Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2023

ސަބަބުތައް ދެނެގަނެވިއްޖެ، "މީތި އަނބުރާލާ ބޮޑުތަނުން ކާމިޔާބުކުރެވޭނެ" - ރައީސް

ފަހަތަށް ޖެހިވަޑައިނުގެން ކުރިއެކޭ އެއްގޮތަށް ކުރިއަށް ވަޑައިގެންނެވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2023 | އަންގާރަ 19:53
ރައީސް ޞާލިހް ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ

ރައީސް ޞާލިހް ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ

ފުރަތަމަ ބުރުގައި ދިމާވި މައްސަލަތަކުގެ ސަބަބުތައް ދެނެގަނެވިއްޖެ ކަމަށާއި، "މީތި އަނބުރާލާ" ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑުތަނުން ކާމިޔާބު ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަ ބުރުގެ ވޯޓަށްފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތަކީ ގައުމަށްޓަކައި ކުރެއްވި މަސައްކަތެއް ކަމަށެވެ. އެއީ ރައްޔިތުންނަށްޓަކައި ކުރެއްވި މަސައްކަތެއް ކަމަށާއި، އަމާޒަކީ އަނެއްކާވެސް މި ރާއްޖެ ކުރީގައި އޮތް ބިރުވެރިކަމުގެ ތެރެއަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އަނެއްކާވެސް ފަށައިގަންނަނީ 9 ޖުލައިގައި ފެށި މަސައްކަތް ކަމަށާއި، އެއީ ރާއްޖެ ތަަރައްގީކުރުމަށްޓަކައި ހިފައިގެން ނުކުތް މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތް ކަމަށެވެ. ރައީސް ވިދާޅުވީ ކުރެއްވި ބުރަ މަސައްކަތުން އެ ނަތީޖާ ފުރަތަމަ ބުރުގައި ނުކުތީ އެއްވެސް މީހަކު ބޭނުންވި ގޮތަކަށް އަދި އުއްމީދުކުރި ގޮތަކަށް ނޫން ކަމަށެވެ.

ރައީސް ވަނީ ފަހަތަށް ޖެހިވަޑައިނުގެން ކުރިއެކޭ އެއްގޮތަށް ކުރިއަށް ވަޑައިގެންނެވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ކޮންމެ ރައްޔިތެއްގެވެސް ވޯޓަކީ މުހިންމު ވޯޓެއް ކަމަށާއި، މިފަހަރު ނުކުންނަނީ އެ ހޯއްދަވަން ކަމަށެވެ. ނަތީޖާ ބަދަލުކުރުމަށް ބޭނުންވަނީ އެންމެ ވޯޓެއް ކަމަށާއި، ދެވަނަ ބުރުގައި ކޮންމެވެސް އެކަކަށް ވޯޓުލާނެ ކަމަށާއި، ބޭނުންވަނީ 50 އިންސައްތައާއި 1 ވޯޓު ކަމަށެވެ. އެއީ ކޮންމެ ބޭފުޅެއްގެ ވޯޓަކަށް ވެސް ވެދާނެ ކަަމަށެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އެންމެ މަދުން މީހުން ވޯޓުލީ ފަހަރު ކަމަށާއި، މަސައްކަތް ކުރެވިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ތާއިދުކުރައްވާ އެތައް ބައަކަށް ވޯޓު ނުލެވި އެބަހުރި ކަމަށާއި، އެ ސަބަބުތައް ދެނެގަނެ ލިސްޓް ތައްޔާރުކުރެވިއްޖެ ކަމަށާއި، އެއާ އެކީގައި ކުރިއަށް ވަޑައިގެން "މީތި އަނބުރާލާ" ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށެވެ.

2023 ރިޔާސީ އިންތިޚާބުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު