށެވެ.

އެގޮތުން 21 ފޮށްޓެއްގައި އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ނުވެވިގެން ލަސްވެފައިވެފައިވާ ކަމަށާއި، ހަމަނުޖެހުން ހިންގައިގެން 2 މަރުކަޒެއްގައި ވޯޓުލާން ފެށިފައިވަނީ ލަހުން ކަމަށް ކޮމިޝަނުން ބުނެއެވެ. އެޗްއާރްސީއެމުން ބުނީ މަރުކަޒުތަކުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުން ވޯޓުލުމާ ގުޅޭ އިންތިޒާމުތައް އެންމެ ފުރިހަމައަށް ނޭނގޭކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ ސަބަބުން އެކި މަރުކަޒުތަކުގައި އޮފިޝަލުން އަމަލުކޮށްފައިވާ ގޮތުގައި ފަރަގުހުރިކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެގޮތުން މަރުކަޒުތަކުގައި ވޯޓުލުމަށްފަހު ކަނާއަތުގެ ޝަހާދަތް އިނގިލީގައި ފާހަގަޖެހުމާއ،ި އޮބްޒަރވަރުންނާއ،ި މަންދޫބުންނާއ،ި މޮނިޓަރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވާ ހާލަތްތަކުގައި އެއްހަމައަކުން އަމަލުނުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ވޯޓުލާން ފެށުމުގެ ކުރިން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް އެންމެ ރަގަޅަށް ސާފުވެފައި ނެތުމުން އެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ ވަގުތު ހޭދަވުމުން ގަޑިއަށް ވޯޓުލާން ނުފެށި ލަސްވެފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ 15 މަރުކަޒެއްގައި 27 މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބިފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ވޯޓުލުމުގެ ފުރުސަތު ލިބިފައިނުވަނީ އައ.ިޑީ ކާޑުގެ މުއްދަތު ހަމަވެ އިތުރު ލިޔެކިޔުމެއް ނެތުމާއި އަދި ކިއު ބަންދުކުރުމަށްފަހު ވޯޓުލާން އައުންފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. ވޯޓުލުމުގެ ވަގުތުގައި 24 އިންސައްތަ މަރުކަޒެއްގައި މައްސަލަ ހުށައެޅިފައިވާއިރު މީގެތެރެއިން ގިނަ މައްސަލަތައް ވެރިޔާ ހައްލުކޮށްދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަދި ހަމަނުޖެހުން ހިންގައިގެން އެއް ފޮށްޓެއްގައި ވޯޓުލުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ 51 އިންސައްތަ މަރުކަޒެއްގައި އޮބްޒާވަރުންނާއ،ި މޮނިޓަރުންނާއ،ި އަދި ކެންޑިޑޭޓުންގެ މަންދޫބުން މުވާސަލާތުކުރުމަށް ފޯނު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި 18 އިންސައްތަ މަރުކަޒެއްގައި މޮނިޓަރުން ވޯޓު ބޫތާއި 10 ފޫޓް ކައިރިން ފޮޓޯ ނަގާފައިވާއިރު ބައެއް އޮފިޝަލުން އެކަން ހުއްޓުވާފައިނުވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކުން މޮނިޓަރުން ކުރުމަށް ހުއްދަނެތް ބައެއްކަންކަން ކޮށްފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަދީފައިވާ ކަންކަން މޮނިޓަރުން ކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓުލާ މީހުންގެ ލިސްޓުތައް ގެންގުޅުމާއި ވޯޓުލީ މީހުންގެ އަދަދު ބެލުމުގެ މަސައްކަތްކުރުމާއި ޕާޓީތަކާގުޅުންހުރި ސިޔާސީ މަޝްވަރާކުރުން ފަދަކަންކަން މަރުކަޒުތެރޭގައި ކުރަމުންދިޔަ ކަމަށެވެ. ސައްހަ އަދި ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުތަކުގައި އެކި މިންގަނޑުތަކަށް އަމަލުކޮށްފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ ބައެއް މަރުކަޒުތަކުގައި ފަވާލާފައިވާ ހެޔޮ ފާހަގައާއި ސީދަލަށް ދެމިފައި ނުވާ ހެޔޮ ފާހަގަތައް އެއް ފާހަގައަށްވުރެ ގިނަ ހެޔޮ ފާހަގަކަމުގައި ކަނޑައަޅައި ބާތިލް ވޯޓުގެ ގޮތުގައި ގުނާފައި ވާއިރު، ބައެއް މަރުކަޒުތަކުގައި ހަމަ މިފަދަ ފާހަގަތައް ސައްހަ ވޯޓުކަމުގައި ގުނާފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އެ މަރުކަޒުގައި ހާޒިރުވެތިބި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި އާންމުންގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ މި އިންތިޚާބުގައި 4،835 (2.14 އިންސައްތަ) ވޯޓު ބާތިލުވެފައިވާ ކަމަށާއި، އިންތިހާބުގައި ވޯޓުލާފައިވާ މީހުންގެ އިންސައްތައަކީ 79.85 އިންސައްތަ (225،486) މީހުން ކަމަށެވެ. ވޯޓުނުލާ މީހުންގެ އިންސައްތައަކީ 20.15 އިންސައްތަ (56،909) މީހުން ކަމަށެވެ. ވޯޓުލުން ނިންމާލާ ގަޑިކަމުގައި ކަނޑައަޅާފައިވާ ގަޑިއަކީ 16:00 ކަމުގައި ވީއިރު 15:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އިންސައްތަކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވަނީ 65.54 އިންސައްތަ އެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ރިޔާސީ އިންތިޚާބުތަކުގައި ވޯޓުލާފައިވާ މީހުންގެ އިންސައްތައާ އަޅާބަލާއިރު ދަށް އަދަދެއްކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ އިންތިޚާބުގެ ދެވަނަ ބުރުގައި ހައްލު ގެނައުމަށް މުހިންމު ކަންކަން 12 ސެޕްޓެމްބަރު 2023 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި މި ކޮމިޝަނުގެ ފަރާތުން ހިއްސާކޮށް މިކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މިކަންކަމަށް ހައްލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާނެކަން ފާހަގަކޮށްފައިވާ ކަމަށާއި، މި އިންތިޚާބަށް އީސީން ކޮށްފައިވާ މަސައްކަތްތަކާއި އިންތިޒާމުތައް ނިސްބަތުން ވަރަށް ރަގަޅު ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް އިންތިޚާބީ މާހައުލަކީ ނުފޫޒުން އެއްކިބާވެ މިނިވަން އަދި ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭ އިންތިޚާބެއް ބޭއްވޭނެފަދަ މާހައުލެއްތޯ ބެލުމަށް ކޮމިޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

އެޗްއާރްސީއެމްއިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު