Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު

ދެވަނަ ބުރުގައި ވޯޓުލާ ބޫތުތަކުގެ ޑިޒައިނަށް ބަދަލުގެންނާނަން: އީސީ

13 ސެޕްޓެމްބަރު 2023 | ބުދަ 02:11

ވޯޓު ކަރުދާހުގެ ސައްހަކަމާމެދު އެއްގޮތަކަށް ހުރިހާ މަރުކަޒުތަކެއްގައި އަމަލުކުރުމަށް ދެވަނަ ބުރުގައި އިރުޝާދު ދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ސެޕްޓެމްބަރު 2023 | ބުދަ 02:11
2023 ރިޔާސީ އިންތިޚާބު - އދ. މަހިބަދޫ

2023 ރިޔާސީ އިންތިޚާބު - އދ. މަހިބަދޫ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާއިރު ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން ވޯޓިންގ ބޫތުތަކުގެ ޑިޒައިންތަކަށް ބަދަލު ގެންނާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އިންތިޚާބީ މަރުކަޒު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ބޫތު ބެހެއްޓިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭކަން ބައެއް ފަރާތްތަކުން ފާހަގަކުރިކަމަށެވެ. ނަމަވެސް ޤައުމީ ލަފާދޭ ކޮމިޓީގައި ބޮޑެތި ސިޔާސީ ޕާޓީތަކުން ފާހަގަކުރިގޮތުގައި މިފަހަރު ބޫތު ބެހެއްޓިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ބެލިގެންގޮސްފައިވާކަމަށެވެ. އަދި އެކަން ކޮމިޝަނަށް ވެސް ކަށަވަރުކުރެވުނު ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވީ ކުރީ އިންތިޚާބުތަކުގައި ވޯޓުލާ މީހާގެ ހަރަކާތްތައް ނުފެންނާތީ ލާ ވޯޓަކީ އޭނާގެ މައްޗަށް އެހެން ނުފޫޒެއްނެތި ލާ ވޯޓެއްކަމާމެދު ޝައްކުވާކަމަށެވެ. ނަމަވެސް މިފަހަރު ވޯޓުލާ ބޫތުތަކަށް ބަދަލު ގެނައި ގޮތުން ވޯޓުލާ މީހާގެ ހަރަކާތްތައް ގާތުން ބެލޭކަމަށެވެ. ނަމަވެސް ވޯޓުލާ މަރުކަޒުތައް ހުންނަނީ ކުދިކުދި ކްލާސްރޫމްތަކުގައި ކަމުން ވޯޓުކަރުދާސް ފެނުމުގެ ފުރުސަތު އޮންނަކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް ކަހަލަ ކަންކަމުގައި ވޯޓުލާ މަރުކަޒުތަކުގެ އެހީތެރިންނާއި އޮފިޝަލުން އަމަލުކުރި ގޮތް ތަފާތުކަމަށް ފާހަގަކުރެވުނު ކަމަށާއި ދެވަނަ ބުރުގައި އެކަހަލަ ކަންކަމާއި ގުޅޭގޮތުން އޮފިޝަލުންނަށް އިތުރު ތަމްރީން ދޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

އެގޮތުން ވޯޓުލާ ކަރުދާހުގެ ސައްހަކަމާމެދު އެއްގޮތަކަށް ހުރިހާ މަރުކަޒުތަކެއްގައި އަމަލުކުރުމަށް އިރުޝާދުދޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ވީލްޗެއަރ ގައި އަންނަ ފަރާތްތަކަށް ވޯޓުލުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކިޔުގައި ނުޖެހި ވޯޓުލެވޭނެ ގޮތަކާމެދު މަޝްވަރާކޮށްފައިވާކަމަށާއި އެކަންކަން ދެ ވަނަ ބުރުގައި ރަނގަޅުކުރެވޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ވޯޓު ލާއިރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ގާނޫނުގައި ބުނަނީ ތިން ހާލަތެއްގައިކަމަށް ހަބީބު ވިދާޅުވިއެވެ. އެއީ އެމީހެއްގެ ދެ އަތުން ކުރެ އެއްވެސް އަތަކުން ފާހަގަނުޖެހޭ މީހާ އާއި ލޮލަށް ނުފެންނަ މީހާ އާއި މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ފާހަގަނުޖެހޭ މީހާކަމަށް ހަބީބު ވިދާޅުވިއެވެ.

އޯޓިޒަމް ކުދިންނާއި ވީލްޗެއަރގައި އަންނަ ކުދިންނާއި ލިޔަންކިޔަން ނުދަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ގާނޫނުގައި ބުނެފައިނުވާކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން އެފުރުސަތު ހަމަޖައްސައިދެވެން ނޯންނާނެކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ދެވަނަ ބުރުގައި ބޭރުގައި އިތުރު ފޮށި ބެހެއްޓުމަށާއި ރިސޯޓްތަކުގައި އިތުރު ވޯޓު ފޮށި ބެހެއްޓުމަށް އެދިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް މިހާރު މިއޮތް ވަގުތަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް